Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސަންދައިގެ ޚިދުމަތްތައް

ކޮވިޑުގެ ޙާލަތަށް ބަލައި އާސަންދައިން ދީފައިވާ ލުއިތައް އުވާލުމަށް ނިންމައިފި

ޢާއްމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން ލުއިތަކެއް ދިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 އެޕްރީލު 2022 | ބުރާސްފަތި 07:58
އާސަންދަ- ޢާއްމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން އާސަންދައިން ގިނަ ލުއިތަކެއް ދިން

އާސަންދަ- ޢާއްމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން އާސަންދައިން ގިނަ ލުއިތަކެއް ދިން

ކޮވިޑް-19 ގެ ޙާލަތަށް ބަލައި އާސަންދައިން ދީފައިވާ ލުއިތައް އުވާލުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އާސަންދައިން ބުނީ، ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާނު ކުރެވުނު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމާ ގުޅިގެން، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދުމުގައި ޢާއްމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން އެހާލަތުގައި ދެވިފައިވާ ލުއިތައް އުވާލެވިފައިވާ ކަމަށެވެ.

ވުމާއެކު، ކުރިން އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ފޯރުކޮށްދެވެމުން ގެންދެވުނު ގޮތަށް، ސްކީމްގެ ޚިދުމަތްތައް ބަދަލުކުރެވިފައިވާ ކަމަށް ކުންފުނިން ބުނެއެވެ.

އާސަންދައިން ވަނީ މިހާރު ގެނެވިފައިވާ ބައެއް ބަދަލުތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް ފޯރުކޮށްދެވޭނީ ހަމައެކަނި "ވިނަވި" ޕޯޓަލް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން އެކަނިކަމަށް ކުންފުނިން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، އޮންލައިން ކޮންސަލްޓޭޝަންގެ ތެރެއިން ބަލިމީހާއަށް އިތުރު އެއްވެސް ޚިދުމަތެއް ނަގަން ރިކުއެސްޓް ކުރާނަމަ، އެ ރިކުއެސްޓެއް އިންނަންވާނީ "ވިނަވި" ޕޯޓަލްގެ ތެރެއިން ފޮނުވިފައި ކަމަށް އާސަންދައިން ބުނެއެވެ. އެގޮތުން "ވިނަވި" ޕޯޓަލްއިން ރިކުއެސްޓު ކުރެވިފައި ނުވާ ސަރވިސްއަކަށް ޚިދުމަތެއް ނުދެވޭނެކަންވެސް ކުންފުނިން ފާހަގަ ކުރެއެވެ.

ދިގުމުއްދަތަކަށް ބޭސްކުރަންޖެހޭ ބަލިތަކަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށްވެސް ކުރިން ޚިދުމަތް ފޯރުކޮށްދެމުން ދިޔަ ގޮތަށް، ކޮންމެ ބޭސް ސިޓީއަކަށްވެސް ބޭސް ދޫކުރެވޭނީ އެއްފަހަރުކަމަށް ކުންފުނިން ބުނެއެވެ. އަދި އަލުން ބޭސް ނަަގަން ޖެހޭނަމަ، އައު ބޭސްސިޓީއެއް ހޯދަންޖެހޭނެކަން ވަނީ ބަޔާން ކޮށްފައެވެ.

އާސަންދަކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު