Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަނަސްގެ މަރުގެ މައްސަލަ

އަނަސްގެ މަރު: ސިމާހުގެ ފަރާތުން ހުށައެޅި ހެކިންގެ ހެކިބަސް ނަގައިފި، ދެން އޮތީ ޚުލާސާ ބަޔާން

20 އެޕްރީލު 2022 | ބުދަ 07:41

ސިމާހުގެ ފަރާތުން ވަނީ ޙާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއު ހުށައަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އެޕްރީލު 2022 | ބުދަ 07:41
އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ

އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމަކީ މި މައްސަލައިގައި އަނަސް މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައު ވާލިބޭ ސިމާހު މޫސާގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި 12 އޭޕްރީލް 2022 ގައި ބޭއްވިއަޑުއެހުމުގައިސިމާހު މޫސާގެ ފަރާތުން ހުށައަޅާފައިވާ ހެއްކެއްގެ ހެކިބަސް ނަގާފައިވާއިރު، އަނަސްގެ މަރުގެ ޙާދިސާ ހިނގިއިރު، އޭނާއާއި ސިމާހުއާ އުޅުނީ އެއްކޮށްކަމަށް އެ ހެކިވެރިޔާ ވަނީ ބުނެފައެވެ.

ހެކިވެރިޔާ ބުނެފައިވާ ގޮތުގައި އެރޭ އެމީހުން ތިބީ ފިލުމު ބަލާށެވެ. ފިލުމު ބަލަން ތިބި ގޭގައި އިތުރު ދެ މީހަކުވެސް ތިބިކަމަށް އެ ހެކިވެރިޔާ ބުންޏެވެ. އެއީ އެ ގޭގައި ސިމާހުއާއެކު އުޅެމުންދިޔަ ދެމީހުންކަމަށް ހެކިވެރިޔާ ބުންޏެވެ.

ސިމާހު މޫސާގެ ފަރާތުން ދެން ހުށައެޅި 2 ހެކިން ތިބީ މާފުށީ ޖަލުގައިކަމަށް ވުމާއެކު، އެ ދުވަހު އެ ދެ ހެކިންގެ ހެކިބަސް ނެގުން ފަސްކުރީއެވެ. ވުމާއެކު، ބުދަ ދުވަހުގެ އަޑުއެހުމަކީ އެ ދެ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި ފުރަތަމަ ހާޒިރުކުރީ ގދ ފަރެސްމާތޮޑާ މަންޒިލް، މުޙައްމަދު ނިޝާހުއެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާއަކީ ސިމާހުއާއެކު އެގޭގައި ދިރިއުޅެމުންދިޔަ ފަރާތެކެވެ. އެގޮތުން ޙާދިސާ ހިނގި ރޭގައި އޭނާ އުޅުނީ ސިމާހުއާއެކު އެ ގޭގައިކަމަށް އޭނާ ހެކިބަސް ދެމުން ބުނެފައިވެއެވެ. އެރޭ މެންދަން ވަންދެން އުޅުނީ އެކުގައިކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

އޭނާވެސް ވަނީ ސިމާހުގެ ފަރާތުން ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާވެސް ބުނެފައިވާ ގޮތަށް، އެމީހުން ތިބީ ފިލުމު ބަލަން ކަމަށް ބުނެފައެވެ.

ދެން ކުރިއަށް ދިޔައީ ދައުލަތުން ހެކިވެރިޔާ ކްރޮސް އެގްޒެމިނޭޝަން ކުރުމެވެ. އެގޮތުން އެމީހުން ބަލާފައިވަނީ ކޮން ފިލުމެއްކަމާއި، ސިމާހު އޭރު ލައިގެން ހުރީ ކޮން އެއްޗެއްކަން ސީދާ ހަނދާނުގައި ނެތްކަމަށް ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ހެކިވެރިޔާ ބުންޏެވެ.

ސިމާހުގެ ފަރާތުން ދެން ހުށައަޅާފައިވާ ހެކީގެ ހެކިބަސް ނަގަން ބޭނުން ނުވާކަމަށް އޭނާ ވަނީ ބުނެފައެވެ. ވުމާއެކު، ސިމާހުގެ މައްޗަށް ކުރާ ދައުވާގެ ހެކިބަސް ނެގުމުގެ މަރުޙަލާ ބުދަ ދުވަހު މިވަނީ ނިންމާލާފައެވެ. ދެން އޮންނާނީ މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމެވެ.

އަނަސް މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ގަރާޖް ތެރޭ ވަޅިން ހަމަލާދީގެންނެވެ. 

އަނަސްގެ މަރުކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް