Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރަމަޟާން މަސް

ރަމަޟާން މަހު ސިއްހަތު ރަނގަޅު ހަރަކާތްތެރި އުޅުމެއް އުޅެވިދާނެ ބައެއް ގޮތްތައް

ރޭގަނޑު ގެއްލޭ ނިދި ހަމަކޮށްލުމަށް ދުވާލުގެ ކޮންމެވެސް އެއްވަގުތަކު ނިދާލުން ބުއްދިވެރި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 24 އެޕްރީލު 2022 | އާދީއްތަ 07:57
ޔޯގާ ކަސްރަތު ކުރާ ދެއަންހެނުން

ޔޯގާ ކަސްރަތު ކުރާ ދެއަންހެނުން

އަހަރަކު އެއްފަހަރު އަޅުގަނޑުމެންނާ ކުރިމަތިވާ ރަމަޟާން މަހަކީ ހުރިހާ ގޮތަކުންވެސް އެހެން މަސްމަހާ ތަފާތު މަހެކެވެ. ރަމަޟާންމަހު ސިއްހަތު ރަނގަޅު އަދި ފައިދާ ހުރި ގޮތަކަށް އަމަލުތައް ބެހެއްޓިދާނެ ބައެއް ކަންކަމަށް އަލި އަޅުވާލާ ޚަލީޖް ޓައިމްސްގައި ލިޔެފައިވާ ލިޔުމެއްގެ ކުރު ތަރުޖަމާއެއް ގެނެސްދެމެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އާންމު މަސްމަހުވެސް ނިދި ވަކި ޝެޑިއުލަކަށް ބެހެއްޓުން އޮންނަނީ ދަތި ކަމަކަށް ވެފައެވެ. ރަމަޟާންމަހަކީ ނިދީގެ ކަންތަކަށް އިތުރަށް އޮޅުން އަރާ މަހެކެވެ. ހާރު ކެއުމަށާއި ދަމު ނަމާދަށް ހޭލާ އުޅެން ޖެހެއެވެ. އަދި ދެން ނިދޭނީ ފަތިސްނަމާދަށް ފަހުއެވެ. އެއްބަޔަކު ދަންވަންދެން ހޭލާތިބެފަ ނިދަނީ ހާރު ކައިގެންނެވެ. ނަމަވެސް އަނެއްކާ ފަތިސްނަމާދަށް ތެދުވަން ޖެހެއެވެ. މިހެން ވުމުން ކުރިން ރޭގަނޑު އާންމުކޮން ނިދާ ވަރަށް ވުރެ ނިދި މަދުވެއެވެ. ނަތީޖާއެއްގެ ގޮތުން ދުވާލުގެ ގަޑިތަކުގައި ވަރުބަލިކަމާއި ކަންނެތްކަން އިހްސާސް ކުރެވެއެވެ.

ރަމަޟާންމަހު އޮފީހުގެ މަސައްކަތު ގަޑި މަދެވެ. މިކަމުގެ ފައިދާ ނަގާ ދުވާލުގެ ކޮންމެވެސް ވަގުތެއްގައި ނިދާލާށެވެ. ކުރު ނެޕެއް ނެގި ނަމަވެސް އެކަމުން މީހާގެ މޫޑަށާއި މަސައްކަތުގެ ނަތީޖާ ނެރެވޭ މިންވަރަށް އެދެވޭ އަސަރު ކުރާނެއެވެ.

ރަމްޟާން މަހު ރޯދަ ވީއްލުމަށާ ތަރާވީހަށް އާއިލީ ބައްދަލުވުންތައް އިންތިޒާމު ކުރަންޖެހި ފައިވާ ލއިރު، ފިޓްކޮށް ތިބުމަށް ކުރަމުން އައި ކަސްރަތު ޕްރޮގްރާމާށް ވަގުތު ނުދެވޭތަން އޮންނަނީ އައިސްފައެވެ. ނަމަވެސް ކަސްރަތާ ހަރަކާތްތެރިވުން ދޫކޮށް ނުލާށެވެ. ރަމަޟާން މަހު މާ ބުރަ ވޯކްއައުޓުތައް ޖެއްސުން އާންމުކޮން އެހާ ބުއްދިވެރިނޫންކަމަށް މާހިރުން ވިދާޅުވެއެވެ. ނަމަވެސް ލުއި ވޯކްއައުޓްތަކާ ހިނގުން ޔޯގާ ހެދުން އަދި ދުވުން ފަދަ ކަސްރަތުތައް ކުރުން މުހިންމެވެ.

ރަމަޟާން މަހު މިކަސްރަތުތައް ކުރަން އެންމެ ރަނގަޅު ގަޑިއަކީ ހެދުނު ހޭލައިގެން އޮފީހަށް ދިއުމުގެ ކުރިން އަދި ވަރަށް ހަވީރުގެ ވަގުތު ތަކުގައެވެ. މިގޮތަށް ކަސްރަތު ކުރާއިރު ހަށިގަނޑުގެ ހާލަތު ދެނެގަތުމަށް ބޭނުން ކުރާ ޚާއްސަ ޑިވައިސެއް ބޭނުންކޮށްގެން ހިތުގެ ހިނގުމާ އެއްޗެހި މޮނީޓަރުކޮށްލުން މުހިންމެވެ. މިފަދަ ފީޗަރުތަކާއެކު ހުންނަ އަތުކުރީ ގަޑިއަކީ މިހާރު ވަރަށް އާންމު އެއްޗެކެވެ.

ރަމަޟާން މަހަކީ އަމިއްލަ ހަޔާތުން މާޒީވެ ގޮސްފައިވާ ބައެއް ކަންކަމާމެދު ވިސްނާލާ ކަންކަމުގެ ހައްލު ހޯދުމަށް ފަސޭހަ މަހެކެވެ. އެހެން މަސްތަކުގައި އުޅެމުން އައި އަވަދިނެތި އުޅުމާ ތަފާތުކޮށް އަމިއްލަކަންކަމަށް ވަގުތު ލިބޭ މަހެއް ގޮތަށް އޮންނަނީ ބެލިފައެވެ. މިފަދަ ހުސް ވަގުތުތަކުގެ ބޭނުންކޮށް ހަޔާތުގައި ހުރި ބައެއްކަހަލަ ސްޓްރެސް ފިލުވާލުމަށް މަސައްކަތްކުރެވި ދާނެއެވެ. މިކަމަށްވެސް އެހީ ވާ އެޕްތައް މިހާރު ހުރެއެވެ. މިގޮތުން މެޑިޓޭޓް ކުރުން ނިދުން އަދި އަރާމު ކުރުމަށް ވެސް އެހީވެދޭ ޚާއްސަ އެޕްތައް މިހާރު ލިބެން ހުރެއެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަކަށް ވުމުގެ އިތުރުން ޝުކުރުވެރިވުމާއި ސަދަގާތްކުރުމުގެ ވެސް މައްސަރެވެ.

ކޮންމެއަކަސް މި ރަމަޟާން މަސް މިހާރު މިވަނީ އަޅުގަޑުމެންނަށް އަލްވަދާއު ކިޔުމަށް ގާތްވެފައެވެ. މިވަގުތު ގުނަމުން މިދަނީ ފަހު ދިހައިގެ ދުވަސްތަކެވެ. ހުރިހާ އެންމެންވެސް މަސައްކަތް ކުރަމުންދަނީ ފަހުދިހައިގައި ހިމެނޭ ލައިލަތުލް ޤަދްރި ވިލޭރޭގެ ސަވާބާއި މަންފާ ލިބުމަށެވެ. މިކަމަށް އެދިތިބެ ދުއާކުރާ ހާލު، މިހާރު ފަށާ މިފަދަ ރިވެތި އާދަތައް ރަމަޟާން މަހަށް ފަހުވެސް ކުރިޔަށް ގެންދަމާތޯއެވެ.  

ރަމަޟާން 1443

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

23 ފެބުރުއަރީ 2023
އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ

އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ

28 އެޕްރީލު 2022
މިސްކިތުގެ ހުރުމަތްތެރިކަމަށް ރައްކާތެރިވުން

މިސްކިތުގެ ހުރުމަތްތެރިކަމަށް ރައްކާތެރިވުން

28 އެޕްރީލު 2022
ހޮނިހިރު ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ

ހޮނިހިރު ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ

28 އެޕްރީލު 2022
ބުދަ ދުވަހުގެ ނިޔަލަށް 1323 މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކައިފި

ބުދަ ދުވަހުގެ ނިޔަލަށް 1323 މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކައިފި

28 އެޕްރީލު 2022

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު