Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްދީނުގެމަގު

ތެދު ބުނުމަކީ ހެޔޮކަންތަކަށް މަގު ދައްކާ ކަމެކެވެ.

ތެދު ބުނާ މީހާ ތެދު ބުނަމުން ގޮސް ﷲގެ ހަޟުރަތުގައި ސިއްދީގަކު ކަމުގައި ލިޔެވިދޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 26 އެޕްރީލު 2022 | އަންގާރަ 06:23
ކުދިންތަކެއް މިސްކިތުގައި ޤުރުއާން ކިޔަވަނީ

ކުދިންތަކެއް މިސްކިތުގައި ޤުރުއާން ކިޔަވަނީ

ތެދު ބުނުމަކީ ހެޔޮ ބަސް ބުނުމުގެ ތެރޭގައި އެންމެ އިސްކަންދޭންޖެހޭ ކަންތަކެވެ. ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށް ހެކިވާ ހެކިވުމަކީ، ހެޔޮ ބަސްބުނުމުގެ އެންމެ މަތީ ދަރަޖަކަމުގައި ހިމެނިފައިވަނީ ވެސް އެއްވެސް ޒަމާނެއްގައި އަދި އެއްވެސް ތަނެއްގައި އިންސާނަކަށް ބުނެވޭނެ އެއަށްވުރެ ތެދު ބަހެއް ނެތީމައެވެ.

އާދޭހެވެ. ދުނިޔޭގައިވާ އެންމެ ހަޤީގަތަށް އިގުރާރުވުމުގެ ގޮތުން ބުނާ ބުނުމަކީ، ކީރިތި ރަސޫލާ އާއި އެހެނިހެން ނަބީ ބޭކަލުން ވިދާޅުވެފައިވާ އެންމެ ހެޔޮ ބަސްފުޅު ކަމުގައި ވީހިނދު، ހަގީގަތް ބަޔާންކުރުމުގެ ގޮތުން ބުނާ ކޮންމެ ބަހަކީ، ހެޔޮ ބަހުގެ ތެރެއިންވާ އެއްޗެއް ކަމުގައި އިސްލާމްދީނުގައި ވަނީ ކަނޑައަޅުއްވާފައެވެ. އަދި ތެދު ބުނުމަކީ ތަގުވާވެރިކަމާ ގުޅިފައިވާ، އަދި ތިމާގެ ތަގުވާވެރިކަން ބަޔާންކޮށްދޭ ސިފައެއް ކަމުގައި ވެސް ވަނީ ލައްވާފައެވެ.

މާތްﷲ ވަހީކުރައްވާފައި ވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ"

މާނައަކީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރި ވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. ތެދު ބުނުމަކީ، ހެޔޮކަންތަކަށް މަގުދައްކާ ކަމެއް ކަން ކަށަވަރެވެ. އަދި ހެޔޮކަންތައް ކުރުމަޚީ، ސުވަރުގެއަށް މަގުދައްކާ ކަމެއްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން ތެދު ބުނާ މީހާ ތެދު ބުނަމުން ގޮސް ﷲގެ ހަޟުރަތުގައި ސިއްދީގަކު ކަމުގައި ލިޔެވިދާ ހުއްޓެވެ.

މިއީ ތެދު ބުނުން އާދަކޮށް، ތެދު ބުނުން މަތީ ދެމިތިބޭ މީހުންނަށް އާޚިރަތް ދުވަހުން އޮތް ދަރަޖައެވެ. އެދުވަހު ސިއްދީގުން ތިބޭހުށީ، ނަބީބޭކަލުންނާއި ޝަހީދުންނާ އެކުގައެވެ.

ނޯޓް: ދީނުގެމަގު މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފްތާއަކު އެއްފަހަރު އެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ދީނުގެމަގުރަމަޟާން 1443

އިތުރަށް ކިޔާލަން

23 އެޕްރީލު 2024

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

23 އެޕްރީލު 2024
އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
18 ޖުލައި 2023

ދޫ ރައްކާތެރި ކުރާށެވެ.

18 ޖުލައި 2023
ދޫ ރައްކާތެރި ކުރާށެވެ.
23 ފެބުރުއަރީ 2023

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

23 ފެބުރުއަރީ 2023
ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ
17 ސެޕްޓެމްބަރު 2022

ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން

17 ސެޕްޓެމްބަރު 2022
ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން
03 ސެޕްޓެމްބަރު 2022

ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން

03 ސެޕްޓެމްބަރު 2022
ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން
14 އޯގަސްޓު 2022

ހަމަހިމޭން ކަމާއި މަޑުމޮޅިކަމާއެކު ނަމާދުކުރުން

14 އޯގަސްޓު 2022
ހަމަހިމޭން ކަމާއި މަޑުމޮޅިކަމާއެކު ނަމާދުކުރުން
08 މެއި 2022

އިޙްސާންތެރިންނަކީ ރުޅި އަންނަ ހިނދު ކެތްތެރިވާ މީހުންނެވެ.

08 މެއި 2022
އިޙްސާންތެރިންނަކީ ރުޅި އަންނަ ހިނދު ކެތްތެރިވާ މީހުންނެވެ.
28 އެޕްރީލު 2022

އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ

28 އެޕްރީލު 2022
އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ
28 އެޕްރީލު 2022

މިސްކިތުގެ ހުރުމަތްތެރިކަމަށް ރައްކާތެރިވުން

28 އެޕްރީލު 2022
މިސްކިތުގެ ހުރުމަތްތެރިކަމަށް ރައްކާތެރިވުން
28 އެޕްރީލު 2022

ހޮނިހިރު ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ

28 އެޕްރީލު 2022
ހޮނިހިރު ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު