Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޭޑިއަންޓަށް ފުރުޞަތު ނުދޭން ނިންމުން

ރޭޑިއަންޓްއަކީ ނިއުރޭޑިއަންޓްކަމަށް ބަލާ، ފުރުޞަތު ނުދޭން ނިންމައިފި

19 އެޕްރީލު 2022 | އަންގާރަ 15:39

މައިގަނޑު މައްސަަލައަކީ ނިއުރޭޑިއަންޓްގެ ބޯޑްގެ ދެމެންބަރުން ރޭޑިއަންޓް ބޯޑްގައި ހިމެނުން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 19 އެޕްރީލު 2022 | އަންގާރަ 15:39
ރޭޑިއަންޓްގެ ލޯގޯއާއެކު ދިދަ: ފޮޓޯ-ރޭޑިއަންޓް

ރޭޑިއަންޓްގެ ލޯގޯއާއެކު ދިދަ: ފޮޓޯ-ރޭޑިއަންޓް

ނުލާ ހުދުގެ ސަޕޯޓަރުންނަށްޓަކައި ވުޖޫދުކުރި ރޭޑިއަންޓް ސްޕޯރޓްސް ކްލަބަށް ފުރުޞަތު ނުދޭން އެފްއޭއެމްއިން ނިންމައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމްގެ އެނިންމުން އައިސްފައިވަނީ އޭއެފްސީއަށްވެސް އެކަން ހުށަހަޅާ, އޭއެފްސީންވެސް އެގޮތަށް ނިންމުމުންނެވެ.

މިކަން ރޭޑިއަންޓަށް އެނގިފައިވަނީ ޓީމް އެކުލަވާލާ މުބާރާތަށް ތައްޔާރުވަމުން ދިޔަނަމަވެސް, އެފްއޭއެމްގެ އެސޯސިއޭޓް މެންބަރަކަށް ވެވޭނެކަމުގެ ޔަޤީންކަން ލިބިފައި ނުވާތީއާއި, ރޭޑިއަންޓަށް މުބާރާތުގައި ބައިވެރިވެވޭނެކަން ނުވަތަ ނޫންކަން އެފްއޭއެމްއިން އަންގާފައި ނުވާތީ އެކްލަބުން އެދިގެން އެފްއޭއެމްއާއެކު ބޭއްވި ބައްދަލުވުމުންނެވެ. އެބައްދަލުވުމުގައި އެފްއޭއެމްގެ ފަރާތުން ބައިވެރިވީ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒްއާއި, ޑެޕިއުޓީ ޖެނެރަލް ސެކެޓްރީ އަދި ކްލަބް ލައިސަންސިންގ ކަންތަކުގައި އެފްއޭއެމްގައި އިސްކޮސް މަސައްކަތްކުރައްވާ އަބުދުالله ޝިބާއުއާއި, ޖައުޝަން ޝަރީފްއެވެ.

އެބައްދަލުވުމުގައި ރޭޑިއަންޓުން ބުނެފައިވަނީ ބައްދަލުކުރީ އާއްމު އުޞޫލުން ކަންކަން ހިނގާގޮތަށްވުރެ ލަހުން ކަން ހިނގާތީއާއި, ވާގޮތްވެސް ކްލަބަށް ނޭނގޭތީ އެކަން ސާފްކޮށްދިނުމަށް އެދިކަމަށެވެ. އެކަމަށް ޖަވާބުދެއްވަމުން އެފްއޭއެމްގެ ފަރާތުން ބުނެފައިވަނީ ކްލަބް ލައިސަންސިންގ ސިސްޓަމްގެ ތެރެއިން ކަންކަން ހަމަޖައްސަން ހުރަސްތަކެއް ހުރިކަމަށެވެ. އޭއެފްސީންވެސް ސާފްކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށެވެ. މެމްބަރޝިޕަށް އެދުމުން މެންބަރޝިޕް ދިނުމުގެ ކުރިން ފުރިހަމަވާންޖެހޭ ޝަރުތުތަކަކާއި, އިޖުރާއަތްތަކެއް ހުންނަކަމަށާއި, މެމްބަރޝިޕް ލިބޭނީ އެކަންކަން ފުރިހަމަވުމުން އެގްޒެކެޓިވް ކޮމިޓީން ނިންމައިގެން ކޮންގްރެސް އިންކަމަށް އެފްއޭއެމްއިން ބުންޏެވެ.

އޭއެފްސީން އެދިގެން ކޮމިޝަނަރ އޮފް ސްޕޯރޓްސްއިން ލިބެންހުރި ރޭޑިއަންޓްގެ މައުލޫމާތުތައް ހިއްޞާކުރިކަމަށާއި, ހިއްސާކުރުމުން ދެކަމެއް އޭއެފްސީން ފާހަގަކުރިކަމަށް އެފްއޭއެމްއިން ބައްދަލުވުމުގައި ބުނެފައި ވެއެވެ. ފީފާގެ ޑިސިޕްލިނަރީ ކޯޑްގެ 15 ވަނަ މާއްދާގެ 15.4 އަށް ހަވާލާދީ ކަންތައްތަކެއް އޭއެފްސީން ފާހަގަކުރިކަމަށް އެފްއޭއެމްއިން ބުންޏެވެ.

ރޭޑިއަންޓް ސްޕޯރޓްސް ކްލަބަކީ ރާއްޖޭގައި ފުޓްބޯޅަ ކްލަބެއްގެ ގޮތުގައި އޮޕަރޭޓްކުރި ނިއުރޭޑިއަންޓާ ގުޅިންހުރި ކްލަބެއްކަމަށް އޭއެފްސީން ދެކޭކަމަށް ބައްދަލުވުގައި ބުންޏެވެ. އެގޮތަށް ދެކެނީ ނަމާއި, ކުލައާއި, ލޯގޯއާއި, ކުޅުންތެރިންނާއި, އޯނަރޝިޕްއާއި, ސްޓޭކް ހޯލްޑަރސްއަށް ބެލުމަށްފަހުކަަށްވެސް ބައްދަލުވުމުގައި ރޭޑިއަންޓަށް އެންގިއެވެ.

ބައްދަލުވުގައި ދެކެވުނު ވާހަކަތަކުގެ އަލީގައި ރޭޑިއަންޓްގެ ބޯޑް މެންބަރަކު ބުނީ މައިގަނޑު ޕޮއިންޓަކީ ރާއްޖޭގެ ދަނޑުތަކުގައި "ނުލާއި ހުދު" ބޭނުން ނުކުރެވޭނެކަމަށް ނިންމުންކަމަށެވެ. ރޭޑިއަންޓްގެ ބޯޑްގައި ނިއުރޭޑިއަންޓްގައި އެންމެ ފަހުން އޮތް ބޯޑްގެ ދެ މެމްބަރަކު ހިމެނުމެވެ. އޭގެތެރޭގައި ރޭޑިއަންޓްގެ ޗެއަރމަން ވާސިފް ހިމެނެއެވެ. އެދެމެމްބަރުން ރޭޑިއަންޓް ބޯޑުން އިސްތިއުފާ ދިންނަމަވެސް ހުރަސްތަކެއް ހުރިކަމަށް މައުލޫމާތުލިބެއެވެ. އެއީ ލޯގޯވެސް ވަރަށް ބޮޑަށް އެއްވައްތަރުވުމެވެ. އަދި ނިއުރޭޑިއަންޓްގެ ކުލަކަމަށްވާ ނުލާ ހުދު ރޭޑިއަންޓުންވެސް ބޭނުންކުރުމެވެ. ރޭޑިއަންޓް އުފެއްދީ ސީދާ ނިއުރޭޑިއަންޓްގެ ނަން ދިރުވުމަށާއި, އެކްލަބްގެ ސަޕޯޓަރުންނަށްޓަކައެވެ. އެކަން ރޭޑިއަންޓްގެ ބޯޑުން ވަނީ އިއުލާންވެސް ކޮށްފައެވެ.

ރޭޑިއަންޓަށް ފުރުޞަތު ނުދޭން މިނިންމީ ތިންވަނަ ޑިވިޝަންގައި ބައިވެރިވާން ޓީމްގެ ކޯޗިންގ ޓީމް ކަނޑައަޅާ, ރަނގަޅު ސްކޮޑެއްވެސް އެކުލަވާލާފައިވަނިކޮށެވެ. އަދި ރޭޑިއަންޓުން ވަނީ ބިދޭސީ ކުޅުންތެރިންވެސް ހޯދާފައެވެ. އެކްލަބުން އެމަސައްކަތް ކުރީ ކޮމިޝަނަރ އޮފް ސްޕޯރޓްސްއިން އެކްލަބް ރަޖިސްޓްރީކޮށްދިނުމުންނެވެ. ނަމަވެސް ކްލަބަށް ފުރުޞަތު ނުދޭން ނިންމިކަން ރޭޑިއަންޓްގެ ބޯޑް މެންބަރަކު ވަނީ ޔަޤީންކޮށްދީފައެވެ.

ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

01 ޑިސެމްބަރު 2025
މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
02 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

02 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި
28 އޮކްޓޯބަރު 2025

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި
23 އޮކްޓޯބަރު 2025

ފުޓުބޯޅައިގެ ފޯރި ގެނެސް، ދަނޑަށް ސަޕޯޓަރުން ވައްދަން ކުރާ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބޭ: މުބީން

23 އޮކްޓޯބަރު 2025
ފުޓުބޯޅައިގެ ފޯރި ގެނެސް، ދަނޑަށް ސަޕޯޓަރުން ވައްދަން ކުރާ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބޭ: މުބީން
22 އޮކްޓޯބަރު 2025

ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއް ވަނަ އަށް، ސެންޓޭ އަށް ހެޓްރިކެއް

22 އޮކްޓޯބަރު 2025
ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއް ވަނަ އަށް، ސެންޓޭ އަށް ހެޓްރިކެއް
18 އޮކްޓޯބަރު 2025

ރަސްވާދަ މެޗާ ގުޅުވައިގެން ނިއު އާއި ވިކްޓްރީގެ ޚާއްސަ ޙަރާކާތްތަކެއް

18 އޮކްޓޯބަރު 2025
ރަސްވާދަ މެޗާ ގުޅުވައިގެން ނިއު އާއި ވިކްޓްރީގެ ޚާއްސަ ޙަރާކާތްތަކެއް
02 އޮކްޓޯބަރު 2025

ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް

02 އޮކްޓޯބަރު 2025
ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް
04 ސެޕްޓެމްބަރު 2025

ނިއު ފުރަތަމަ ޑިވިޝަން އަށް ގެންނަން ތާއީދު ނުކުރީ ދެ މެމްބަރުން

04 ސެޕްޓެމްބަރު 2025
ނިއު ފުރަތަމަ ޑިވިޝަން އަށް ގެންނަން ތާއީދު ނުކުރީ ދެ މެމްބަރުން
02 ސެޕްޓެމްބަރު 2025

ނިއު ރޭޑިއަންޓް އިން ގަލޮޅު ދަނޑު ގުގުމާލާނެ: މުބީން

02 ސެޕްޓެމްބަރު 2025
ނިއު ރޭޑިއަންޓް އިން ގަލޮޅު ދަނޑު ގުގުމާލާނެ: މުބީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް