Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ130 ކިލޯ ޑްރަގް މައްސަލަ

130 ކިލޯ ޑްރަގް: އިސްކޮށް އުޅުނު މީހުން ބަންދުން ދޫކޮށްލަން ނިންމި ނިންމުން ބާތިލު

ހެކިންނަކީ އެމީހުންނާއި އެކުގައި އުޅޭ މީހުންކަމަށްވުމާއެކު، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތުވެސް ބޮޑު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 އެޕްރީލު 2022 | އާދީއްތަ 10:53
130 ކިލޯ ޑްރަގް މައްސަލައިގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުވާ 2 މީހުން ބޭސްފަރުވާއަށް ދޫކޮށްލި މައްސަލަ

130 ކިލޯ ޑްރަގް މައްސަލައިގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުވާ 2 މީހުން ބޭސްފަރުވާއަށް ދޫކޮށްލި މައްސަލަ

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ ދެ މީހުން ބޭސްފަރުވާއަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

130 ކިލޯ ޑްރަގް މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުކޮށް، އެކަމާއި ގުޅޭ ދައުވާ އުފުލާފައިވަނީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމްއާއި، ހއ. ހޯރަފުށި، ވައިލެޓްވިލާ އަހުމަދު މޫސާގެ މައްޗަށެވެ.

އެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ބޭސްފަރުވާއަށް 2 މަހަށް ދޫކޮށްލުމަށް ނިންމެވީ 6 އޭޕްރީލް 2022 ގައި ކުރިއަށްދިޔައަޑުއެހުމުގައެވެ.

އެ ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމުން 17 އޭޕްރީލްގައި ކުރިއަށްދިޔައަޑުއެހުމުގައިދައުލަތުން ވަނީ އެ ދެމީހުން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރާ ސަބަބުތައް ބަޔާންކޮށްފައެވެ. އެގޮތުން ޝަހީބު އިބްރާހިމްގެ ފަރާތުންވެސް އަދި އަހުމަދު މޫސާގެ ފަރާތުންވެސް އަވަސް ފަރުވާދޭން ޖެހޭ ސީރިއަސް ބައްޔެއް ހުރިކަން ފާހަގަކޮށްފައި ނުވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

މީގެއިތުރުން، ބޭސްފަރުވާއާއި ގުޅޭގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށާއި، މިހާރު ޙާލު ރަނގަޅު ކަމަށް އަހުމަދު މޫސާގެ ފަރާތުން ބުނެފައިވާއިރު، ޝަހީބު އިބްރާހިމްގެ ފަރާތުން ސިއްޙީ ޙާލަތާއި ގުޅޭގޮތުން ފާހަގަކުރި ކަންބޮޑުވުންތަކާއި ގުޅިގެން ޖަލުގެ ޑޮކްޓަރުންނަށް ދައްކައި، ބޭސްފަރުވާ ފޯރުކޮށްދެވިފައިވާކަމަށް ވަކީލާ ވިދާޅުވިއެވެ.

މީގެއިތުރުން، އެމީހުންގެ މައްސަލައިގައި ހިމެނޭ ހެކިންނަކީ އެމީހުންނާ އެކުގައި އުޅޭ މީހުންކަމަށްވުމާއެކު، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތުވެސް ބޮޑުކަމަށް ދައުލަތުން ބުނެއެވެ. އެ ދެމީހުން ބަންދުން ދޫކޮށްލަން ޖެހޭފަދަ ޙާލަތެއް ވުޖޫދުވެފައި ނުވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެ ނުކުތާތަކަށް ޝަހީބުގެ ފަރާތުން ވަނީ ރައްދުވެސް ދީފައެވެ. އެގޮތުން ޝަހީބުގެ ފަރާތުން ހުށައަޅާފައިވާ ޝަކުވާތަކަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ފޯރުކޮށްދެވިފައިނުވާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ. ވަކީލު ވިދާޅުވި ގޮތުގައި ދައުލަތުން އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށް ނުދޭކަން ލިޔެކިޔުންތަކުން އެނގެއެވެ.

އޭނާއަކީ ޑިޕްރެޝަނާއި އެންޒައިޓީ ތަހައްމަލު ކުރަމުންދާ ފަރާތެއްކަމަށްވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ. އޭނާ މީގެ ކުރިން ދަންޖެހުމަށްވެސް މަސައްކަތް ކޮށްފައިވާކަމަށް ޝަހީބުގެ ވަކީލު މަހުފޫޒު ސައީދު ފާހަގަކުރެއްވިއެވެ.

އެއަށްފަހު އަހުމަދު މޫސާގެ ފަރާތުން އިސްތިއުނާފަށް ޖަވާބުދީފައިވާއިރު، އޭނާގެ ފަރާތުންވެސް ވަނީ އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާ ފޯރުކޮށްދެވިފައި ނުވާކަމަށް ބަޔާންކޮށްފައެވެ.

އެއަށްފަހު ޚުލާސާ ގޮތެއްގައި ދައުލަތާއި، ދައުވާ ލިބޭ ފަރާތްތަކުންވެސް ވަނީ ވާހަކަދައްކާފައެވެ.

މި މައްސަލައިގެ ބެންޗުގައި މިހާރު ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހާތިފް ހިލްމީ، ފަނޑިޔާރު ހަސަން ޝަފީއު އަދި އަދި ފަނޑިޔާރު ހުސައިން ޝަހީދުއެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އޭނާގެ ރައުޔު އިއްވަވާފައެވެ. ފަނޑިޔާރު ވިދާޅުވާ ގޮތުގައި ސިއްޙީ ޙާލަތަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލެވިދާނެކަން ހައިކޯޓުގެ ގަޒިއްޔާއެއްގައި ބަޔާން ކޮށްފައިވީނަމަވެސް، އެހެން ބަންދުން ދޫކޮށްލުމުގައި ބަލަންޖެހޭ ޝަރުތުތަކެއް އެބަ ހުއްޓެވެ. އެގޮތުން ބަލާއިރު، އަވަސް ފަރުވާދޭން ޖެހޭ ސީރިއަސް ބައްޔެއް ހުރިކަމާއި، ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ފަރުވާ ނުދެވޭކަންވެސް އެނގެން ނެތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑު މިނާއި، ކުށް ކޮށްފައިވާ ޙާލަތުގެ އިތުރުން، ހެއްކަށް ނުފޫޒު ފޯރުވަފާނެތޯވެސް ބަލަން ޖެހެއެވެ.

މީގެ އިތުރުން، ސިއްޙީ ފަރުވާ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވިފައިނުވޭތޯ ބަލާއިރު، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތެއް ނުވަތަ އެނޫންވެސް ފަރާތެއްގެ ސިއްޙީ ޙާލަތަށް ބަލައި ބަންދުން ދޫކޮށްލަންޖެހޭ އުސޫލެއް ނެތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ބަންދު މުރާޖައާ މަޖިލީހަކީ ކަރެކްޝަންސްގެ މަދަނީ ޒިންމާ އަދާކުރާ މިންވަރު ބަލައި، އެކަމަށް ފަނޑިޔާރު ގޮތް ނިންމަވަންޖެހޭ ފަދަ މަޖިލީހެއް ނޫންކަމަށާއި، އެފަދަ މައްސަލަތަކުގައި އެކި ގާޒީން އެކި ގޮތަށް ނިންމެވުމުގެ ސަބަބުން ތަފާތު ނުކުރުމުގެ ޙައްޤަށްވެސް އުނިކަން އަންނަކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ކަރެކްޝަންސްގެ ޒިންމާ އަދާ ނުކުރުމާއި ގުޅޭ މައްސަލަތައް މީގެ ކުރިންވެސް ސިވިލް ކޯޓަށް ހުށައެޅި ބަލާފައިވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ވުމާއެކު، ޝަހީބު އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި އޭނާ ޝަރުތުތަކާއެކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ވިދާޅުވެ، އެ ނިންމުން ސަސްޕެންޑް ކުރަން ޖެހޭކަމަށް ގާޒީ ނިންމެވިއެވެ. މި ރައުޔަށް ފަނޑިޔާރު ހަސަން ޝަފީއު ވަނީ ތާއީދު ކުރައްވާފައެވެ. ނަމަވެސް އެ ނިންމެވުމަށް ވާސިލުވުމަށް ފާހަގަ ކުރައްވާ ސަބަބު ތަފާތުކަމަށް އޭނާ ވިދާޅުވިއެވެ.

ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވި ގޮތުގައި ސިއްޙީ ޙާލަތެއްގެ ސަބަބުންވެސް ބަންދުގައި ހުރި ޙާލަތަށް ބަދަލެއް އައުމުގެ އިހްތިމާލު އެބަ އޮތެވެ. އެފަދަ ސިއްޙީ ޙާލަތެއް ކުރިމަތިވެފައިވާނަމަ ބަންދުގައި ހުރި ޙާލަތަށް ބަދަލު ގެނެވިދާނެކަމަށް ދެކިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައިގައި ވަގުތުން އެމީހުން ދޫކޮށްލަންޖެހޭ ފަދަ އިސްތިސްނާ ސަބަބެއް ފެންނަން ނެތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ހާތިފް ހިލްމީވެސް ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ރައުޔު ނެރުއްވާފައެވެ.

ކްރިމިނަލް ކޯޓްމަސްތުވާތަކެތިހައި ކޯޓު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު