Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕައުލް ޕޮގްބާގެ ކުރިމަގު

ޕޮގްބާ ހޯދުމުގެ ރޭހުގައި ރެއާލްއާއި ޔުވެންޓަސް

މިއަންނަ ސީޒަންގައި ފްރީ ޓްރާންސްފަރއެއްގައި ޕޮގްބާ ބޭނުން ކްލަބަކަށް ދިއުމުގެ ފުރުސަތު އޮންނާނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 21 އެޕްރީލު 2022 | ބުރާސްފަތި 14:54
ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ

ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރ ޕައުލް ޕޮގްބާ ހޯދުމަށް ރެއާލް މެޑްރިޑްއާއި ޔުވެންޓަސްއިން އޭނާގެ ރެޕްރެޒެންޓޭޓިވުންނާ މަޝްވަރާ ކޮށްފިއެވެ.

ޔުވެންޓަސްއަށް ކުޅުމަށްފަހު ޕޮގްބާ އެނބުރި ޔުނައިޓެޑާ ގުޅުނީ 2016 ވަނަ އަހަރުއެވެ. ޕޮގްބާ ވަނީ އޭގެ ފަހުން ޔުނައިޓެޑާއެކު, ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކަރަބާއޯ ކަޕް އަދި ޔޫރަޕާ ލީގު ކާމިޔާބު ކޮށްފައެވެ. ނަމަވެސް އޭގެ ފަހުން ޔުނައިޓެޑާއެކު ޕޮގްބާއަށް ކާމިޔާބެއް ނުލިބެއެވެ. ޔުނައިޓެޑުގައި އޭނާގެ ކުޅުންވެސް ފެނުނީ ގިނަ ބަޔަކު އުންމީދުކުރި ގޮތަކަށް ނޫނެވެ.

ޔުނައިޓެޑުގައި އުންމީދުކުރިވަރުގެ ކުޅުމެއް ނުފެނުނުނަމަވެސް ފްރާންސް ޓީމުގައި ޕޮގްބާ ވަނީ އޭގެ ފަހުންވެސް ވޯލްޑް ކަޕާއި ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑަށް ޕޮގްބާ ބަދަލުވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އޭނާ ހޯދުމުގެ މަސައްކަތް ރެއާލްއިން ފެށިއެވެ. ނަމަވެސް އޭރު އެޓީމަށް އެކަން ނުވީ ޕޮގްބާ ހޯދުމަށްޓަކަައި ބޮޑު ޚަރަދެއް ކުރަންޖެހޭތީއެވެ. ނަމަވެސް މި ސީޒަންގެ ނިޔަލަށް ޔުނައިޓެޑާއެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނެއެވެ. އޭރުން ފްރީ ޓްރާންސްފަރއެއްގައި އޭނާ ބޭނުން ކްލަބަކަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ.

ޕޮގްބާ ހޯދުމަށް ޓީމުތަކުން ކުރާ މަސައްކަތުގައި ފޭވަރިޓުންގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ ރެއާލްއާއި ޔުވެންޓަސްއެވެ. ޕޮގްބާ ޔުނައިޓެޑް ދޫކޮށްލާނެކަމަށް މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އަޑުތައް ފެތުރުނެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭނާ ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކުރާނެކަމެއް ނުވަތަ ނޫންކަމެއް ހާމައެއްނުކުރެއެވެ.

ޕައުލް ޕޮގްބާމެންޗެސްޓަރ ޔުނައިޓެޑްރެއާލް މެޑްރިޑްޔުވެންޓަސް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު