Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްއަޚްލާޤަށް ނުރަނގަޅު އަސަރުކުރުން

ޒަމާނީ އޮއިވަރުގެ ސަބަބުން އަޚްލާޤަށް ނުރަނގަޅު އަސަރުކުރޭ

އިސްލާމީ މުޖުތަމަޢުތަކާއި ހުޅަނގުގެ ޣައިރު މުސްލިމުންގެ އުޅުމާއި ފެންނަ ގޮތާއި ދާދި އެއްގޮތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 އެޕްރީލު 2022 | ބުދަ 07:44
އަމިއްލަ ފަރާތެއްގެ ހިލޭ އެހީގެ ދަށުން އިމާރަތްކުރި މި މިސްކިތުގެ މަސައްކަތް ފަށާފައިވަނީ 27 އޯގަސްޓު 2019 ގައި

އަމިއްލަ ފަރާތެއްގެ ހިލޭ އެހީގެ ދަށުން އިމާރަތްކުރި މި މިސްކިތުގެ މަސައްކަތް ފަށާފައިވަނީ 27 އޯގަސްޓު 2019 ގައި

ޒަމާނީ އޮއިވަރުގެ ސަބަބުން އަޚްލާޤަށް ނުރަނގަޅު އަސަރުކުރެއެވެ. ޒަމާނަކީ ބަދަލުވަމުން އަންނަ އެއްޗެކެވެ. ދުނިޔޭގައި ކޮންމެ ބިތެއްގައި ހިނގާ ކޮންމެ ކަމެއްވެސް ދުނިޔޭގެ ކޮންމެ ބިތަކަށްވެސް ފޯރައެވެ. ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ޖަޒީރާ ޤައުމެއްކަމުގައިވިޔަސް ތަފާތު އެކި އަސަރުތައް އަޅުގަނޑުމެންނަށްވެސް އާދެއެވެ. ހަމަ އެފަދައިން ޒަމާނާއެކުވެގެން އަންނަ ރަނގަޅުކަންތައްވެސް ހުރެއެވެ.

އެހެންނަމަވެސް ޒަމާނުގެ އޮއިވަރުގެ ތެރެއިން ފިކުރުތަކަށް އަސަރުކުރެއެވެ. ހަމަ އެހެންމެ މި އޮއިވަރުގެ ތެރެއިން އަޚްލާޤަށްވެސް ވަރަށް ނޭދެވޭ އަސަރު ކުރެއެވެ. ދުނިޔޭގައި އިންސާނުން ލެއްވި ހިސާބުން ޝައިޠާނާ އިންސާނުން މަގުފުރެއްދުމަށް ވަޢުދުވެ، ޤިޔާމަތާ ހަމައަށްވެސް އެ މަސައްކަތް ކުރާނެކަމަށް ބުނެ އެގޮތަށް އެކަން ކުރަމުންދެއެވެ. އަދި ހަމަ އެ ޝައިޠާނާގެ އަވައިގައި ޖެހިގެން އުޅޭ އިންސާނުންވެސް މީސްތަކުންގެ ތެރޭގައި އުޅެއެވެ. ފިކުރު ތަޣައްޔަރުކޮށްލާފަދަ ކަންކަން ހިމެނޭ އިރު، ދީނީ ހުދޫދުން ނެއްޓިގެން މިނިވަންވުމުގެ ފިކުރު ބައެއް މީހުންނަށް ކުރެވެއެވެ.

އިސްލާމްދީނާއި ދުރުވެގެން ކާމިޔާބެއް ނެތެވެ. މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީންކަމަށް ވިދާޅުވެ އިސްލާމްދީން ފިޔަވާ އެހެން ދީނެއް އެދެފި މީހެއްގެ ކިބައިން ހަމަ ކަށަވަރުން ގަބޫލު ނުކުރޭނެއެވެ. އިސްލާމީ މުޖުތަމަޢުތަކާއި ހުޅަނގުގެ ޣައިރު މުސްލިމުންގެ އުޅުމާއި ފެންނަ ގޮތާއި އެއްގޮތެވެ. އެފަދަ މީހުންނާއި ތަބާ ވާނެކަމަށް ރަސޫލާ ﷺ އިންޒާރުދެއްވާފައިވެއެވެ. ރާއްޖޭގެ މުޖުތަމަޢަށް ބަލާލާ އިރު އައުރަ ނިވާވުމުގައި އިސްލާމްދީނުގެ މިންގަނޑުތަކުގެ ތެރޭގައި ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ ތެރޭގައި އަންހެނުންނާއި ފިރހެނުންވެސް ހިމެނެއެވެ.

ވަރަށް ގިނަ ބަޔަކު ވާހަކަދެއްކުމުގައި ވަރަށް ހަޑިހުތުރު ބަސް ބޭނުންކުރެއެވެ. މިކަން މިގޮތަށް ކުރުމަކީ ދަށު އަމަލެކެވެ. މިއީ ޒަމާނީ އޮއިވަރުގައި ޖެހި ހިނގަމުންދާކަމެކެވެ. އަދި އެފަދަ ހަޑި ހުތުރު ބަސް ބޭނުން ނުކޮށް، ވާހަކަ ދެއްކުމުގައި އިސްލާމްދީނުގެ އަޚްލާގަށް ބަލައިގެން އެގޮތަށް ވާހަކަދެއްކުން މުހިންމެވެ. މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭކަމެއްކަމެކެވެ. ޒަމާނަށް އަންނަ ބަދަލުތަކާ ހެދި އަޅުގަނޑުމެންގެ މިސްރާބު ނުރަނގަޅު މިސްރާބަކަށް ދިޔަ ނުދޭން މަސައްކަތް ކުރަން ޖެހެއެވެ. އެކަން ކުރެވޭނީ މާތް ﷲގެ ދީނުގައި ހިފަހައްޓައިގެންނެވެ.

މި މުޖުތަމަޢުގައި ރިވެތި ސިފަތަކެއް އެބަހުއްޓެވެ. ނަމަވެސް އެ ސިފަތައް މަޑުމަޑުން ބީވެ، ބީރައްޓެހިވަމުންދާކަން އެއީ ފެންނަ އޮތް ހަގީގަތެކެވެ.

އިސްލާމް ދީންރަމަޟާން 1443

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2024

މި ދައުރުގައި ކުރެވޭ މަސައްކަތުން ކުރިއަށް އޮތް ގަރުނަށް އިސްލާމީ އަގީދާ ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ: މިނިސްޓަރު ޝަހީމް

05 އޮކްޓޯބަރު 2024
މި ދައުރުގައި ކުރެވޭ މަސައްކަތުން ކުރިއަށް އޮތް ގަރުނަށް އިސްލާމީ އަގީދާ ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ: މިނިސްޓަރު ޝަހީމް
22 ޖޫން 2024

އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަނީ

22 ޖޫން 2024
އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަނީ
05 އެޕްރީލު 2023

ގެއަކީ ނިއުމަތެއް، ގެއާ ގުޅޭ ރީތި އާދަތައް ދަސްކުރަން ޖެހޭ: ޝެއިޚު އަލީ ޒާހިރު

05 އެޕްރީލު 2023
ގެއަކީ ނިއުމަތެއް، ގެއާ ގުޅޭ ރީތި އާދަތައް ދަސްކުރަން ޖެހޭ: ޝެއިޚު އަލީ ޒާހިރު
23 ފެބުރުއަރީ 2023

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

23 ފެބުރުއަރީ 2023
ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ
26 ސެޕްޓެމްބަރު 2022

ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ދީނުން ބޭރުވާ މީހުންނަށް ދޭނެ އަދަބެއް ކަނޑައެޅިފައި އޮންނަން ޖެހޭ: ގާސިމް

26 ސެޕްޓެމްބަރު 2022
ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ދީނުން ބޭރުވާ މީހުންނަށް ދޭނެ އަދަބެއް ކަނޑައެޅިފައި އޮންނަން ޖެހޭ: ގާސިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު