Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޞާލިހު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އާއިލާބޭފުޅުންނާ ރަށްޓެހިންނަށް ފާހަގަކުރެވުނީ ރައީސް ކަމުގައި ހުންނެވިޔަސް ތަފާތުކުރުމެއް ނެތްކަން

ރާއްޖެ އެމްވީ | 25 އެޕްރީލު 2022 | ހޯމަ 00:15
ރައީސް ޞާލިހް އާއިލާ ބޭފުޅުންނާއެކު ހިންނަވަރުގައި

ރައީސް ޞާލިހް އާއިލާ ބޭފުޅުންނާއެކު ހިންނަވަރުގައި

ޅ. ހިންނަވަރު ، ނޫރާނީއާގެ ސިޓިންގރޫމުގައި ހުރި ސޯފާ ގޮނޑިއެއްގައި ރައީސް ޞާލިހުގެ ކޮޓަރިކޮޅު ކުރިމަތީގައި ހިމޭންކަމާއެކު ، އިށީދެގެން އެއިންނެވީ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިހުގެ ކޮއްކޯފުޅު މޫސާ މުހައްމަދު ޞާލިހެވެ. މޫސަ އެތަނުގައި އެއިންނެވީ ރައީސް ޞާލިހް ކޮޓަރިކޮޅުން ނިކުންނެވުމުން އެއްޗެއް ދަންނަވަންކަން އަޅުގަނޑަށް ޔަގީން ކުރެވުނެވެ. އެގޭގައި މޫސައަށް އެމިނިވަންކަން އެބައޮތެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މިވަގުތު ހުންނެވި އިބުރާހިމް މުހައްމަދު ޞާލިހު، އެމަނިކުފާނުގެ އާއިލާބޭފުޅުންގެ ގެކޮޅު، ނޫރާނީއާގޭގައި ހުކުރު ދުވަހާ ހޮނިހިރު ދުވަހު ދިރިއުޅުއްވަމުން ގެންދެވި ނަމަވެސް އާއިލާގެ އެހެން ބޭފުޅުންނަށް ވެސް އެގޭގައި އޮތީ މިނިވަންކަމެވެ. އެއްކޮޓަރިކޮޅު ރައީސް ޞާލިހުގެ ބޭނުންފުޅަށް ހުރި ނަމަވެސް ، ޖެހިގެންހުރި ކޮޓަރިކޮޅުތަކުގައި ތިއްބެވީ އާއިލާގެ އެހެން ބޭފުޅުންނެވެ. އެބޭފުޅުންގެ އެއްވެސް ކަމަކަށް ހުރަސްއަޅާނެ ސެކިއުރިޓީ އޮފިސަރެއް ނުފެނެއެވެ. މުޅި އާއިލާގެއިތުރުން ރައީސް ޞާލިހްގެ ޒަމާންވީ އެކުވެރިންގެ މޫނުން ހިނިތުންވުމާ ، އުފާވެރިކަންނޫން އިތުރުކަމެއް ފާހަގައެއް ނުކުރެވުނެވެ.

މިނޫހާ ވާހަކަދައްކަވަމުން މޫސަ ވިދާޅުވިގޮތުގައި އޭނާގެ ދޮންބެއަކީ މިވަގުތު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. އާއިލާ ބޭފުޅުންގެ ގެކޮޅު, ނޫރާނީއާގެއަށް ރައީސް ޞާލިހް ވަޑައިގެން އެގޮތަށް އާއިލާ ބޭފުޅުންނާއެކު ވަގުތުކޮޅެއް ހޭދަކުރެއްވުމަކީ އޭނާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެކެވެ. އަދި މިގޮތް އަބަދު އާއިލާބޭފުޅުން ބޭނުންވެވަޑައިގެންނެވި ނަމަވެސް އެއީ ވަގުތުގެ ގޮތުން މިހާރު ރައީސް ޞާލިހަށް ދަތިފުޅުވާނެ ކަމެއްކަން އޭނާ ގަބޫލުކުރެއްވިއެވެ.

އުމުރުން 18 އަހަރުން ފެށިގެން ދަރިވަރުންނަށް ތަޢުލީމުދެއްވުމުގައި ދެގޮތެއްނުވެ ހުންނެވި ރައީސް ޞާލިހުގެ ދައްތާފުޅު އައިޝަތު މުހައްމަދު ޞާލިހަކީ އެބޭފުޅުންގެ ބައްޕާފުޅު އެދިވަޑައިގެންފައިވާ ގޮތަށް ކޮންމެވެސް ދުވަހަކުން ހިންނަވަރުގައި ދިރިއުޅުއްވުމުގެ އުންމީދު ގެންގުޅުއްވާ ބޭފުޅެކެވެ. އައިސްތު ވިދާޅުވީ އެބޭފުޅުންގެ ބައްޕާފުޅުގެ އެންމެބޮޑު އެއްވަޞިއްޔަތަކީ އެބޭފުޅުން ކޮންމެސް ދުވަހަކުން ހިންނަވަރުގައި ދިރިއުޅުއްވަމުން ރަށަށް ޚިދުމަތްކުރެއްވުން ކަމަށެވެ. އަދި މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން އެބޭފުޅުންނާއެކު ރައީސް ޞާލިހު ވަގުތުކޮޅެއް ހޭދަކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމުގައި އޭނާ ވެސް ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ އާއިލާގެ ބޭފުޅުންގެ ތެރެއިން އިންތިޚާބުތަކުގައި މުޅި ހިންނަވަރު ރައްޔިތުން ގޮވައިގެން މަސައްކަތްކުރައްވާ އެއްބޭފުޅަކީ ރައީސް ޞާލިހުގެ ކޮއްކޯފުޅު އަބުދުﷲ ސާޒްއެވެ. ރައީސް ޞާލިހު މިފަހަރު ހިންނަވަރުގައި އާއިލާއެކު ހޭދަކުރެއްވި ވަގުތުކޮޅުގައި ވެސް ސާޒްގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ސާޒު ވިދާޅުވީ ރައީސް ޞާލިހު މަޖިލީހުގައި އުޅުއްވިއިރު އެބޭފުޅުންނާމެދު ބެހެއްޓެވި ގާތްކަމަށް މިހާރު ވެސް ބަދަލެއް އައިސްފައި ނެތް ކަމަށެވެ. އަދި ކުރިން އެބޭފުޅުންނާ މެދު ގެންގުޅުއްވި ވިސްނުން ވެސް ބަދަލުކުރައްވައިފައި ނެތް ކަމަށް ވިދާޅުވިއެވެ

ހިންނަވަރަށް ރައީސް ޞާލިހު އާއިލާގެ ބޭފުޅުންނާއެކު ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެރިވެވަޑައިގެންނެވި އެއްބޭފުޅަކީ ބޮޑުބޭބޭފުޅު އިބުރާހިމް ހުސެއިންފުޅެވެ. އާންމު ނަމުންނަމަ މާންބެއެވެ. އިބުރާހިމްފުޅު ވިދާޅުވިގޮތުގައި ރައީސް ޞާލިހަކީ އެއްވެސް ބަދަލެއްއައި ބޭފުޅެއް ނޫނެވެ. ކަންކަމުގައި އެހުންނަވާ ގޮތަކަށް އަބަދު ވެސް ހުންނަވާ ބޭފުޅެއްގެ ގޮތުގައި އިބުރާހިމްފުޅު ރައީސް ޞާލިހު ސިފަކުރެއްވިއެވެ. އަދި އާއިލާގެ އެއްވެސް ބޭފުޅެއް ތަފާތު ނުކުރައްވާކަން ފާހަގަ ކުރެއްވިއެވެ.

ރައީސް ޞާލިހުގެ ބައްޕާފުޅުގެ އަތޮޅުވެރިކަމުން ފެށިގެން ރައީސް ޞާލިހުގެ އާއިލާގައި ސިޔާސީ ކަންކަމުގައި މުހިންމު ދައުރެއް އަދާކުރައްވާ އެއްބޭފުޅަކީ ހިންނަވަރު މުހައްމަދު މާހިރު އީސާއެވެ. މާހިރު ވިދާޅުވީ މީހުންނާ ގާތްގުޅުން ބޭއްވުމަކީ ރައީސް ޞާލިހުގެ ބައްޕާފުޅު ވެސް ކުރެއްވި ކަމެއް ކަމަށެވެ. އެޒަމާނުގައި ވެސް ރައީސް ޞާލިހުގެ ބައްޕާފުޅު ނޫރާނީގެއާ ، ނޫރާނީއާގޭގައި ދިރިއުޅުއްވިއިރު ވެސް އެސަރަހައްދުގައި އެކިއެކި ކަންކަމުގައި ހަރަކާތްތެރިވާ މީހުންގެ އަދަދު މަދުނުވާނެ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސް ޞާލިހުގެ ބައްޕާފުޅަކީ ގޭގެޔަށް އާންމުކޮށް ވަޑައިނުގަންނަވާ ބޭފުޅެއް ކަމަށް މާހިރު ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސް ޞާލިހުގެ ފަރާތްޕުޅުން ފެށުނީއްސުރެ ގޭގެޔަށް މީހުންގެ ކައިރިއަށް ވަޑައިގަތުމުގެ ސިފަ ފެންނަ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު