Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީ-ލަރނިންގ ގައިޑްލައިން

އީ-ލަރނިންގ ގައިޑްލައިނާ ބެހޭގޮތުން މަޝްވަރާކޮށްފި

މަތީ ތައުލީމު ފޯރުކޮށްދޭ 20 މަރުކަޒަކުން މި ސެމިނާރގައި ބައިވެރިވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 އެޕްރީލު 2022 | ބުރާސްފަތި 16:14
އީ-ލަރނިންގ ގައިޑްލައިނާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގެތެރެއިން

އީ-ލަރނިންގ ގައިޑްލައިނާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގެތެރެއިން

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ތައްޔާރުކޮށްފައިވާ އީ-ލަރނިންގ ގައިޑްލައިނަށް ގެނެސްފައިވާ އިސްލާހުތަކާއެކު, ދިވެހިރާއްޖޭގެ މަތީތަައުލީމުދޭ ޔުނިވަރސިޓީ، ކޮލެޖް އަދި އިންސްޓިޓިއުޓްތަކާ އެ ގައިޑްލައިން ހިއްސާކުރުމަށް އެމް.ކިއު.އޭއިން ސެމިނާރއެއް ބާއްވައިފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ސެމިނާރ ރޫމްގައި ކުރިއަށްދިޔަ މި ސެމިނާރގައި, މަތީ ތައުލީމު ފޯރުކޮށްދޭ 20 މަރުކަޒަކުން ބައިވެރިވެފައިވެއެވެ. 

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ ޔުނިވަރސިޓީ، ކޮލެޖް އަދި އިންސްޓިޓިއުޓްތަކަށް އެމް.ކިއު.އޭއިން ވަނީ, އެ މަރުކަޒުތަކުން ހިންގަމުން އަންނަ ޕްރޮގްރާމްތައް (ކޮވިޑް-19އާ ގުޅިގެން އައިސްފައިވާ ސިއްހީ ނުރައްކަލުގެ ހާލަތު އުވާލައި އާންމު ހާލަތަށް ބަދަލުވުމާ ހަމައަށް) އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގެ ތެރެއިން ހިންގުމުގެ ޚާއްސަ ހުއްދައެއް ދީފައެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި, އީ-ލަރނިންގ ގައިޑްލައިންގެ ބޭނުމަކީ ފެންވަރު ކަށަވަރުކުރުމާއެކު އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގެ ތެރެއިން ޕްރޮގްރާމްތައް ގެންދާނޭ ގޮތްތަކާއި އީ-ލަރނިންގއަށް ކިޔަވައިދިނުމަށް އެދި މަރުކަޒުތަކުން އެދޭއިރު ކޮންމެހެން ހުންނަން ޖެހޭ ކަންކަން ބަޔާންކޮށްފައިވާ މުހިންމު ގައިޑްލައިނެކެވެ.

މި ސެމިނާރގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. އަބްދުލް ހަންނާނު ވަހީދު ވަނީ, ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކަށް މި ގައިޑްލައިން ހުށަހަޅުއްވައި ދެއްވައި، މި ގައިޑްލައިނާ ގުޅިގެން ބައިވެރިން ކޮށްފައިވާ މުހިންމު ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އަދި މީގެ އިތުރުން މީގެ ކުރިން ވެސް ވަނީ މި ގައިޑްލައިނަށް މަޝްވަރާ ކުރެވިފައި ކަމަށާއި, ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުވެސް މި ގައިޑްލައިން ހެދުމުގައި ވަރަށް ފުރިހަމައަށް ލިބިފައިވާކަން ޑރ. އަބްދުލް ހަންނާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

މިއަދު ބޭއްވުނު ސެމިނާރގައި އެމް.ކިއު.އޭއިން ތައްޔާރުކޮށްފައިވާ އީ-ލަރނިންގ ގައިޑްލައިނަށް މަޝްވަރާ ކުރެވުނުނަމަވެސް، މި ގައިޑްލައިނަށް އަމަލުކުރަން ފަށާނީ އެމް.ކިއު.އޭގެ އެޑްވައިޒަރީ ބޯޑުން އީ-ލަރނިންގ ގައިޑްލައިން ފާސްކޮށް, ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުން ކަމަށް އެމް.ކިއު.އޭއިން މައުލޫމާތު ދީފައިވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
25 އެޕްރީލު 2024

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

25 އެޕްރީލު 2024
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
17 މާރިޗު 2024

ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 މާރިޗު 2024
ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2024

ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2024
ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި
03 ޖެނުއަރީ 2024

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި
22 ޑިސެމްބަރު 2023

ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

22 ޑިސެމްބަރު 2023
ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު