Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިރާޤުގެ މަޝްހޫރު ރާގުތައް

އިރާޤުގެ މަޝްހޫރު ރާގުތައް އިންޓަރނޭޝަނަލް މިއުޒިކް ފެސްޓިވަލްގައި

މި ފެސްޓިވަލްގެ މަޤްސަދަކީ ކުރިއަރަމުން އަންނަ މިއުޒިޝަނުންނަށް ހިތްވަރު ދިނުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 އެޕްރީލު 2022 | ބުރާސްފަތި 10:20
އިރާޤުގެ މަޝްހޫރު ރާގުތައް އިންޓަރނޭޝަނަލް މިއުޒިކް ފެސްޓިވަލްގައި ވަނީ އިއްވާލާފައި

އިރާޤުގެ މަޝްހޫރު ރާގުތައް އިންޓަރނޭޝަނަލް މިއުޒިކް ފެސްޓިވަލްގައި ވަނީ އިއްވާލާފައި

އިރާޤުގެ ސަޤާފީ މިއުޒިކް ދިރުވުމުގެ ޙަރަކާތްތައް "މޮސުލް އިންޓަރނޭޝަނަލް މިއުޒިކް ފެސްޓިވަލް" ގަައި މިވަނީ ފަށާފައެވެ. އިރުމަތީ އިރާޤުގެ މޮސުލްގައި ކުރިއަށްދާ މި ޙަރަކާތް ބަލާލުމަށް ގިނަ ބަޔަކު އެއްވެފައިވެއެވެ.

މިއީ ޔުނެސްކޯއާއި، ޔޫރަޕިއަން ޔޫނިއަންގެ އެހީއާއެކު، "އެކްޝަން ފޯރ ހޯޕް" ޖަމިއްޔާއިން އިންތިޒާމުކުރާ ޙަރަކާތެކެވެ. މި ފެސްޓިވަލްގެ މަޤްސަދަކީ ކުރިއަރަމުން އަންނަ މިއުޒިޝަނުންނަށް ހިތްވަރު ދިނުމާއި، މިއުޒިކް ބޭންޑުތަކުގެ ގުޅުން ބަދަހި ކުރުން ކަމަށް އެ ޖަމިއްޔާގެ ޑިރެކްޓަރ ބަސްމާ އަލް ހުސައިނީ ރޮއިޓަރސްއާ ވާހަކަދައްކަވަމުން ވިދާޅުވެފައިވެއެވެ.

ފާއިތުވެ ދިޔަ ދުވަސްތަކުގައި ގިނަ މިއުޒިޝަނުން ވަނީ މޮސުލްގައި ޓްރެއިނިންގ ހޯދައިި، އައު ގްރޫޕުތައްވެސް އުފައްދާފައެވެ. އެގޮތުން މި ފަހުންވެސް 4 މިއުޒިކް ގްރޫޕެއް ވަނީ އުފައްދާފައެވެ. އެ ގްރޫޕުތަކުން ވަނީ މި ފެސްޓިވަލްގައި ހުށައެޅުންތައް ހުށައަޅައިދީފައެވެ.

މި ފެސްޓިވަލްގައި އެކި ޤައުމުތަކުގެ ހުށައެޅުންތައް ހުށައަޅަމުންދާއިރު، އެންމެ ފާހަގަކޮށްލެވޭ ކަމަކީ ކޮންމެ ގްރޫޕަކުންވެސް އެ ޤައުމެއްގެ ތާރީޚާއި ސަޤާފަތް ދިރުވޭނެފަދަ ހުށައެޅުންތައް ހިމަނަމުންދާކަން ކަމަށް ބަސްމާ ވިދާޅުވިއެވެ. އެގޮތުން އިރާޤުންވެސް ވަނީ "ސީރިއަކް"، "ޓާރްކްމަން"، ފަދަ ސަޤާފީ ރާގުތައް ހުށައަޅައިދީފައެވެ. މިއީ އެ ޤައުމުގެ ކައިވެނި ޙަފްލާތަކާއި ބޮޑެތި ޙަފްލާތަކުގައި މަޝްހޫރު ރާގުތަކެވެ.

އޭނާ ބުނި ގޮތުގައި ފެސްޓިވަލްގެ ބައިވެރިންނަށް ރަނގަޅު ތަމްރީނު ދީ، މި މަސައްކަތަށް މަގުފަހިކޮށްދިނުމަކީ އެ ޖަމިއްޔާގެ މަޤްސަދެކެވެ.

މި ޙަރަކާތުގެ ބައިވެރިން ބުނެފައިވަނީ، މިއީ ކޮންމެ އަހަރަކުވެސް ބާއްވަން ރަނގަޅު ޙަރަކާތެއް ކަމަށެވެ. އެގޮތުން އެތައް އަހަރެއް ވަންދެން ހަނގުރާމައާއި، އަޅުވެތިކަން ތަހައްމަލު ކުރަމުން އައި އިރާޤު ރައްޔިތުންނަށްވެސް މިއީ ހިތްހަމަޖެހިލައި، ސަޤާފަތް ދިރުވަން ލިބޭ ވަގުތުކޮޅެއްކަމަށް ޙަރަކާތުގެ ބައިވެރިން ބުނެއެވެ.

އިރާގު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އދ ގެ ރެފިއުޖީންގެ ހައި ކޮމިޝަނަރަކަށް އިރާގުގެ ކުރީގެ ރައީސް ސާލިހް

14 ޑިސެމްބަރު 2025
އދ ގެ ރެފިއުޖީންގެ ހައި ކޮމިޝަނަރަކަށް އިރާގުގެ ކުރީގެ ރައީސް ސާލިހް
14 އޮކްޓޯބަރު 2024

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

14 އޮކްޓޯބަރު 2024
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް
27 އެޕްރީލު 2024

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!
02 އެޕްރީލު 2024

ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

02 އެޕްރީލު 2024
ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!
21 މާރިޗު 2024

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު