Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ އިގުތިސާދީ ކާރިސާ

ލަންކާގެ ހާލަތާމެދު ކަންބޮޑުވާކަމަށް ވޯރލްޑް ބޭންކުން ބުނެފި

21 އެޕްރީލު 2022 | ބުރާސްފަތި 15:11

ލަންކާގެ އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުމާމެދު ކަންބޮޑުވާކަމަށް ވޯރލްޑް ބޭންކުން ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 21 އެޕްރީލު 2022 | ބުރާސްފަތި 15:11
ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ، އާންމު ރައްޔިތުންނަށް ވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައި

ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ، އާންމު ރައްޔިތުންނަށް ވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައި

ސްރީ ލަންކާގެ ހާލަތާމެދު ކަންބޮޑުވާކަމަށް ވޯރލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން ވަނީ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ. ޚާއްސަކޮށް މިކަމުގެ ސަބަބުން އެގައުމުގެ އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުމާމެދު ކަންބޮޑުވާކަމަށް ވަނީ ބުނެފައެވެ.

ވޯރލްޑް ބޭންކްގެ ދެކުނު އޭޝިއާގެ ނައިބު ރައީސް ހަރޓްވިގް ޝެފަރ ވަނީ ޓްވިޓަރ މެދުވެރިކުރައްވައި, އެބޭންކުން ލަންކާގެ މަސްރަހާ ގުޅޭގޮތުން ހޯދާފައިވާ ހޯދުންތައް ހިއްސާކުރައްވާފައެވެ.

ޝެފަރ ވަނީ ލަންކާގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވޯލްޑް ބޭންކުން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް ވިދާޅުވެ، އެގައުމަށް އެހީތެރިކަން ފޯރުކޮށްދޭން އެބޭންކުން ތައްޔާރުކަމަށް ވިދާޅުވެފައެވެ. އެގޮތުން ލަންކާއަށް ބޭނުންވާ ޒަރޫރީ ބޭހާއި ބޭސްފަރުވާ ދިނުމަށް ބޭނުންވާ ސާމާނުގެ އިތުރުން, ކާބޯތަކެއްޗާ ތައުލީމާ ގުޅުންހުރި ކަންތައްތަކަށް ބޭނުންވާ އިމަރޖެންސީ އެހީ ފޯރުކޮށްދޭން ވޯރލްޑް ބޭންކުން އޮތީ ތައްޔާރަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ލަންކާގެ ފިނޭންސް މިނިސްޓަރު އަދި ސެންޓްރަލް ބޭންކްގެ ގަވަރުނަރު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި އެބޭފުޅުންނާ ބައްދަލުކުރައްވާފައިވާކަމަށް ޝެފަރ ހާމަކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި, މިއީ ކާމިޔާބު ބައްދަލުވުމެއް ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. އެގޮތުން ލަންކާގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ މަޝްވަރާތަކާއި, މިހާރު ގައުމު އޮތް ހާލަތުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އެހީވެވޭނެ ގޮތްތަކާ ގުޅޭ މަޝްވަރާތައް ކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަންކާގެ ފިނޭންސް މިނިސްޓަރު އަދި ސެންޓްރަލް ބޭންކްގެ ގަވަރުނަރު ހިމެނޭހެން އެގައުމުގެ މަންދޫބުންގެ ޓީމެއް ވަނީ ހޯމަ ދުވަހު އެމެރިކާއަށް ވަޑައިގަންނަވާފައެވެ. މިއީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އާއެކު މަޝްވަރާ ފެށުމަށް ކުރެއްވި ދަތުރެކެވެ.

ސްރީލަންކާވޯލްޑް ބޭންކް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް