Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑް

ޔުނައިޓެޑްގެ ކޯޗަކަށް ޓެން ހާގް ހަމަޖައްސައިފި

ޔުނައިޓެޑްގެ ކޯޗަކަށް ޓެން ހާގް ހަމަޖައްސާފައި މިވަނީ ތިން އަހަރުގެ މުއްދަތަކަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 21 އެޕްރީލު 2022 | ބުރާސްފަތި 11:38
ޔުނައިޓެޑާއި އަލަށް ހަވާލުވި އެރިކް ޓެން ހާގް

ޔުނައިޓެޑާއި އަލަށް ހަވާލުވި އެރިކް ޓެން ހާގް

އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަކަށް އަޔެކްސްއަށް ކޯޗުކަން ކޮށްދެމުން އައި އެރިކް ޓެން ހާގް ހަމަޖައްސައިފިއެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން އޮލެ ގުނަ ސޯލްޝެއާއި ވަކިކުރިތާ ފަސްމަސް ފަހުން ޔުނައިޓެޑްގެ ކޯޗުކަމަށް އުމުރުން 52 އަހަރުގެ ޓެން ހާގް ހަމަޖައްސާފައި މިވަނީ ތިން އަހަރުގެ މުއްދަތަކަށެވެ. އަދި ދެފަރާތުން އެއްބަސްވާނަމަ މި އެއްބަސްވުން އިތުރު އެއް އަހަރަށް ދިގުދައްމާލެވިދާނެއެވެ.

ޓެން ހާގް ޔުނައިޓެޑަށް ރަސްމީކޮށް ކޯޗުކޮށްދެން ފަށާނީ މިއަންނަ ސީޒަނުން ފެށިގެންނެވެ. ނަމަވެސް ކުރިއަށް އޮތް ސަމަރ ޓްރާންސްފަރ މާކެޓުގައި ކުޅުންތެރިން ހޯދުމާއި ވިއްކުމުގެ ކަންތަކުގައި ޓެން ހާގްގެ ބަސް ހިނގާނެއެވެ.

އަޔެކްސްގައި ކާމިޔާބު ކޯޗިން ކެރިއަރެއް އޮތް ޓެން ހާގް ވަނީ 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އެޓީމު ގެންގޮސްދީފައެވެ. ސެމީގައި އަޔެކްސް ބަލިވީ ޓޮޓެންހަމްއާއި ވާދަކޮށްގެންނެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޔުނައިޓެޑްގެ ކޯޗުކަމުން އޮލެ ގުނަ ސޯލްޝެއާއި ވަކިކުރުމަށްފަހު މިހާރު އެމަގާމުގައި ހުރީ ރަލްފް ރަންގްނިކްއެވެ. އޭނާ ޔުނައިޓެޑުގެ ކޯޗު ކަމާއި ހަވާލުވީ ހަ މަސްދުވަހުގެ މުއްދަތަކަށެވެ. ޔުނައިޓެޑުން ވަނީ ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ސެވިއްޔާގެ ކޯޗު ހުލެން ލޮޕެޓެގީ އަދި ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރި ލުއިސް އެންރީކޭގެ އިތުރުން ޓެން ހާގް އާއި މަޝްވަރާކޮށްފައެވެ. މި ކޯޗުންގެ ތެރެއިން ޔުނައިޓެޑް އެންމެ ގަޔާވާ ކޯޗަކަށް ފެނުނީ ޓެން ހާގްއެވެ.

ކުރިއަށް އޮތް ސީޒަންގައި ޓެން ހާގް ޔުނައިޓެޑާއި ހަވާލުވާއިރު، އޭނާއަށް އޮތީ ވަރުގަދަ ޗެލެންޖެކެވެ. ޔުނައިޓެޑުން އަންނަނީ ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ޔަގީންކޮށް، މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިވަގުތު ޓީމު އޮތީ 54 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަވަނައިގައެވެ.

މެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު