Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ދީނުގެމަގު

ރަމަޟާން މަހުގެ ފަހުދިހަ އާއި ލައިލަތުލްޤަދްރި

ރަމަޟާންމަހުގެ ފަހު ދިހަ އަތުވެއްޖެނަމަ ކީރިތި ރަސޫލާ މުޅިރޭ ދިރުއްވައި އަޅުކަން ކުރައްވާ ކަމުގައިވޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2022 | ބުދަ 07:15
މިސްކިތެއްގައި މީހަކު ޤްރުޢާން ކިޔަވަނީ

މިސްކިތެއްގައި މީހަކު ޤްރުޢާން ކިޔަވަނީ

އަޅުގަނޑުމެން ވޭތުކުރަމުން މިދަނީ، އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް މައްސަރެވެ. ކީރިތި ޤްރުޢާންގެ އަލިގަދަ ނޫރު މުޅި ދުނިޔޭގެ ކަންކޮޅުތަކަށް ފާއްދާލި މައްސަރެވެ. އެ ޤްރުއާންގެ ހިދާޔާތް މީސްތަކުންނަށް ދެއްވުމަށް ފެއްޓެވި މައްސަރެވެ. އެއްހާސް މައްސަރަށްވުރެން ހެޔޮކަން ބޮޑު ރެއެއް ލައްވާފައިވާ މައްސަރެވެ. އެއީ ލައިލަތުލްޤަދްރް ނަމަކަށް ކިޔުނު ރެއެވެ. ﷲގެ އަމްރުފުޅަށް، އެރޭގައި ޖިބްރީލްގެފާނާއި ރަހުމަތުގެ މަލާއިކަތުން ފައިބާވަޑައިގަންނަވައެވެ. އެރޭގައި އަޅުކަންކުރާ މީހުންނަށް ފާފަ ފުއްސެވުމަށާއި ރަހުމަތް ލެއްވުމަށް އެދި ދުޢާ ކުރައްވަމުންނެވެ. ﷲގެ އަޅުތަކުން ކުރާ ހެޔޮ ޢަމަލުތައް ޤަބޫލު ކުރެއްވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.

ކީރިތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ލައިލަތުލްޤަދްރް އާއި މެދު އަމަލު ކުރެއްވި ގޮތާއި ބަސްފުޅުތައް، އެކަލޭގެފާނުންގެ ސުންނަތުން އެގެން އެބަހުއްޓެވެ. މާތްﷲ ރަސްކަލާނގެ ރުއްސުންލެއްވި ޢާއިޝަތުގެފާނު އަރިހުން ރިވާވެގެންވާ ޙަދީޘް އެއްގައި ވެއެވެ. "ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ރަމަޟާން މަހުގެ ފަހުދިހައިގެ އޮނަހިރު ރޭތަކުގައި ލައިލަތުލްޤަދްރް ހޯދުމަށް، ތިޔަބައި މީހުން މަސައްކަތް ކުރާށެވެ."

އެރެޔާމެދު އިތުރު އެކަލޭގެފާނު ޢަމަލުފުޅުކުރެއްވިގޮތް ހާމަކޮށްދެއްވަމުން ޢާއިޝަތުގެފާނު ވިދާޅުވިއެވެ.

"ރަމަޟާންމަހުގެ ފަހު ދިހަ އަތުވެއްޖެނަމަ ކީރިތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް، މުޅިރޭ ދިރުއްވައި އަޅުކަން ކުރައްވާ ކަމުގައި ވިއެވެ. އަދި އެކަލޭގެފާނުންގެ އަހުލުވެރި ބޭފުޅުން އަވަހާރަފުޅުންނަންގަވާ ކަމުގައި ވެއެވެ. އަދި އަޅުކަން ކުރެއްވުމުގައި ގަދަ އަޅުއްވައި މަސައްކަތްޕުޅު ކުރައްވާ ކަމުގައިވިއެވެ."

ލައިލަތުލްޤަދްރް ރޭގައި ވިދާޅުވާނޭ ދުޢާ އަކީ ކޮބައިތޯ ޢާއިޝަތުގެފާނު ކީރިތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. ކަމަނާ ވިދާޅުވާށެވެ. "اللهم إنك عفو تحب العفو فاعف عني" މާނައީ " ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ޢަފޫ ކުރައްވާ ރަސްކަލާނގެއެވެ. އިބަ ރަސްކަލާނގެ ލޯބިވެވޮޑިގަންނަވަނީ ޢަފޫކުރެއްވުމަށެވެ. ފަހެ، މިއަޅާއަށް ޢަފޫ ކުރައްވާނދޭވެ.!"

އަޅުގަނޑުމެން މިހާރު ވޭތުކުރަމުން މިދަނީ އެފަދަ ބަރާކާތްތެރިކަން ބޮޑު، ރޯދަމަހުގެ ފަހުދިހައެވެ. ކައުއިތުރު ރަސޫލާއާއި، އިތުރު އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނާ ދުރުހެލިވެވަޑައިގެން މިސްކިތުގައި އިޢުތިކާފް އަށް އިންނެވި ދިހަ ދުވަހެވެ. ޤްރުއާން ކިޔަވައި ވިދާޅުވުން ގިނަ ކުރައްވައި، ނިކަމެތީންނަށް އެހީ ފޯރުއްވެވުންގިނަ ކުރެއްވި ދިހަ ދުވަހެވެ. ޒިކްރު ކުރެއްވުން ގިނަ ކުރެއްވުމާއި، ރޭ އަޅުކަންކުރެއްވުން ގިނަ ކުރެއްވި ދިހަ ދުވަހެވެ. ވީމާ، އަޅުގަނޑުމެންވެސް އިތުރު އެކަލޭގެފާނާ ތަބީޢަތްވުމުގެ ގޮތުން މިފަހު ދިހަގަައި އިތުރު އެކަލޭގެފާނު އަމަލު ކުރެއްވިގޮތަށް އަމަލު ކުރެވޭތޯ ބަލަމާތޯއެވެ. ﷲގެ ރުހިވޮޑިގަތުން އަޅުގަނޑުމެންނަށް ލިބޭނީ އޭރުންނެވެ. އަބަދުގެ އަބަދަށް ދެމިތިބެނިވި ނިޢުމަތުގެ ގޮވަތީގެ އަހުލުވެރީންނަށް ވެވޭނީވެސް އޭރުންނެވެ.

ނޯޓް: ދީނުގެމަގު މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފްތާއަކު އެއްފަހަރު އެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ލައިލަތުލްޤަދްރިރަމަޟާން 1443ދީނުގެމަގު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

23 އެޕްރީލު 2024
ދޫ ރައްކާތެރި ކުރާށެވެ.

ދޫ ރައްކާތެރި ކުރާށެވެ.

18 ޖުލައި 2023
ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

23 ފެބުރުއަރީ 2023
ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން

ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން

17 ސެޕްޓެމްބަރު 2022
ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން

ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން

03 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު