Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ދީނުގެ މަގު

ދޫ ރައްކާތެރި ކުރާށެވެ.

އިވޭ ކޮންމެ ވާހަކައެއް ފެތުރުމުން، މީހާ ދޮގުވެރިއަކު ކަމުގައި ވުމަށް ފުދޭ

މަރްޔަމް ދާނިޝް ނަޝީދު
މަރްޔަމް ދާނިޝް ނަޝީދު, ރާއްޖެ އެމްވީ | 18 ޖުލައި 2023 | އަންގާރަ 10:41
މަންފާއެއް ނުކުރާ ކޮންމެ ވާހަކައެއް ހިމެނޭނީ ބޭކާރު ވާހަކަތަކުގެ ތެރެއިން

މަންފާއެއް ނުކުރާ ކޮންމެ ވާހަކައެއް ހިމެނޭނީ ބޭކާރު ވާހަކަތަކުގެ ތެރެއިން

ﷲ تعالى އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން އެންމެ އަގުހުރި އެއް ނިޢުމަތަކީ ދުލެވެ. ދޫ ރައްކާތެރި ކޮށްފިނަމަ ސުވަރުގެ ވަނުމަށް މަގުފަހިވެއެވެ. ދުލުން ފާފަ ކުރުން އެއީ ނަރަކައަށް އެއްލައިލެވޭ ސަބަބެއް ކަމުގައި ވެސް ވެދާނެއެވެ.

ފުރިހަމަ މުސްލިމަކަށް ވުމަށް ޓަކައި، ދުލުން ކުރެވޭ ފާފަތަކާ ދުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ފިތުނަވެރި ޒަމާނެއްގައި، އިވޭހައި ވާހަކައެއް ފަތުރައި އާންމު ކުރުމުގެ ކުރިން ކަމުގެ ޙަޤީޤަތް ބެލުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. މުޤައްދިމާ ޞަޙީޙް މުސްލިމްގައިވަނީ "އިވޭ ކޮންމެ ވާހަކައެއް ފެތުރުން، މީހާ ދޮގުވެރިއަކު ކަމުގައި ވުމަށް ފުދެއެވެ."

އެކަކު އަނެކަކާ ޚިޔާލު ބަދަލުކޮށް ވާހަކަ ދައްކަން މިއަދު އަޅުގަނޑުމެން ބޭނުންކުރާ އެއް ވަސީލަތަކީ މީސްމީޑިއާއެވެ. ކޮންމެ ދުވަހަކު ވެސް ގިނަ ވަގުތުތަކެއް ސޯޝަލް މީޑިއާގައި ހޭދަކޮށް، އެކިއެކި ކަންކަމާ ވާހަކަދައްކައި، ޕޯސްޓުތައް ޝެއާކޮށް، ކޮމެންޓުކުރާ އިރު، ﷲ سُبْحَانَهُۥ وَتَعَالَىٰގެ މި ބަސްފުޅާމެދު ވިސްނާށެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުންދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުންނަށް އެ ކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ، ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި ﷲގެ ޙަޟްރަތުގައި އެ ކަންތައް ބޮޑު ކަމެއް ކަމުގައިވާ ޙާލު، އެއީ ކުޑަ ކަމެއް ކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ."

ފާފައެއް ކުރުމުގެ ގަސްތަކާނުލައި ކުރެވޭ މިފަދަ ނުރައްކާތެރި އަމަލުތަކުން ރައްކާތެރިވެ ތިބުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ބޭކާރު ވާހަކަތަކުން ދުރުވުމެވެ. ފައިދާކުރަނިވި ރަނގަޅު ވާހަކައެއް ނުދެއްކޭ ނަމަ ހަނުހުރުމަށް މާތް ނަބިއްޔާ ﷺ އިރުޝާދު ދެއްވިއެވެ.

އެ ވާހަކައެއްގެ ސަބަބުން އުޚުރަވީ ގޮތުން ނުވަތަ ދުނިޔަވީ ގޮތުން ވިޔަސް މަންފާއެއް ނުކުރާ ކޮންމެ ވާހަކައެއް ހިމެނޭނީ ބޭކާރު ވާހަކަތަކުގެ ތެރެއިންނެވެ. އެފަދަ ވާހަކަތައް ދެއްކޭވަރު އިތުރުވާނަމަ، ކުރެވޭ ފާފަތައް ގިނަވާނެއެވެ. ﷲ تعالى މަތިން ހަނދުމަކުރުމުން ދުރުހެލި ވާނެއެވެ.

ދުލުން ބޭރުވާ ކޮންމެ ބަހަކާއި ލިޔާ ކޮންމެ ކަލިމައަކާމެދު ވެސް ސުވާލު ކުރެވޭނެ ކަން ދަންނާށެވެ. ފާފައިގެ ތިލަފަތް ބަރުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވާށެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅާމެދު ނިކަން ވިސްނާށެވެ. "(ކުރާ އަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކު ނެތި، އޭނާއަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ."

الله سُبْحَانَهُۥ وَتَعَالَىٰއީ ޢަދުލުވެރި ކަމަށް ލޯބިކުރައްވާ އެންމެ ޢަދުލުވެރި ރަސްކަލާނގެއެވެ. ތިބާގެ ފުށުން އެހެން މީހަކަށް ކުޑަވެސް އަނިޔާއެއް، ދެރަ ބަހެއް ބުނެވިފައިވާނަމަ އެ މީހަކު ތިބާއަށް މަޢާފު ނުކުރާހާ ހިނދަކު އެކަލާނގެ މަޢާފު ނުދެއްވާނެކަން ހަނދާން ކުރާށެވެ. އެފަދަ ކަމެއް ހިނގާފައިވާނަމަ ވަގުތު ފާއިތުވުމުގެ ކުރިން އެ މީހެއްގެ ކިބައިން މަޢާފަށް އެދޭށެވެ.

ދެބަސްވެ ޚިޔާލު ތަފާތުވާ ކޮންމެ ހިނދެއްގައި ދުލުން ހުތުރު ބަސްތައް ގޮވުމަކީ މޮޅުކަމެއް ކަމުގައި ނުދެކޭށެވެ. އަދި ކިޔެއްތަ އެއީ ތިބާ ރުޅިއައިސް، ނަފްރަތުކުރާ މީހުންނަށް ތިބާގެ ހެޔޮ ޢަމަލުތައް ބަހައި ހުސްކުރުމެވެ. މާތް ﷲ އެފަދަ ދުވަހެއް އަޅަމެންނަށް ނުދައްކަވާށިއެވެ. އާމީން!

ނޯޓް: "ދީނުގެމަގު" މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫޙު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފުތާއަކު އެއްފަހަރުއެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ދީނުގެމަގު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

23 އެޕްރީލު 2024
ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން

ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން

17 ސެޕްޓެމްބަރު 2022
ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން

ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން

03 ސެޕްޓެމްބަރު 2022
ހަމަހިމޭން ކަމާއި މަޑުމޮޅިކަމާއެކު ނަމާދުކުރުން

ހަމަހިމޭން ކަމާއި މަޑުމޮޅިކަމާއެކު ނަމާދުކުރުން

14 އޯގަސްޓު 2022
އިޙްސާންތެރިންނަކީ ރުޅި އަންނަ ހިނދު ކެތްތެރިވާ މީހުންނެވެ.

އިޙްސާންތެރިންނަކީ ރުޅި އަންނަ ހިނދު ކެތްތެރިވާ މީހުންނެވެ.

08 މެއި 2022

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު