Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާއަށް ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާ

ވޯލްޑް ބޭންކުން ލަންކާއަށް އެހީގެ ޕެކޭޖް ތައްޔާރުކުރަނީ، އައިއެމްއެފް އިން ބުނަނީ މަޝްވަރާތައް ކާމިޔާބުކަމަށް

ވޯލްޑް ބޭންކުން ފޯރުކޮށްދޭ އެހީ ލަންކާއަށް ބޭނުންވާ ޒަރޫރީ ބޭހުގެ ސާމާނު ހޯދުމަށް ބޭނުންކުރެވޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 އެޕްރީލު 2022 | އާދީއްތަ 12:27
ވޯލްޑް ބޭންކް

ވޯލްޑް ބޭންކް

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ސްރީލަންކާއާ އެކު ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މަޝްވަރާތައް ކާމިޔާބު ކަމަށް ސިފަކޮށްފައިވާއިރު، ވޯލްޑް ބޭންކުން ވަނީ ސްރީލަންކާއަށް އެހީވުމަށް އިމަޖެންސީ އެއިޑް ޕެކޭޖެއް ތައްޔާރުކުރަމުންދާ ކަމަށް ބުނެފައެވެ.

ބާވީސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގެ ފޮރިން ރިޒަރވް ހުސްވެ އިމްޕޯޓުކުރާ މުދަލަށް ފައިސާ ނުދެއްކި ގައުމުގެ ދަރަނި ނުދެއްކޭ ހާލަތަައް ގޮސްފައިވާއިރު، އާންމު ރައްޔިތުންނަށް ވަނީ ތެލޭ ގޭސް ލިބުމުގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ކަރަންޓާ ނުލައި ދުވަހުގެ ގިނަ ވަގުތު ހޭދަކުރަންޖެހިފައެވެ. މީގެ އިތުރުން ބޭސް އަދި ޒަރޫރީ ބައެއް ކާބޯތަކެތި ހޯދަންވެސް އެގައުމުގެ އާންމުންނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީ އާއި ސެންޓްރަލް ބޭންކްގެ ގަވަރުނަރު ހިމެނޭހެން އެގައުމުގެ މަންދޫބުންގެ ޓީމެއް ވަނީ އައިއެމްއެފް އާއެކު މަޝްވަރާކުރުމަށް އެމެރިކާގެ ވޮޝިންގްޓަން އަށް ގޮސްފައެވެ. މިދަތުރުގައި އައިއެމްއެފްގެ އިތުރުން ވޯލްޑް ބޭންކް އަދި އިންޑިއާ އެކު ލަންކާއިން ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ވޯލްޑް ބޭންކްގެ ތަރުޖަމާންއާއި ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެބޭންކުން ސްރީލަންކާއަށް ފޯރުކޮށްދޭން ތައްޔާރުވަމުންދާ އިމަޖެންސީ އެއިޑް ޕެކޭޖަކީ އެޖައްމިއްޔާއިން ކުރިއަށް ގެންދާ ކޮވިޑް-19 ހެލްތު ޕްރިޕެއަރޑްނަސް ޕްރޮޖެކްޓްގެ ފަންޑު ޝިފްޓުކޮށްގެން ދޭން މަސައްކަތްކުރަމުންދާ އެހީއެއް ކަމަށް ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވެއެވެ.

ވޯލްޑް ބޭންކުން ފޯރުކޮށްދޭ އެހީގެ ތެރެއިން 10 މިލިއަން ޑޮލަރު ސްރީލަންކާއަށް ބޭނުންވާ ޒަރޫރީ ބޭހުގެ ސާމާނު ހޯދުމަށް ބޭނުންކުރެވޭނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އެގައުމުގެ ސްކޫލް ކުދިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިތުރުން ފަގީރުންނަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށްވެސް މި އެހީ ބޭނުން ކުރެވޭނެ ކަމަށް އެޖަމިއްޔާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، ކައްކާ ގޭހާ، ޒަރޫރީ ކާބޯތަކެއްޗާ ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ދާކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

އައިއެމްއެފް އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއިދާރާއިން ސްރީލަންކާއާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އެގައުމަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަރައިގަތުމަށް ރަނގަޅު ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އައިއެމްއެފް އިން ވަނީ ސްރީލަންކާއިން އެއިދާރާއާ ގުޅިގެން ގައުމުގެ ދަރަނިތައް ރީސްޓަރަކްޗަރ ކުރުމާ އަދާކުރުމުގެ ކަންތައްތައް ކުރަން ނިންމާފައިވާތީ އެކަމަށް މަރުހަބާ ކިޔާފައެވެ. ސްރީލަންކާއިން ވަނީ އެގައުމުން 12 ބިލިއަން ޑޮލަރުގެ ސޮވްރިން ބޮންޑް ރީސްޓްރަކްޗަރ ކުރަން ވިސްނާކަމަށް ބުނެފައެވެ.

ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ސަބްރީ ވަނީ އައިއެމްއެފް އާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ ޕްރޮގްރާމްގެ ވާހަކަތައް ދެކެވޭ ކަމަށާއި އެހެން ނަމަވެސް އެޕްރޮގްރާމް ހަމަޖެހެންދެން ބްރިޖް ފައިނޭންސިންގެ ގޮތުގައި ތިން ބިލިއަން އާއި ހަތަރު ބިލިއަންއާ ދެމެދުގެ އަދަދެއްގެއެހީ ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

އައިއެމްއެފް އިން ބުނަނީ ސްރީލަންކާއަށް އިތުރު ލޯނުތަކެއް ދެވޭނީ އެގައުމުން މިހާރު ދައްކަން ޖެހިފައި ހުރި ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށް ދަރަނި އަދާކުރެވޭނެ ދެމެހެއްޓެނިވި މަގެއް ހަމަޖެހުމުންކަމަށެވެ. މިކަންތައް ކުރުމަށް ސްރީލަންކާއިން ދަރަނި ދައްކަންޖެހޭ ގައުމުތައް ކަމަށްވާ ޗައިނާ ފަދަ ގައުމުތަކާއެކު ގިނަ މަޝްވަރާތަކެއް ކުރަންޖެހޭނެއެވެ.

އައިއެމްއެފް އަދި ވޯލްޑް ބޭންކުން ހޯދުމަށް މަސައްކަތްކުރާ އެހީގެ އިތުރުން އިންޑިއާ އިން ބްރިޖް ފައިނޭންސިންގެ ގޮތުގައި 1.5 ބިލިއަން ޑޮލަރުގެ އެހީ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޗައިނާ، ޖަޕާން އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކްގެ އެހީއަށް ވެސް އެދިފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ވޯލްޑް ބޭންކްއިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު