Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
އިސްލާމީ އުސޫލުތަކަށް ތަބާވުން

ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން

ޙަޤީޤީ އުފަލާއި ހިތްހަމަ ޖެހުން ލިބުން ވަނީ މާތްﷲ ޛިކުރުކޮށް، އެކަލާނގެމަތީން ހަނދުމަކުރުމުން

ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2022 | ހޮނިހިރު 10:24
މިސްކިތެއްގައި ދެމީހުން ޤްރުޢާން ކިޔަވަނީ

މިސްކިތެއްގައި ދެމީހުން ޤްރުޢާން ކިޔަވަނީ

މިއަދު އިންސާނާ ތަރައްޤީގެ ކުރި ބޯއްޓާއި ހަމައަށް ފޯރާފައިވާއިރުވެސް އިންސާނާވަނީ ކަންބޮޑެވެ، ހާސްކަމުގެ ތެރެއަށް ގެއްލިފައެވެ. ހަދާނެގޮތް ހުސްވެފައެވެ. އެއްވެސްކަހަލަ ހިތްހަމަޖެހުމަކާއި އަރާމެއްނެތެވެ. އަބަދުވެސް އުޅެނީ ހާސްވެ، ކަންބޮޑުވެގެންނެވެ. މީގެ ސަބަބަކީ އެމީހުންވަނީ މާތްﷲގެ މަތީން ހަނދާންނެތިފައެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ދިރިއުޅުން ބިނާވެފައިވަނީ ހަމައެކަނި ލޮލަށް ފެންނަ އިޙްސާސްކުރެވޭ ކަންތައްތަކުގެ މައްޗަށެވެ. އެމީހުންގެ ދިރިއުޅުމުގެ ހުރިހާވެސް އެއްޗަކީ މާއްދިއްޔަތެވެ. އެމީހުން ހުރިހާކަމެއްގައިވެސް ކިރަމުން ގެންދަނީ މާއްދިއްޔަތުގެ ތިލަފަތުންނެވެ. ބަލަމުން ގެންދަނީ މާއްދިއްޔަތުގެ ލޮލުންނެވެ. އެމީހުންގެ ކިބައިގައި އެއްވެސްވަރަކަށް ރޫޙާނިއްޔަތުގެ ސިފައެއްނުވެއެވެ. އެމީހުންވަނީ ރޫޙާނީ ކަންތައްތަކުން އެކަހެރިވެފައެވެ. އަޅުކަން ކުރަންޖެހޭ ފަރާތެއްވާކަމަކަށް ޤަބޫލެއްނުކުރެއެވެ. އެމީހުންގެ ހުރިހާ މަޤްޞަދަކީ މާއްދިއްޔަތާއިި ދުނިޔޭގެ ވަގުތީ އުފަލާއި އަރާމެވެ. ނަމަވެސް މީގެ ސަބަބުން އެމީހުންނަކަށް އެއްވެސްކަހަލަ އަރާމެއް ރާޙަތެއް ޙާޞިލެއްނުވެއެވެ. ނަފްސަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. މިސާލެއްގެގޮތުން ހުޅަނގުގެ އެންމެ ތަރައްޤީވެ، ކުރިއަރާފައިވާ، އަދި އެބައެއްގެ ދިރިއުޅުން އެންމެ ތަނަވަސްވެގެންވާ އެއްޤައުމަކީ ސްވިޑްންއެވެ. ނަމަވެސް ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގައި އަމިއްލައަށް މަރުވާ މީހުން އެންމެ ގިނައީ ސްވިޑްންގައެވެ. ހާސްވެ، ކަންބޮޑުވެގެންނެއެވެ. ހަދާނެގޮތް ހުސްވެގެންނެވެ.

ޙަޤީޤީ އުފަލާއި ހިތްހަމަ ޖެހުން ލިބުން ވަނީ މާތްﷲ ޛިކުރުކޮށް، އެކަލާނގެމަތީން ހަނދުމަކުރުމުންނެވެ. ކީރިތިޤުރްއާން ކިޔަވައި، އެފޮތުގައިވާ ކަންތައްތަކަށް ވިސްނާ ފިކުރު ކުރުމުންނެވެ. އިންސާނާއަށް ޙާޞިލްވާ އުފަލާއި އަރާމާއި، ހިތްހަމަޖެހުމާއި ތަނަވަސްކަން ގުޅިފައިވަނީ އޭނާއާއި އޭނާ ހެއްދެވި ފަރާތާއި ދެމެދުގައިވާ ވަރުގަދަ ރޫޙާނީ ބާރެއްގެ ސަބަބުންނެވެ. އެއީ ހަރުދަނާ ނުގުޑާފަދަ އީމާންކަމެކެވެ. އޭގެ ނަތީޖާއަކަށްވަނީ އޭނާ ހުންނާނީ ހުރިހާ ވަގުތެއްގައި ހިތްހަމަޖެހި މާތްﷲގެ މައްޗަށް އިއްޠިމާދުކޮށްގެންނެވެ. މިންވަރަށް އީމާން ވެގެންނެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ. " الذين آمنوا وتطمئن قلوبهم بذكر الله ألا بذكر الله تطمئن القلوب " (سورة الرعد: 22) މާނައީ: " އެމީހުންނަކީ އީމާންވި މީހުންނެވެ. އަދި ﷲގެ ރަސްކަންފުޅު ހަނދުމަކުރުމުން އެމީހުންގެ ހިތްތަކަށް ހަމަޖެހުން ލިބޭ މީހުންނެވެ. ދަންނާށެވެ! ހިތްތަކަށް ހަމަޖެހުން ލިބޭހުށީ ހަނދުމަކުރުމުންނެވެ."

މުސްލިމުންގެ ގޮތަކީ ބޮޑުކަމެއް ނުވަތަ މުޞީބާތެއް ދިމާވެއްޖެނަމަ ނަމާދުކޮށް، މާތްﷲގެ މަތީން ހަނދުމަކުރުމަށް އަވަސްވެގަތުމެވެ. އެފަދަ ވަޤުތުތަކުގައި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ބިލާލުގެފާނަށް ޙަދީޡް ކުރައްވައެވެ. " قُمْ يَا بِلاَلُ فَأَرِحْنَا بِالصَّلاَةِ " (رواه أحمد) މާނައީ: " ބިލާލެވެ! ތެދުވެވަޑައި ގަންނަވާށެވެ. ތިމަންމެންނަށް އެނަމާދުން އަރާމާއި ހިތްހަމަ ޖެހުން ހޯއްދަވާ ދެއްވާށެވެ."

ނަމާދު ގައި މާތްﷲ ލައްވާފައިވާ ހިތްހަމަޖެހުމާއި އަރާމަކީ އެނަމާދަށް ޣާފިލުވެ، ފަރުވާކުޑަ ކުރާ މީހުންނަށް އިޙްސާސް ކުރެވޭނެ ކަމެއް ނޫނެވެ. ނަމާދުގައިވާ ޙަޤީޤީ ރާޙަތާއި ފޮނިކަން އިޙްސާސް ކުރެވޭނީ އެނަމާދަށް ފަރުވާ ބަހައްޓައިގެން ކުރާ މީހުންނަށެވެ. ނަމާދަކީ އަޅާއާ ހެއްދެވި ފަރާތާއި އެންމެ ބޮޑަން ގާތްކޮށްދީ ގުޅުވާދޭ އަޅުކަމެވެ. އެވަޤުތު  އޭނާ ހުންނާނީ މާތްﷲގެ ކިބުރިޔާއުވަންތަ ކަމާއި ބޮޑުކަން ހިތުގެ އަޑީން ޤަބޫލުކޮށް، އެކަލާނގެ ޙަޟްރަތުގައި ވަރަށް ތަވާޟުޢުވެރި ކަމާއި ޚުޝޫޢަތްތެރި ކަމާ އެކުގައެވެ. އެންމެހާ ދުނިޔަވީ ޚިޔާލުތަކުންނާއި ފިކުރުތަކުން ދުރުހެލިވެ، ހިތްހަމަޖެހި އުފަލާއި އަރާމުގައެވެ.  

މުއުމިނުންގެ ގޮތަކީ އުފަލާއި އަރާމާއި މުޞީބާތުގެ ވަޤުތުގައި ވެސް ކެތްތެރިވެ، ޝުކުރުވެރި ވުމެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "މުއުމިނުއަޅާގެ ކަންތައް ޢަޖާއިބެއް ފަދައެވެ. ހަމަކަށަވަރުން އޭނާގެ ހުރިހާ ކަމެއް ގައި ވަނީ ހެޔޮކަމެވެ. އޭނާއަށް އުފާވެރިކަމެއް ދިމާ ވެއްޖެ ނަމަ އެކަމަކަށް އޭނާ މާތްﷲ އަށް ޝުކުރުވެރި ވެއެވެ. ފަހެ، މިކަން ވަނީ އޭނާއަށް ހުރި ހެޔޮކަމެއް ކަމުގައެވެ. އަދި އޭނާއަށް ހިތާމަވެރި ކަމެއް ދިމާވެއްޖެ ނަމަ އެކަމަކަށް ކެތްތެރި ވެއެވެ. ފަހެ، މިކަން ވަނީ އޭނާއަށް ހުރި ހެޔޮކަމެއް ކަމުގައެވެ." (ރަވާހުލްބުޚާރީ).

ދީނުގެމަގުނަމާދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

23 އެޕްރީލު 2024
ފަރުޟު ފަސް ނަމާދުނުކޮށް ހިފާ ރޯދައިގެ ފައިދާއެއް ނެތް

ފަރުޟު ފަސް ނަމާދުނުކޮށް ހިފާ ރޯދައިގެ ފައިދާއެއް ނެތް

13 މާރިޗު 2024
ދޫ ރައްކާތެރި ކުރާށެވެ.

ދޫ ރައްކާތެރި ކުރާށެވެ.

18 ޖުލައި 2023
ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން

ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން

03 ސެޕްޓެމްބަރު 2022
ހަމަހިމޭން ކަމާއި މަޑުމޮޅިކަމާއެކު ނަމާދުކުރުން

ހަމަހިމޭން ކަމާއި މަޑުމޮޅިކަމާއެކު ނަމާދުކުރުން

14 އޯގަސްޓު 2022

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު