Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްދީނުގެމަގު

މިސްކިތުގެ ހުރުމަތްތެރިކަމަށް ރައްކާތެރިވުން

އެއްވެސް ހާލެއްގައި މިސްކިތުގައި އަޑުގަދަކޮށް ސަކަރާތްޖަހާ, މީހުންނާ ޒުވާބުކޮށް ހަދައިގެން ނުވާނެ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 28 އެޕްރީލު 2022 | ބުރާސްފަތި 06:16
މިސްކިތެއްގައި ބަޔަކު ނަމާދު ކުރަނީ

މިސްކިތެއްގައި ބަޔަކު ނަމާދު ކުރަނީ

މިސްކިތަކީ އިސްލާމްދީނުގެ އެންމެ މުހިއްމު ރުކުން ކަމުގައިވާ ފަރުޟު ފަސްނަމާދު ޖަމާއަތުގައި ޤާއިމުކުރުމަށްޓަކައި އިމާރާތް ކުރެވިފައިވާ ވަރަށް ޚާއްސަ ތަނެކެވެ. ނަމާދު ޤާއިމު ކުރަންޖެހެނީ، ހަމަހިމޭންކަމާއި މަޑުމޮޅިކަމާއެކުގައެވެ. ﷲގެ ރަސްކަންފުޅު ހަނދުމަކޮށް، އެކަލާނގެއަށް ބިރުވެތިވެހުރެ އެވެ. އެކަލާނގެ ރަހުމަތަށާއި މަޣްފިރަތަށް އެދި ހުރެއެވެ.

ކަން އޮތީ މިހެން ކަމަށްވުމާއެކު، މިސްކިތަކީ އަޅުގަނޑުމެން ހުރުމަތްތެރިކޮށް ހިތަންޖެހޭ ތަނެކެވެ. މިސްކިތަށް އަރާއުޅުމުގަޔާއި، މިސްކިތުގައި ތިބޭ ތިބުމުގައި އަޅުގަނޑުމެން ކަންކުރަންޖެހޭނީ، ތަނުގެ ހުރުމަތްތެރި ކަމަށް އެއްވެސް އުނިކަމެއް ނުލިބޭނެ ގޮތެއްގެ މަތިންނެވެ. އެއްވެސް ހާލެއްގައި މިސްކިތުގައި އަޑުގަދަކޮށް ސަކަރާތްޖަހާ, މީހުންނާ ޒުވާބުކޮށް ހަދައިގެން ނުވާނެވެ. ބާރަށް ކޮޅު ކޮޅަށް ހިނގައި ދުވެ ހަދައިގެން ނުވާނެވެ. އަޑުހަރުކޮށް ކިޔަވާ ނަމާދުގައި ވެސް، އެހެން މީހުންނަށް އުނދަގޫވާ ގޮތަށް ކިޔަވައި ހަދައިގެނެއް ނުވާނެވެ.

އަބްދުﷲ އިބްނި ރަޟިޔަﷲއަންހް ރިވާ ކުރެއްވި ހަދީޘް އެއްގައި ވެއެވެ. އެއްފަހަރަކު ކީރިތި ރަސޫލާ ނުކުމެވަޑައިގެންނެވި އިރު، މީސްތަކުން ތިބީ ނަމާދަށެވެ. އެބައި މީހުން އަޑުހަރުކޮށް ކިޔަވަމުން ދިޔައިރު، މުޅިތަނަށްވަނީ އެބައި މީހުންގެ އަޑު ފެތުރިފައެވެ. ދެން ފަހެ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އެ ހަދީޘްގެ މާނާގައި ވެއެވެ. ހަމަކަށަވަރުން ނަމާދުކުރާ މީހާ މުނާޖާތު ދަންނަވަނީ އެމީހާ ހައްދަވައި ބޮޑުކުރެއްވި ހުސްތާހިރުވަންތަ ރަސްކަލާނގެ ހަޟުރަތުންނެވެ. ފަހެ، އެމީހާ އެކަލާންގެ ހަޟުރަތުގައި ދަންނަވަނީ ކީކޭތޯ ބަލާފައި ހުށިކަމެވެ. އަދި ތިޔަބައި މީހުން (ނަމާދުގައި) ޤްރުއާން ކިޔަވާއިރު، އެއްބައެއްގެ މައްޗަށް އަނެއްބަޔަކު އަޑު ނުއުފުލާހުށި ކަމެވެ.!

މިސްކިތުގައި ތިމާ ނަމާދު ކުރާއިރު، މިސްކިތުގައި ތިބޭ އެހެން މީހުންނަށް ރިޢާޔަތް ކުރުމުގެ ގޮތުން އަޑުތިރިކުރަންޖެހޭ ކަމުގައިވަނީނަމަ، ނަމާދު ކުރުން ފިޔަވައި ޤްރުޢާން ކިޔެވުން ފަދަ ނުވަތަ ޒިކުރު ތަސްބީހަ ކިޔުން ފަދަ ކަންކަމުގައި ތިމާގެ އަޑުތިރިކުރުން އައުލާކަން މާބޮޑެވެ.  

ނޯޓް: ދީނުގެމަގު މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފްތާއަކު އެއްފަހަރު އެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ދީނުގެމަގުރަމަޟާން 1443

އިތުރަށް ކިޔާލަން

23 އެޕްރީލު 2024

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

23 އެޕްރީލު 2024
އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
18 ޖުލައި 2023

ދޫ ރައްކާތެރި ކުރާށެވެ.

18 ޖުލައި 2023
ދޫ ރައްކާތެރި ކުރާށެވެ.
23 ފެބުރުއަރީ 2023

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

23 ފެބުރުއަރީ 2023
ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ
17 ސެޕްޓެމްބަރު 2022

ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން

17 ސެޕްޓެމްބަރު 2022
ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން
03 ސެޕްޓެމްބަރު 2022

ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން

03 ސެޕްޓެމްބަރު 2022
ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު