Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްދީނުގެމަގު

އެންމެ ފުރަތަމަ އިސްލާހު ކުރަންވީ ތިމާގެ އަމިއްލަ ނަފްސެވެ.

ތިމާ ބޭނުންހާ ގޮތަކަށް އުޅެމުން އެހެން މީހުން އިސްލާހުވޭތޯ އުޅުމަކީ، މީހުންގެ މަލާމާތާތް ތިމާއަށް ލިބޭނެ ކަމެއް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 21 އެޕްރީލު 2022 | ބުރާސްފަތި 05:26
މީހަކު ނަމާދުކޮށް ދުޢާކުރާ ތަން ދައްކައިދޭ ފޮޓޯއެއް

މީހަކު ނަމާދުކޮށް ދުޢާކުރާ ތަން ދައްކައިދޭ ފޮޓޯއެއް

މުސްލިމުންގެ އެކަކު އަނެކަކަށް ނަސޭހަތްތެރިވެ މަގުދައްކައިދީ ހެދުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. މިކަމަކީ އިސްލާމީ މުޖުތަމައުގެ ހެވާއިލާބަޔަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމުގައިވިޔަސް، ކޮންމެ މީހަކުވެސް އެހެން މީހުންގެ ކަންތައްތައް އިސްލާހު ކުރަން އުޅުމުގެ ކުރީގައި ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް ބަލައިލުން ހުއްޓެވެ. ޝައްކެއް ނެތެވެ. އެންމެ ފުރަތަމަ އިސްލާހު ކުރަންވީ ތިމާގެ އަމިއްލަ ނަފްސެވެ. ތިމާގެ އަމިއްލަ އަމަލުތަކެވެ. ތިމާގެ އުޅުމާއި ސުލޫކެވެ.

ތިމާ ބޭނުންހާ ގޮތަކަށް އުޅެމުން އެހެން މީހުން އިސްލާހުވޭތޯ އުޅުމަކީ، މީހުންގެ މަލާމާތާތް ތިމާއަށް ނުލިބި ނުދާނެ ކަމެކެވެ. އެފަދަ މީހުންދޭ ނަސޭޙަތާއި އިރުޝާދަށް އެހެން މީހުންދޭނީ ބީރު ކަންފަތްތަކެކެވެ.

މާތްﷲ ކީރިތި ޤްރުއާނުގައި ވަހީ ކުރައްވާފައިވެއެވެ. "أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ الْكِتَابَ ۚ أَفَلَا تَعْقِلُونَ" (ބަޤަރާ 44)

މާނައީ: "ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ حال ގައި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެމަތިން ހަނދާން ނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް أمر ކުރަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟"

މި އާޔަތުން ދޭހަވާ ގޮތުގައި ތިމާގެ އަމަލުތަކުގައި ހުންނަ ދޯދިޔާ ގޮތްތަކާއި ވިޔާނުދާ ގޮތްތައް ހަނދާން ނައްތާލައި އެހެން މީހުން ހެޔޮ އަމަލު ކުޅައުމަށާއި، ހެޔޮގޮތުގައި ދިރިއުޅުމަށް އަމުރުކުރާ މީހުންނީ މޮޔަބަޔެކެވެ. އެހެނީ، އެބައި މީހުން އެގޮތުގެ މަތިން އަމަލު ކުރަނީ ﷲގެ ފޮތުގައި އަންގަވާފައިވާ އެންގެވުންތައް ރަނގަޅަށް ދެނެ ތިބެގެން ކަމަށްވާއިރު، ތިމާ ބުނާ ބަހާއި ކުރާ އަމަލު އެއްގޮތް ނުކުރާ މީހުންނަށް ބާވާލައްވާފަައިވާ ވައުދުގެ ބަސްފުޅުތައް އެބައިމީހުން ހަނދާނެއް ނުހުރެވެ. މިއީ ބުއްދިވެރިންގެ އަމަލުތައް ހުންނަންވީގޮތެއް ނޫނެވެ.

ކަންތައް އޮތީ މިހެން ކަމަށްވުމާއެކު، ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ފާޑުކިޔުމުގެ ލޮލަކުން ބަލައިލަންވީ ތިމާގެ އަމިއްލަ ނަފްސަށެވެ. އެންމެ ފުރަތަމަ އިސްލާހު ކުރެވޭތޯ ބަލަންވީ ތިމާގެ ވިސްނުމާއި ސުލޫކުގައިވާ އުނި ސިފަތަކާއި އައިބު ތަކެވެ. މުޖުތަމައުގެ އެހެން މީހުން އިސްލާހު ކުރުމަށް ނަސޭހަތްތެރިވެ އިރުޝާދުދީ ހަދާއިރު، އެކަންވެސް ކުރަންވާނީ ކީރީތި ޤްރުއާނުގައި އަންގަވާފައިވާ ގޮތުގެ މަތިންނެވެ. ތިމާގެ އަމިއްލަ ނަފްސަށް ވެސް ނަސޭހަތްތެރިވެ، ތިމާގެ ނަފްސު އިސްލާހު ކުރުމަސް މަސައްކަތް ކުރުމާއެކުގައެވެ.

ނޯޓް: ދީނުގެމަގު މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުވަތްތެރިކަމުގެ ރޫޙު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފްތާއަކު އެއްފަހަރު އެވެ. މި ލިޔުމަކީ ދީނުގެމަގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ދީނުގެމަގު

އިތުރަށް ކިޔާލަން

23 އެޕްރީލު 2024

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

23 އެޕްރީލު 2024
އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
18 ޖުލައި 2023

ދޫ ރައްކާތެރި ކުރާށެވެ.

18 ޖުލައި 2023
ދޫ ރައްކާތެރި ކުރާށެވެ.
17 ސެޕްޓެމްބަރު 2022

ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން

17 ސެޕްޓެމްބަރު 2022
ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން
03 ސެޕްޓެމްބަރު 2022

ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން

03 ސެޕްޓެމްބަރު 2022
ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން
14 އޯގަސްޓު 2022

ހަމަހިމޭން ކަމާއި މަޑުމޮޅިކަމާއެކު ނަމާދުކުރުން

14 އޯގަސްޓު 2022
ހަމަހިމޭން ކަމާއި މަޑުމޮޅިކަމާއެކު ނަމާދުކުރުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު