Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ކަލަކުވޮޑިގެންވުން

މިއީ ކާބަފައިންނަށްވުރެ އީމާންތެރިކަމާއި ދީންވެރިކަން ބޮޑުވާންޖެހޭ ޒަމާނެއް

ކަލަކު ވޮޑިގެންވާކަން ޔަޤީންކުރަން ކޮންމެހެން ދިރާސާއެއް ހަދަން ނުޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 އެޕްރީލު 2022 | ހުކުރު 06:26
އިންސާނުންނަށް އަތްލެވޭ، ފެންނަ ހިފާގެންގުޅޭ ތަކެތީގެ ތެރެއިން ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް ދައްކަވާފައިވޭ

އިންސާނުންނަށް އަތްލެވޭ، ފެންނަ ހިފާގެންގުޅޭ ތަކެތީގެ ތެރެއިން ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް ދައްކަވާފައިވޭ

ކަލަކު ވޮޑިގެންވާކަމުގެ މައުޟޫޢުއަކީ ކާއިނާތުގައިވާ އެންމެ ބޮޑު ހަޤީޤަތެވެ. ދުނިޔެއާއި ދުނިޔޭގައި ވާހަކަތަކެއްޗަކާއި އިންސާނުންނަށް އެނގޭ އަދި ނޭނގޭކަންކަމަށް ފިކުރުކޮށް ބަލާލުމުން ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް ފެނެއެވެ.

މިއީ ސައިންސްގެ ޒަމާނެވެ. އައު ހޯދުންތައް ހޯދަމުންދާ، ޢިލްމީ ގޮތުން ކުރިއަރާފައިވާ ޒަމާނެކެވެ. މިފަދަ ޒަމާނެއްގައި އުޅޭއިރު އަޅުގަނޑުމެން ކާބަފައިންނަށްވުރެވެސް އީމާންތެރިކަމާއި ދީންވެރިކަން މާބޮޑުވާންޖެހޭނެއެވެ. ކަލަކު ވޮޑިގެންވާކަން ޔަޤީންކުރަން ކޮންމެހެން ދިރާސާއެއް ހަދަން ނުޖެހެއެވެ. އިންސާނުންނަށް އަތްލެވޭ، ފެންނަ ހިފާގެންގުޅޭ ތަކެތީގެ ތެރެއިން ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް މާތްﷲ ދައްކަވާފައިވެއެވެ.

މާތްﷲ ވަނީ، ވިސްނާ ފިކުރުކޮށް ކާއިނާތާއި ދުނިޔެއިން ފެންނަ ތަކެއްޗަށް ބަލާ ދިރާސާކުރުމަށް އަންގަވާފައެވެ. އޭގެ ބޭނުމަކީ އެކަލާނގެ ވޮޑިގެންވާކަން އިންސާނާ ޤަބޫލުކުރުމަށްޓަކައެވެ. ކަލަކު ވޮޑިގެންވާކަމުގެ ހެކިތަކުގެ ތެރެއިން ކައުނާއި، އުޑާއި، އުޑުގައިވާހާއެއްޗަކާއި، ބިމާއި ބިމުގައިވާހާ އެއްޗެއް އުފެދުނުގޮތަށް ބަލާލުމުން އެނގިގެންދެއެވެ. އެކަމުންވެސް ކަލަކުވޮޑިގެންވާކަން އެނގިގެންދާ އިރު، އެތަކެތި އުފެދިފައިވަނީ ހަމަ ހުރެފައި ނޫންކަން ހަމަބުއްދިއަށް ވިސްނާލާ ކޮންމެ އިންސާނަކަށް ވެސް އެނގިގެންދާނެއެވެ.

ދީން ޤަބޫލުނުކުރާ މީހުން އެގޮތަށް ޤަބޫލުކުރިކަމުގައި ވިޔަސް، ދުނިޔެއާއި ދުނިޔޭގައިވާ ތަކެތި އުފެދިގެން އައިގޮތާ ބެހޭ ގޮތުން އިންސާނުން އުފައްދާފައިވާ ތިއަރީތަކާއި ދިރާސާތަކަށް ބަލާލި ނަމަވެސް، ކަލަކުވޮޑިގެންވާކަމުގެ ހެކިތައް އެއިން ކޮންމެ ކަމަކުން ދޭހަވެއެވެ.

އިންސާނުންގެ އަޤީދާއާއި ފުށުއަރާ އެތައް އެއްޗެއް، އިންސާނާ ދިރިއުޅެމުންދާ މާޙައުލުން ފެނެއެވެ. ބާޠިލް އަޤީދާތަކާއި ދީންތައް ބުއްދިއާއި ފުށުއަރައެވެ. ކަލަކު ވޮޑިގެންވާކަމަށް ޤަބޫލުނުކުރާ މީހުންގެ މައިގަނޑު ދަލީލަކީ ކަލަކުވޮޑިގެންވާކަމަށް ސައިންޓިފިކް ހެކި ނެތުންކަމަށް އެމީހުން ބުނެއެވެ. ސައިންސަކީ އިންސާނާގެ ހިއްސުތަކަށްކުރެވޭ ތަޖުރިބާތަކުގެ މައްޗަށް ބިނާވެފައިވާ އިންސާނީ ހޯދުންތަކެކެވެ. މާތްﷲ ކީރިތި ޤުރުއާނުގައި، ކަންކަން ބަލާ ހޯދާ އިންސާނާ ޚަލްޤުކުރެއްވި ގޮތާއިމެދު ވިސްނާ ބެލުމަށް އަންގަވާފައިވެއެވެ.

ސައިންޓިފިކް ނަޒަރިއްޔާތަކަކީ ބަދަލުވަމުންދާ އެއްޗެކެވެ. އީމާންވަނީ ސައިންސުން ސާބިތުވާތީ ނޫނެވެ. އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ ސައިންސުން އޭގެ ހަޤީޤަތާހަމައަށް ވާސިލްވެވިފައިވާކަމެއް ނޫނެވެ. އިންސާނުން ހަދާ ތިޔަރީތަކަކީވެސް ފުށުއެރުންތައް ހުންނަ ތިއަރީތަކެކެވެ. ބިގްބޭންގ ތިއަރީގައިވެސް ސައިންސްވެރިންނަށް ޖަވާބު ނުލިބޭ އެތައްކަމެއް އެކުލެވިގެންވާކަމެކެވެ.

އެހެންކަމުން މުޅި ކާއިނާތައް ބެލުމުންވެސް ކާއިނާތުގައިވާ ހަމަ ކޮންމެ އެއްޗެއްވެސް އުފެއްދި ފަރާތެއްވާކަމާއި، ދުނިޔެ އުފައްދަވާފައިވާ ފުރިހަމަކަމާއި ބަދަހިކަމުން ދޭހަކޮށްދެނީ މިތަން އުފެއްދެވި ފަރާތުގެ މަތިވެރިކަމާއި ކުޅަދުންވަންތަކަމެވެ. އަދި ކޮންމެ މަޚްލޫޤެއްގެ ކިބައިގައިވެސް ޚާލިޤަކަށް ބޭނުން ޖެހުމުގެ އިޙްސާސްވަނީ ލައްވާފައެވެ.

އިސްލާމް ދީންރަމަޟާން 1443ރަމަޟާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މި ދައުރުގައި ކުރެވޭ މަސައްކަތުން ކުރިއަށް އޮތް ގަރުނަށް އިސްލާމީ އަގީދާ ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ: މިނިސްޓަރު ޝަހީމް

މި ދައުރުގައި ކުރެވޭ މަސައްކަތުން ކުރިއަށް އޮތް ގަރުނަށް އިސްލާމީ އަގީދާ ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ: މިނިސްޓަރު ޝަހީމް

05 އޮކްޓޯބަރު 2024
އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަނީ

އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަނީ

22 ޖޫން 2024
އަމީންގެ ރޯދަވީއްލުން ބިމުގެ 800 މީޓަރު އަޑީގައި!

އަމީންގެ ރޯދަވީއްލުން ބިމުގެ 800 މީޓަރު އަޑީގައި!

23 މާރިޗު 2024
"ގިނަ ފަހަރަށް ކަދުރު ވިއްކަނީ ނު އަގުގަ"

"ގިނަ ފަހަރަށް ކަދުރު ވިއްކަނީ ނު އަގުގަ"

14 މާރިޗު 2024
ގެއަކީ ނިއުމަތެއް، ގެއާ ގުޅޭ ރީތި އާދަތައް ދަސްކުރަން ޖެހޭ: ޝެއިޚު އަލީ ޒާހިރު

ގެއަކީ ނިއުމަތެއް، ގެއާ ގުޅޭ ރީތި އާދަތައް ދަސްކުރަން ޖެހޭ: ޝެއިޚު އަލީ ޒާހިރު

05 އެޕްރީލު 2023

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު