Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ މުޒާހަރާއެއްގައި މީހަކު މަރުވުން

މުޒާހަރާގައި މީހަކު މަރުވެފައިވާތީ، އެކަން ތަހުގީގުކުރާނަން: ރައީސް ގޮތަބަޔާ

20 އެޕްރީލު 2022 | ބުދަ 15:31

މިކަމާގުޅިގެން އިންސާފުވެރި، ދެފުށްފެންނަ ތަހުގީގެއް އެގައުމުގެ ފުލުހުން ފަށާނެކަމަށް ރައީސް ގޮތަބަޔާ ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 އެޕްރީލު 2022 | ބުދަ 15:31
ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ

ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ

ސްރީލަންކާގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި މީހަކު މަރުވެފައިވާތީ, އެކަމުގެ ތަހުގީގެއް ފުލުހުން ފަށާނެކަމަށް ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސް ވިދާޅުވެެއްޖެއެވެ.

ގޮތަބަޔާ ވަނީ ބުދަ ދުވަހު، މިކަމާ ގުޅިގެން އިންސާފުވެރި ދެފުށްފެންނަ ތަހުގީގެ އެގައުމުގެ ފުލުހުން ފަށާނެކަމަށް ވިދާޅުވެފައެވެ.

އަންގާރަ ދުވަހު, ލަންކާގެ ވެރިރަށް ކޮލޮމްބޯގެ އިރުއުތުރުން އޮންނަ ރަމްބުއްކަންނާ އަވަށުގައި ކުރިއަށް ދިޔަ މުޒާހަރާ ހޫނުވެ, މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުން ތަކުގައި ފުލުހުން ވަނީ ބަޑީގެ ހަމަލާތައް ދީފައެވެ. މިހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، އެކަކު ވަނީ މަރުވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބަޑީގެ ހަމަލާތައް ދޭން ފަށާފައިވަނީ މުޒާހަރާގެ ބައިވެރިން ރެއިލްވޭ ލައިނެއް ބަންދުކޮށް އެތަނުން ދަތުރުކުރަން މަސައްކަތްކުރި ތެޔޮ ޓޭންކަރަކަށް ހުރަސްއެޅުމުންނެވެ.

ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ އެތައް މިލިއަން ރައްޔިތުންނެއް ދަނީ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

ރައީސް ގޮތަބާޔާ ވަނީ ލަންކާ ރައްޔިތުން ޚިޔާލުފާޅުކޮށް ސުލްހަވެރި އިހުތިޖާޖުތައް ކުރުމުގެ ހައްގު ނިގުޅައިނުގަންނަވާނެކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އަދި ރަމްބުއްކަންނާގައި ހިނގާދިޔަ ކަންތައްތަކަކީ ވަރަށް ހިތާމަވެރި ކަންތައްތައް ކަމަށާއިި އެކަންތައް އިންސާފުވެރިކަމާއެކު ދެފުށްފެންނަގޮތަށް ތަހުގީގުކުރާނެކަމަށް ވިދާޅުވިއެވެ.

ލަންކާގެ ފުލުހުންގެ ތަރުޖަމާނު އަޖިތު ރޯހަނާ ވަނީ, މިހާދިސާ ތަހުގީގުކުރުމަށް 20 މެމްބަރުންގެ ޓީމެއް އެކުލަވާލާފައިވާކަމަށް ވިދާޅުވެފައެވެ. މިހާތަނަށް މިކަމާގުޅިގެން އެކަކު ހައްޔަރުކޮށްފައިވާކަމަށް އޭނާ ވިދާޅުވެއެވެ.

މިހާދިސާގައި މަރުވި އުމުރުން 41 އަހަރުގެ ކޭ.ޑީ ޗަމިންދާ ލަކްޝަންއަކީ މުޒާހަރާގެ ބައިވެރިއެއް ނޫންކަމަށާއި, އޭނާ އެހަމަނުޖެހުންތަކުގެ މެދުގައި ތާށިވީ ރަމްބުއްކަންނާގެ ޕެޓްރޯލް ސްޓޭޝަނަށް އޭނާގެ ސައިކަލަށް ޕެޓްރޯލް އަޅަން ގޮސް އުޅެނިކޮށްކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. ޗަމިންދާ ލަކްޝަންގެ އަންހެން ދަރިފުޅު ވަނީ އޭނާގެ ބައްޕަގެ މަރަށް އިންސާފު ހޯދަން ބޭނުންވާކަމަށް ބުނެފައެވެ.

އަންގާރަ ދުވަހު ހެދުނުންފެށިގެން ކުރިއަށްދިޔަ މުޒާހަރާގައި ރޭލު ދަތުރުކުރާ މަގު ބަންދުކުރުމާގުޅިގެން, މީހުން ދުރަށް ޖެއްސުމަށް ފުލުހުން އާންމުންނާ ދިމާލަށް ބަޑިޖެހިކަން ލަންކާގެ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުންގެ ތަރުޖަމާނު އެސްއެސްޕީ ނިހާލް ތަލްދުވާ ވިދާޅުވީ, މުޒާހަރާގެ ބައިވެރިން އެތަނުން ނުކުތުމަށް ފުލުހުން އިންޒާރުދިންނަމަވެސް ތަބާނުވާކަމަށާއި, އޭގެފަހުން މުޒާހަރާގެ ބައިވެރިން މަސައްކަތްކުރީ ތެޔޮ ބައުޒަރުގައި ރޯކޮށްލުމަށް ކަމަށެވެ. މީގެއިތުރުން ކުރޮޅީގައި ރޯކޮށްލުމަށާއި, ތަންތަނަށް ގެއްލުން ދިނުމަށްވެސް މަސައްކަތް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ, އެއްވުން ރޫޅާލުމަށްޓަކައި ފުލުހުން ކަރުނަ ގޭސް ޖަހާފައިވާ ކަމަށާއި, އޭގެފަހުން މުޒާހަރާގެ ބައިވެރިން ހިލަ އުކަންފެށިކަމަށެވެ. އަދި ހަމަޖެހުން ގާއިމުކުރުމަށް ފުލުހުން ބަޑިޖަހާފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އާންމުންގެ ބަޔަކު ޒަޚަމްވިކަމަށެވެ.

ސްރީލަންކާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް