Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ގޯލްޑެން ޕެރެޑައިސް ވިސާ ޕްރޮގްރާމް

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

26 އެޕްރީލު 2022 | އަންގާރަ 15:55

ލަންކާގެ ސަރުކާރުން ވަނީ "ގޯލްޑެން ޕެރެޑައިސް ވިސާ ޕްރޮގްރާމް"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 26 އެޕްރީލު 2022 | އަންގާރަ 15:55
އިގުތިސާދީ ހާލަތު ގޯސްވެ ބޭރުގެ ފައިސާއަށް އިންތިހާއަށް ބޭނުންވެފައިވާ ލަންކާއިން، އެގައުމުގައި ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވިސާ ވިއްކަން ވަނީ ނިންމާފައި

އިގުތިސާދީ ހާލަތު ގޯސްވެ ބޭރުގެ ފައިސާއަށް އިންތިހާއަށް ބޭނުންވެފައިވާ ލަންކާއިން، އެގައުމުގައި ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވިސާ ވިއްކަން ވަނީ ނިންމާފައި

އިގުތިސާދީ ހާލަތު ގޯސްވެ ބޭރުގެ ފައިސާއަށް އިންތިހާއަށް ބޭނުންވެފައިވާ ލަންކާއިން، އެގައުމުގަައި ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވިސާ ވިއްކަން ނިންމައިފިއެވެ.

ބޭރު ފައިސާ ހޯދުމުގެ ވިސްނުމުގައި ލަންކާގެ ސަރުކާރުން ވަނީ "ގޯލްޑެން ޕެރެޑައިސް ވިސާ ޕްރޮގްރާމް"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށާފައެވެ.

ލަންކާ ސަރުކާރާ ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ގޯލްޑެން ޕެރެޑައިސް ވިސާ ޕްރޮގްރާމަކީ، 100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން 10 އަހަރު ދުވަހު ލަންކާގައި ދިރިއުޅެ، މަސައްކަތްކުރުމުގެ ވިސާ ލިބިގެންދާ ޕްރޮގްރާމެކެވެ.

މިކަމާގުޅިގެން ލަންކާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިސާ ހޯދުމަށް ފައިސާ ޑިޕޮސިޓްކުރަންޖެހޭނީ ލަންކާގެ ބޭންކަކަށް ކަމަށެވެ. އަދި އެ 10 އަހަރަށް އެފައިސާ ހުންނަން ޖެހޭނީ އެ ބޭންކުގައި ކަމަށެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ލަންކާގެ މީޑިއާ މިނިސްޓަރު ނަލަކަ ގޮޑަހެވާ ވަނީ، މި ވިސާ ޕްރޮގްރާމް ކާމިޔާބުކޮށް ކުރިއަށް ގެންދެވިއްޖެނަމަ މިދަނޑިވަޅުގައި އެގައުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ވަރަށް ބޮޑު އެހީއެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ލަންކާ ސަރުކާރުން ވަނީ، މަދުވެގެން 75،000 ޑޮލަރު ޚަރަދުކޮށްގެން އެގައުމުން އެޕާޓްމެންޓް ގަންނަ ފަރާތްތަކަށް 5 އަހަރު ދުވަހުގެ ވިސާއެއް ދިނުމަށް ނިންމާފައެވެ.

ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ އެގައުމުގައި ބައެއް ޒަރޫރީ ކާބޯތަކެއްޗާއި ބޭހުގެ އިތުރުން ތެލުގެ ސަޕްލައި ވަރަށް ބޮޑަށް ދަށަށް ގޮސް، އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިއާއެކު އާންމު ރައްޔިތުންގެ ތެރެއިން އެތައް މިލިއަން މީހުންގެ ނުރުހުން ސަރުކާރަށް އަމާޒުވެ އެރައްޔިތުން ދަނީ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި ލަންކާގެ ފޮރިން ރިޒަރވް ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. ސަރުކާރުން ނަގަމުންދިޔަ ޓެކްސްތައް މަދުކުރުމާއި، ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމަށް އައި ލޮޅުމާއެކު ސަރުކާރުގެ އާމްދަނީ ދަށްވެ، ދަރަންޏަށް ސަރުކާރުން ކުރަމުންދިޔަ ހޭދަތަށް ފެންނަން ފެށިއެވެ.

މިއަހަރަށް ލަންކާއިން ދައްކަންޖެހޭ ބޭރުގެ ދަރަނި 7 ބިލިއަން ޑޮލަރަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރޭގައި ޖުލައި މަހަށް ހަމަވާ 1 ބިލިއަން ޑޮލަރުގެ ލޯނެއްވެސް ހިމެނެއެވެ. މިއީ އެގައުމުން ޗައިނާއަށް ދައްކަން ޖެހޭ ލޯނެކެވެ.

ޗައިނާއިން ނަގާފައިވާ ލޯނުތައް ރީސްޓަރްކްޗަރކޮށްނުދެވޭނެ ކަމަށާއި، އެހެން ނަމަވެސް އެލޯނުތައް ދެއްކުމަށް އިތުރު ލޯނު ދެވޭނެކަމަށް ޗައިނާއިން ވަނީ ބުނެފައެވެ. ޗައިނާއިން މިހާރު ސްރީލަންކާއަށް ދީފައިވާ ލޯނުގެ އަދަދު 11 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާއިން މާލީ އެހީތެރިކަން ހޯދުމާބެހޭގޮތުންވެސް މަޝްވަރާތަކެއް ކުރެވުނެވެ. އޭރު މަޝްވަރާ ކުރެވުނީ، މާލީ އެހީއެއްގެ ގޮތުން 2.5 ބިލިއަން އެމެރިކާ ޑޮލަރު ޗައިނާއިން ހޯދުމަށެވެ. އެއީ މި އަހަރުގެ ޖުލައި މަހަށް ހަމަވާ ލޯނާއެކު ދެއްކުމަށް 1 ބިލިއަން ޑޮލަރާއި، ބޭނުންވާ މުދާ ގަތުމަށް 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެކެވެ.

ލަންކާއިން އެހީ ހޯދުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ކާމިޔާބު ކަމަށް އެއިދާރާއިން ސިފަކޮށްފައިވާއިރު، ވޯރލްޑް ބޭންކުން ވަނީ ސްރީލަންކާއަށް އެހީވުމަށް އިމަރޖެންސީ އެއިޑް ޕެކޭޖެއް ތައްޔާރުކުރަމުންދާ ކަމަށް ބުނެފައެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާއި ސެންޓްރަލް ބޭންކްގެ ގަވަރުނަރު ހިމެނޭހެން އެގައުމުގެ މަންދޫބުންގެ ޓީމެއް ވަނީ އައިއެމްއެފްއާއެކު މަޝްވަރާކުރުމަށް އެމެރިކާގެ ވޮޝިންގްޓަނަށް ވަޑައިގެންފައެވެ. މިދަތުރުގައި އައިއެމްއެފްގެ އިތުރުން ވޯރލްޑް ބޭންކް އަދި އިންޑިއާއާއެކު ލަންކާއިން ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

އައިއެމްއެފުން ވަނީ ސްރީލަންކާއިން އެއިދާރާއާ ގުޅިގެން ގައުމުގެ ދަރަނިތައް ރީސްޓަރަކްޗަރކުރުމާއި އަދާކުރުމުގެ ކަންތައްތައް ކުރަން ނިންމާފައިވާތީ އެކަމަށް މަރުހަބާ ކިޔާފައެވެ. ސްރީލަންކާއިން ވަނީ އެގައުމުން 12 ބިލިއަން ޑޮލަރުގެ ސޮވްރިން ބޮންޑް ރީސްޓްރަކްޗަރކުރަން ވިސްނާކަމަށް ބުނެފައެވެ.

ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ސަބްރީ ވަނީ އައިއެމްއެފާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ ޕްރޮގްރާމްގެ ވާހަކަތައް ދެކެވޭ ކަމަށާއި، އެހެންނަމަވެސް އެޕްރޮގްރާމް ހަމަޖެހެންދެން ބްރިޖް ފައިނޭންސިންގެ ގޮތުގައި 3 ބިލިއަނާ 4 ބިލިއަނާ ދެމެދުގެ އަދަދެއްގެ އެހީ ބޭނުންވާކަމަށް ވިދާޅުވެފައެވެ.

އައިއެމްއެފުން ބުނަނީ ސްރީލަންކާއަށް އިތުރު ލޯނުތަކެއް ދެވޭނީ އެގައުމުން މިހާރު ދައްކަން ޖެހިފައި ހުރި ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށް، ދަރަނި އަދާކުރެވޭނެ ދެމެހެއްޓެނިވި މަގެއް ހަމަޖެހުމުންކަމަށެވެ. މިކަންތައް ކުރުމަށްޓަކައި، ސްރީލަންކާއިން ދަރަނި ދައްކަންޖެހޭ (ޗައިނާފަދަ) ގައުމުތަކާއެކު ގިނަ މަޝްވަރާތަކެއް ކުރަންޖެހޭނެއެވެ.

ވޯރލްޑް ބޭންކްގެ ތަރުޖަމާނާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެބޭންކުން ސްރީލަންކާއަށް ފޯރުކޮށްދޭން ތައްޔާރުވަމުންދާ އިމަރޖެންސީ އެއިޑް ޕެކޭޖަކީ އެޖައްމިއްޔާއިން ކުރިއަށް ގެންދާ ކޮވިޑް-19 ހެލްތު ޕްރިޕެއަރޑްނަސް ޕްރޮޖެކްޓްގެ ފަންޑު ޝިފްޓުކޮށްގެން ދޭން މަސައްކަތްކުރަމުންދާ އެހީއެކެވެ.

ވޯރލްޑް ބޭންކުން ފޯރުކޮށްދޭ އެހީގެ ތެރެއިން 10 މިލިއަން ޑޮލަރު، ސްރީލަންކާއަށް ބޭނުންވާ ޒަރޫރީ ބޭހުގެ ސާމާނު ހޯދުމަށް ބޭނުންކުރެވޭނެކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެގައުމުގެ ސްކޫލް ކުދިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިތުރުން، ފަގީރުންނަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށްވެސް މި އެހީ ބޭނުންކުރެވޭނެ ކަމަށް އެޖަމްއިއްޔާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، ކައްކާ ގޭހާއި ޒަރޫރީ ކާބޯތަކެއްޗާއި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާކަމަށް ވޯރލްޑް ބޭންކުން ބުނެއެވެ.

އައިއެމްއެފް އަދި ވޯރލްޑް ބޭންކުން ހޯދުމަށް މަސައްކަތްކުރާ އެހީގެ އިތުރުން އިންޑިއާއިން ބްރިޖް ފައިނޭންސިންގެ ގޮތުގައި 1.5 ބިލިއަން ޑޮލަރުގެ އެހީ ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޖަޕާން އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކްގެ އެހީއަށް ވެސް އެދިފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް