Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެ ފަނޑިޔާރަކު ވަކި ކުރުމަށް ހުށައެޅުން

ހައިކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ފޮނުވައިފި

25 އެޕްރީލު 2022 | ހޯމަ 06:31

ދެ ފަނޑިޔާރުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމައި ދިނުމަށް ޖޭއެސްސީންވަނީ އެދިފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 25 އެޕްރީލު 2022 | ހޯމަ 06:31
ހައިކޯޓު

ހައިކޯޓު

ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛް އަބްދުއް ރައޫފް އިބްރާހިމް އަދި އަލްއުސްތާޛް އަބްދުﷲ ހަމީދު ވަކި ކުރުމާމެދު ގޮތެއް ނިންމުމަށް ޖޭއެސްސީން މަޖިލީހަށް ފޮނުވައިފިއެވެ.

މި މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށްވަނީ ފޮނުވާފައެވެ. ސަރުކާރުން އާއްމު އުސޫލްތަކުގެ ބޭރުން ދިން ލުއިދަތަކާއެކު އިނާޔާތުގެ ގޮތުގައި ފްލެޓާ ހަވާލުވެފައިވާ މައްސަލަ ޖޭއެސްސީން ބަލައި، މި އަމަލަކީ ގާނޫނުތަކާ ޚިލާފަށް ފަނޑިޔާރުން ހިންގާފައިވާ އަމަލެއްކަން ސާބިތުވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޖޭއެސްސީން މި ދެ ފަނޑިޔާރުންގެ މައްސަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ، ވަކި ފަނޑިޔާރުންތަކަށް ފްލެޓް ދީފައިވަނީ ފްލެޓްގެ އަގުގެ 1 އިންސައްތަފަދަ ޑައުން ޕޭމެންޓްގެ ގޮތުގައި ދެއްކުން ފަދަ މާލީ ލުއިތަކަކާއެކު ކަމަށެވެ. އަދި ފްލެޓް ލިބޭ މީހާ ނުވަަތަ އޭނާގެ އަނބިމިހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް ނެތުން ފަދަ ސަރުކާރުން ފްލެޓް ދިނުމުގައި ބަލާ އާންމު އުސޫލްތަކުގެވެސް ބޭރުން ރައްޔިތުންގެ މަޖިލީހުގެވެސް ދައުރެއް ނެތި، ސީދާ އެ ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ކަމަށާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަކާ ނުލައި ޤާނޫނު އަސާސީގެ 52ވަނަ މާއްދާއާ ޚިލާފަށް ސީދާ ސަރުކާރުން ހަމަޖައްސައިދިން މި އިނާޔަތާއި، ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި އަބްދުﷲ ހަމީދު ހަވާލުވުމަކީ ޤާނޫނޫ އަސާސީގެ 142ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނޫގެ 2ވަނަ މާއްދާގެ (ށ) އާއި 32ވަނަ މާއްދާގެ (ހ)ގެ 2ވަނަ ނަމްބަރާއި 5ވަނަ ނަމްބަރާއި، 33ވަނަ މާއްދާގެ (ށ)އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 އަދި 3.2 އާއި ޚިލާފަށް ކޮށްފައިވާކަމެއް ކަން ސާބިތުވާ ކަމަށެވެ.

މި ދެ ފަނޑިޔާރުން ކޮށްފައިވާކަން ސާބިތުވާ އަމަލަކީ ޤާނޫނު އަސާސީގެ 154ވަނަ މާއްދާގައި ބަޔާންކުރާ ފަނޑިޔާރު ކަމުގެ މަގާމާ އެކަށީގެން ނުވާ އަމަލެއް ކަމަށެވެ. އެހެން ކަމުން މި ދެ ފަނޑިޔާރުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމައި ދިނުމަށް ޖޭއެސްސީންވަނީ މަޖިލީހުގައި އެދިފައެވެ.

ހައި ކޯޓުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
28 އޮކްޓޯބަރު 2025

ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!

28 އޮކްޓޯބަރު 2025
ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް