Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއަރ

މެގުއަރގެ ގެއަށް ބޮމުގެ ހަމަލާއެއް ދޭނެކަމުގެ އިންޒާރު!

މި އިންޒާރާއެކު މެގުއަރ ވަނީ ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 21 އެޕްރީލު 2022 | ބުރާސްފަތި 16:39
ހެރީ މެގުއަރ

ހެރީ މެގުއަރ

މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަންކަން ކުރަމުން އަންނަ އިނގިރޭސިވިލާތުގެ ހެރީ މެގުއަރގެ ގެއަށް ބޮމުގެ ހަމަލާއެއް ދޭނެކަމުގެ އިންޒާރު ދީފިއެވެ.

މި އިންޒާރު އޭނާއަށް ލިބިފައިވަނީ އީމެއިލްގެ ޒަރީއާއިން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި އިންޒާރާއެކު މެގުއަރ ވަނީ ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައެވެ. މިއާއެކު އޭނާ ދިރިއުޅެމުން އަންނަ މެންޗެސްޓަރ ސަރަހައްދުގެ ޗެޝަޔާ ޕޮލިހުން އަންނަނީ މައްސަލަ ބަލަމުންނެވެ. އަދި ގޮވާ ޒާތުގެ އެއްވެސް އެއްޗެއް އޭނާގެ ގޭގައި ހުރިތޯ ބެލުމަށް ފުލުހުންގެ އެކްސްޕްލޯސިވް ޑޯގްސް ގެނެސްގެން މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ.

މެގުއަރއަށް ބޮމުގެ އިންޒާރު ލިބިފައިވަނީ, ޕްރިމިއަރ ލީގުގައި އެވަޓަންއާ ވާދަކުރި މެޗުގައި 4-0ން ޔުނައިޓެޑް ބަލިވިފަހުންނެވެ. މި ސީޒަންގައި މެގުއަރއަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު، ޔުނައިޓެޑްގެ ސަޕޯޓަރުންވެސް އަންނަނީ އޭނާއަށް ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ. މިދިޔަ މަހު އިނގިރޭސިވިލާތާއި އައިވަރީ ކޯސްޓް ބައްދަލުކުރި މެޗުގައި 3-0ން އިނގިރޭސިވިލާތް ބަލިވުމުން ގައުމުގެ ސަޕޯޓަރުންވެސް އުމުރުން 29 އަހަރުގެ މެގުއަރއަށް ފާޑުކިއެވެ.

ބޮމުގެ ހަމަލާއެއްގެ ބިރު މެގުއަރއަށް އޮތްއިރު، ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ޔުނައިޓެޑް ނިކުންނާނީ އާސެނަލްއާއި ދެކޮޅަށެވެ. ޔުނައިޓެޑުން ބުނީ ހަފުތާ ބަންދުގައި އޮންނަ މި މެޗަށް މެގުއަރ ތައްޔާރުވާނެ ކަމަށެވެ. ނަމަވެސް މިކަމާގުޅިގެން ޔުނައިޓެޑުގެ ފަރާތުން އިތުރު ބަހެއް މިހާތަނަށް ނުބުނެއެވެ.

މެންޗެސްޓަރ ޔުނައިޓެޑް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
09 އޮކްޓޯބަރު 2025

އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް

09 އޮކްޓޯބަރު 2025
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
28 ސެޕްޓެމްބަރު 2025

ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް

28 ސެޕްޓެމްބަރު 2025
ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް
15 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި

15 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި
31 އޯގަސްޓު 2025

ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް

31 އޯގަސްޓު 2025
ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް
08 އޯގަސްޓު 2025

މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ

08 އޯގަސްޓު 2025
މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު