Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްދީނުގެމަގު

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ތިމާއަށް އެއްބަސްނުވެވޭކަމަކަށް އެއްބަސްނުވެވޭކަން ރީތިބަހުން ހާމަކުރެވިދާނެ

މަރްޔަމް ދާނިޝް ނަޝީދު
މަރްޔަމް ދާނިޝް ނަޝީދު | 23 އެޕްރީލު 2024 | އަންގާރަ 17:37
މުޖުތަމައެއް އެންމެ ކުރިއަރާދާނީ އަދަބު އަޚްލާޤުގެ ފުރިހަމަކަމުން

މުޖުތަމައެއް އެންމެ ކުރިއަރާދާނީ އަދަބު އަޚްލާޤުގެ ފުރިހަމަކަމުން

މީހުންނާ ވާހަކަދައްކާ އުޅުމުގެ ރީތި ގޮތްތަކަކީ އިސްލާމްދީނުގެ މާތް އުސޫލުތަކުގެ ތެރޭގައި ހިމެނިފައިވާ ކަމެކެވެ. ކޮންމެ މީހަކާ ވާހަކަދެއްކި ކަމުގައިވިޔަސް، ތިމާ ރައްކާތެރިވާންޖެހޭ ރީތި އަދަބުތަކެއް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވެއެވެ. މަޑުމައިތިރިކަމާއެކު ވާހަކަދެއްކުމެވެ. ކަމޭހިތުމާއެކު ވާހަކަދެއްކުމެވެ. ރުޅި އިސްކޮށް އަޑުގަދަނުކުރުމެވެ. އިހާނާތްތެރި ބަސްބަސް ބޭނުންނުކުރުމެވެ. ތިމާ ވާހަކަދައްކަނީ ތަޢުލީމީ ގޮތުން، ނުވަތަ ދަރަޖައިގެ ގޮތުން، ނުވަތަ މުއްސަނދިކަމުގެ ގޮތުން، ނުވަތަ އެ ނޫންގޮތަކުންވިޔަސް، ތިމާޔާ އެއްހަމަ މީހަކާކަމުގައި ތިމާއަށް ނުފެނުނަސް، ވާހަކަދައްކަންވާނީ، ވާހަކަދެއްކުމުގެ ރީތި އަދަބުތަކާ ޚިލާފުނުވާގޮތުގެ މަތިންނެވެ.

މި ދެންނެވި ބަހުގެ މާނައަކީ، މީހަކު ބުނާހާ އެއްޗަކަށް އާނހޫނ ކިޔުމެއް ނޫނެވެ. އަދި މީހަކު އެދޭ ކޮންމެކަމެއް ކޮށްދިނުމެއް ވެސް ނޫނެވެ. އެހެނީ، ތިމާއަށް އެއްބަސްނުވެވޭކަމަކަށް އެއްބަސްނުވެވޭކަން ރީތިބަހުން ހާމަކުރެވިދާނެއެވެ. އަދި ތިމާއަށް ކޮށްދެވެން ނެތްކަމެއް، ކޮށްދެވެން ނެތްކަން ވެސް އޯގާވެރި އިބާރާތަކުން ބަޔާންކުރެވިދާނެއެވެ. ބޭނުމަކީ ތިމާ ބުނާ އެއްޗަކުންވިޔަސް، އަދި ކުރާ އަމަލަކުންވިޔަސް، އެހެން މީހަކު ހިތްދަތިވާފަދަ އަސަރެއް އެމީހަކަށް ނުކުރުވުމެވެ.

މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ."ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސް ބުނެއުޅޭ ހުށިކަމެވެ"

އަދިވެސް އެކަލާންގެ ވަޙީކުރެއްވި އެހެން ބަސްފުޅެއްގެ މާނައިގައި އިވެއެވެ."(އެހީއަކަށް އެދޭ މިސްކީނަކަށް) ޞަދަޤާތެއް ދިނުމަށްފަހު، (އެހީއަށް އެދުނުކަމަށް ޓަކައި) އެމީހާއަށް މަލާމާތުގެ ބަހެއް ބުނުމަށްވުރެ، އެކަމާ މެދު އެއްޗެއްހީނުކޮށް، އޯގާވެރި ބަހެއް ބުނުމާއެކު (ޞަދަޤާތެއް ދިނުން ވެސް) މާ ރަނގަޅެވެ."

އަޅުގަނޑުމެންގެ މި ދިވެހި އިސްލާމީ މުޖުތަމަޢުގައި، އަޅުގަނޑުމެން އެކަކު އަނެކަކާދޭތެރޭގައި މިފަދަ މާތް ރީތި ގޮތްތައް ގެންގުޅޭނަމަ، އެކަމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވީހެވެ. ވިސްނާލަންވީ ނުކުތާއަކީ، އެހެންމީހުންނަށް ކަމޭހިތުމީ، ތިމާގެ ގަދަރާއި ހައިބަތަށް އުނިކަމެއް ލިބޭކަމެއް ނޫންކަމެވެ. ކިތަންމެ ނިކަމެއްޗަކަސް، ނުވަތަ ކިތަންމެ ދެރަމީހަކަސް، އިންސާނަކަށް ކަމޭހިތުމުން ލިބޭނޭ ދެރައެއް ނޯންނާނެކަމެވެ.

ނޯޓް: "ދީނުގެމަގު" މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފުތާއަކު އެއްފަހަރުއެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ދީނުގެމަގު

އިތުރަށް ކިޔާލަން

18 ޖުލައި 2023

ދޫ ރައްކާތެރި ކުރާށެވެ.

18 ޖުލައި 2023
ދޫ ރައްކާތެރި ކުރާށެވެ.
17 ސެޕްޓެމްބަރު 2022

ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން

17 ސެޕްޓެމްބަރު 2022
ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން
03 ސެޕްޓެމްބަރު 2022

ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން

03 ސެޕްޓެމްބަރު 2022
ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން
14 އޯގަސްޓު 2022

ހަމަހިމޭން ކަމާއި މަޑުމޮޅިކަމާއެކު ނަމާދުކުރުން

14 އޯގަސްޓު 2022
ހަމަހިމޭން ކަމާއި މަޑުމޮޅިކަމާއެކު ނަމާދުކުރުން
08 މެއި 2022

އިޙްސާންތެރިންނަކީ ރުޅި އަންނަ ހިނދު ކެތްތެރިވާ މީހުންނެވެ.

08 މެއި 2022
އިޙްސާންތެރިންނަކީ ރުޅި އަންނަ ހިނދު ކެތްތެރިވާ މީހުންނެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު