Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ދީނުގެމަގު

މުސްލިމުންގެ ގޮތަކީ އެކަކު އަނެކަކާމެދު ހެޔޮކޮށް ހީކުރުމެވެ

މުސްލިމުންގެ ގޮތަކީ، މުޖުތަމަޢުގެ އެހެން މީހުންނާ މެދު ހެޔޮކޮށް ހީކުރުން

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 24 އެޕްރީލު 2022 | އާދީއްތަ 06:46
މިސްކިތެއްގައި ބަޔަކު ނަމާދު ކުރަނީ

މިސްކިތެއްގައި ބަޔަކު ނަމާދު ކުރަނީ

މުސްލިމުންގެ ގޮތަކީ އެކަކު އަނެކަކަށް ކަމޭހިތުމެވެ. އެކަކު އަނެކަކާމެދު ހެޔޮކޮށް ހީކުރުމެވެ.

ކޮންމެ މީހަކުވެސް ދިރިއުޅުމުގެ މައިދާނުގައި މަޝްޢޫލުވެގެން އުޅޭއިރު، ތަފާތު ކަންތައްތަކާ ކުރިމަތިލާން ޖެހެއެވެ. ދިމާވާ ދަތި އުނދަގޫ މައްސަލަތައް ހައްލު ކުރަންޖެހެއެވެ. ދިމާވާ ދަތި އުނދަގޫ މައްސަލަތައް ހައްލުކުރަން ޖެހެއެވެ. ދިރިއުޅުން ތަރައްޤީކުރުމުގައި ދިމާވާ އެތައް ހުރަސްތަކެއް ގިރާކުރަން ޖެހެއެވެ. މިފަދަ ކަންކަމުގައި ކޮންމެ މީހަކުވެސް އަވަދި ނެތި އުޅޭއިރު، އެހެން މީހުންނަށް ކަމުގެ ހަގީގަތް ނޭނގޭ ކިތައްމެ ކަމެއް އެމީހަކަށް ކުރެވިފައި ހުންނާނެއެވެ. ކުރެވެމުން ދާނެއެވެ. މީހަކު ކަމަކާމެދު ވަކި ގޮތަކަށް އަމަލު ކުރީ ކީއްވެގެންކަން ތިމާއަށް ނޭނގޭ ކަންތައްތަކުގައި، އެމީހަކު އެގޮތަށް އަމަލު ކުރީ ކޮންމެވެސް ނުބައި މަޤްސަދެއްގައި ކަމުގައި ހިތައް އެރުމަކީ ވަރަށް ކައިރީ އޮންނަ ކަމެކެވެ. ނަމަވެސް އަޅުގަނޑުމެންނީ މުސްލިމުން ކަމުގައި ވީހިނދު، އެހެން މީހުންނާ މެދު އެފަދަ ގޮތްގޮތަށް ހީކުރުމަކީ ކޮށްގެންވާނޭ ކަމެއް ނޫނެވެ.

މާތްﷲ ވަހީ ކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ މާނައަކީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. ( އަލް ޙުޖުރާތް 12)

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. "ތިޔަބައި މީހުން އެކިއެކި ހީކުރުންތަކުން ދުރުހެލިވެލާށެވެ! ހަމަކަށަވަރުން (ތިމާއަށް) ހީވާ ހީވުމަކީ، އެންމެ ދޮގުކަން ބޮޑުވެގެންވާ ވާހަކައެވެ."

އެހެން މީހުންނާ މެދު ނުބައިކޮށް ހީނުކުރުމަށް ކީރިތި ޤްރުއާނުގައި އާއި މާތް ރަސޫލާގެ ސުންނަތުގައި އެހާ ބޮޑަށް ބާރު އަޅުއްވާފައިވަނީ، މުސްލިމުން އެކަކު އަނެކަކާ ދޭތެރޭގައި ނުބައިކޮށް ހީކުރުމަކީ، ތިމާއަށް ނޭނގި ތިމާގެ އަޚުންނަށް ވެވޭ ބޭއިންސާފަކަށް ވެދާނެތީއެވެ. އަދި އެއީ އިސްލާމީ މުޖުތަމަޢުގައި އޮންނަންޖެހޭ އެކުވެރިކަމާއި ހިތްހެޔޮކަން ގެއްލިގެން ދާނެ ކަމަކަށްވާނެތީއެވެ.

ވީމާ މުސްލިމުންގެ ގޮތަކީ، މުޖުތަމަޢުގެ އެހެން މީހުންނާ މެދު ހެޔޮކޮށް ހީކުރުމެވެ. މީހަކު ކުރާ ކަމެއްގެ ސަބަބު ތިމާޔަށް ނޭނގޭނަމަ، އެމީހަކު އެކަމެއް ކުރީ ކޮންމެވެސް ރަނގަޅޫ މަޤްސަދެއްގައި ކަމަށް ހީކޮށް އެމީހަކާ މެދު ހިތް ހެޔޮ ކުރުމެވެ.

ނޯޓް: ދީނުގެމަގު މިނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފްތާއަކު އެއްފަހަރު އެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ދީނުގެމަގުރަމަޟާން 1443

ކޮމެންޓް

އިތުރަށް ކިޔާލަން

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

23 އެޕްރީލު 2024
ދޫ ރައްކާތެރި ކުރާށެވެ.

ދޫ ރައްކާތެރި ކުރާށެވެ.

18 ޖުލައި 2023
ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

23 ފެބުރުއަރީ 2023
ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން

ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން

17 ސެޕްޓެމްބަރު 2022
ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން

ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން

03 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު