Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާއިން އައިއެމްއެފްގެ އެހީއަށް އެދުން

އިންޑިއާގެ ރެކޮމެންޑޭޝަން އާއެކު ލަންކާއަށް ރެޕިޑް ފައިނޭންޝަލް ލޯނެއް ދިނުމަށް އައިއެމްއެފް އިން ވިސްނަނީ

ލަންކާގެ މަންދޫބުންގެ ޓީމެއް ވަނީ އައިއެމްއެފް އާއެކު މަޝްވަރާތައް ފެށުމަށް ހޯމަ ދުވަހު އެމެރިކާގެ ވޮޝިންގްޓަން އަށް ގޮސްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 19 އެޕްރީލު 2022 | އަންގާރަ 12:41
އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ  ރެޕިޑް ފައިނޭންޝަލް އިންސްޓްރުމަންޓް (އާރްއެފްއައި) ގެ ދަށުން ލޯނެއް ދިނުމަށް ލަންކާއިން ވަނީ ހުށަހަޅާފައި

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ރެޕިޑް ފައިނޭންޝަލް އިންސްޓްރުމަންޓް (އާރްއެފްއައި) ގެ ދަށުން ލޯނެއް ދިނުމަށް ލަންކާއިން ވަނީ ހުށަހަޅާފައި

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ސްރީލަންކާއަށް އަވަސް އެހީއެއް ފޯރުކޮށްދިނުމާ ގުޅޭގޮތުން ވިސްނާނެ ކަމަށް ބުނެފައިވާ ކަމަށް ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު އަލި ސަބްރީ ހިމެނިވަޑައިގަންނަވާހެން ލަންކާގެ މަންދޫބުންގެ ޓީމެއް ވަނީ އައިއެމްއެފް އާއެކު މަޝްވަރާތައް ފެށުމަށް ހޯމަ ދުވަހު އެމެރިކާގެ ވޮޝިންގްޓަން އަށް ވަޑައިގެންފައެވެ. މި މަޝްވަރާތަކާއެކު ގައުމުގެ ފޮރިން ރިޒަރވް އަށް ފައިސާ އިތުރުވެ މިހާރު ކުރިމަރިވެފައިވާ މައްސަލަތަކުގެ ތެރޭގައިވެސް ޒަރޫރީ ބޭނުންތަކަށް ހަރަދުކުރާނެ ފައިސާ ލިބިގެން ދިއުމަކީ ލަންކާ ސަރުކާރުގެ އުންމީދުކަމަށް ރޮއިޓަރސް އިން ބުނެއެވެ.

ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާގޮތުގައި ލަންކާ ސަރުކާރުން އުންމީދު ކުރަނީ އައިއެމްއެފްއެކު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން 'ބްރިޖް ފައިނޭންސިން'ގެ އެހީ ހޯދުމަށެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ޝާމިރް ޒަވާހިރް އާ ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާގޮތުގައި ލަންކާއިން ވަނީ އައިއެމްއެފްގެ ރެޕިޑް ފައިނޭންޝަލް އިންސްޓްރުމަންޓް (އާރްއެފްއައި) ގެ ދަށުން ލޯނެއް ދިނުމަށް ހުށަހަޅާފައެވެ. މިއީ އިމަރޖެންސީ ހަލާތްތަކުގައި ފައިސާގެ އެހީއަށް ބޭނުންވެފައިވާ ގައުމުތަކަށް ފައިސާ ފޯރުކޮށްދިނުމަށް އައިއެމްއެފް އިން ގެންގުޅޭ ޕްރޮގްރާމްއެކެވެ.

ލަންކާއިން މި ހުށަހެޅުން ހުށަހެޅި ވަގުތު އައިއެމްއެފް އިން ވަނީ ރެޕިޑް ފައިނޭންޝަލް އިންސްޓްރުމަންޓްގެ ދަށުން އެގައުމަށް ލޯނު ފޯރުކޮށްދޭން ފަސްޖެހިފައެވެ. ނަމަވެސް ފިނޭސް މިނިސްޓަރު ސަބްރީ ވަނީ އިންޑިއާއިން އައިއެމްއެފްގައި ލަންކާއަށް މިއެހީ ފޯރުކޯށްދޭން އެދިފައިވާތީ ލޯނު ފޯރުކޮށްދިނުމާ ގުޅޭގޮތުން އައިއެމްއެފް އިން މިހާރު ވިސްނަމުންދާ ކަމަށް ވިދާޅުވެފައެވެ.

ލަންކާއަށް މިނިވަންކަން ލިބުނުފަހުން ފުރަތަމަ ފަހަރަށް އެގައުމުގެ އިގުތިސާދު މިިހާ ގޯސްވުމަށް މެދުވެރިވެފައި ވަނީ އެގައުމުގެ ސަރުކާރުގެ ފައިސާގެ މުއާމަލާތްތައް ކުރުމުގަޔާއި އިގުތިސާދީ ކަންކަމުގައި ގެންގުޅެވުނު ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުންނެވެ. އަދި ކޮވިޑް-19ގެ ސަބަބުން އެގައުމުގެ އިގުތިސާދަށް ކުރި ނޭދެވޭ އަސަރާއެކު ގައުމުގެ އިގުތިސާދު މިވަނީ ބޮޑު އަދަވަޅަކަށް ވެއްޓިފައެވެ.

ގައުމުގެ ފޮރިން ރިޒަރވް ހުސްވެ، ބޭރުގެ ދަރަނި އަދާނުކުރުވޭ އިރު، ބޭރު ފައިސާ ނެތުމުގެ ސަބަބުން ތެޔޮ، ގޭސް އަދި ބޭހުގެ އިތުރުން ކާޑުގެ ބާވަތްތައް އިމްޕޯޓުނުކުރެވި ރައްޔިތުންނަށް ވަނީ އެތައް ހަފުތާއެއް ހޭދަކުރަންޖެހިފައެވެ. މިއާއެކު އާންމު ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާއިރު، ރައްޔިތުން ދަނީ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

މިދިޔަ ހަފުތާގައި ލަންކާގެ ސެންޓްރަލް ބޭންކުން ވަނީ އައިއެމްއެފްގެ މަޝްވަރާތަކުން ލޯނުތައް ދެއްކޭނެ ގޮތެއް ހޯދެންދެން އެގައުމުގެ ބޭރުގެ ދަރަނިތައް ނުދައްކާ މަޑުޖައްސާލަން ނިންމާފައެވެ.

ލަންކާގެ ފިނޭންސް މިނިސްޓަރު ވަނީ ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ބޭރުގެ އެހީގެ ގޮތުގައި ތިން ބިލިއަން ޑޮލަރުގެ އެހީ ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. މިއެހީ ހޯދުމަށް އެކުވެރި ގައުމުތަކާއި އައިއެމްއެފް ފަދަ މާލީ އިދާރާތަކުގައި އެދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ލަންކާއަށް ކުރިމަތިވެފައިވާ އިގުތުސާދީ ކާރިސާގައި އިންޑިއާ އަދި ޗައިނާއިން ދަނީ ގިނަ އެހީތަކެއް ފޯރުކޯށްދެމުންނެވެ. އައިއެމްއެފް އާއެކު ކުރިއަށްދާ މަޝްވަރާތަކުގެ ހަވާސާގައި ލަންކާގެ ފިނޭންސް މިނިސްޓަރު ސަބްރީ ވަނީ އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތަރަމަން އާ ބައްދަލުކުރައްވާ ދެގައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެއްބަސްވެވަޑައިގަންނަވާފައި ކަމަށް ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވެއެވެ.

މިބައްދަލުވުމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރުގެ އޮފީހުން ވަނީ އައިއެމްއެފް އާއެކު ލަންކާއިން ކުރިއަށް ގެންދާ މަޝްވަރާތަކުގައި އިންޑިއާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަށް ދީފައިވާކަން ފާހަގަކުރައްވާފައެވެ.

ލަންކާގެ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލާ އާންމުންގެ އަޑު ގަދަވެފައި ވީނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ ހޯމަ ދުވަހު އެމަނިކުފާނުގެ ކެބިނެޓަށް އިތުރު 17 މިނިސްޓަރުންވެސް އައްޔަނުކުރައްވާފައެވެ. މި ބޭފުޅުންގެ ތެރޭގައި ރާޖަޕަކްސަ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ އެެއްވެސް ބޭފުޅަކު ހިމެނިވަޑައެއް ނުގަންނަވައެވެ.

ލަންކާގެ ކެބިނެޓަށް އައު ވަޒީރުން އައްޔަނުކުރެވުނުކަން އަންގާ ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވަނީ ރައީސް އަދި ބޮޑުވަޒީރުގެ މަގާމަށް އެއްވެސް ބަދަލެއް ނާންނަކަމަށް ބުނެފައެވެ.

އަންގާރަ ދުވަހު ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް މަޖިލީހުގައި ހުށަހަޅުއްވާފައެވެ. މީގެ ކުރިން ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވެސް ވަނީ ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް ހުށަހަޅުއްވާފައެވެ. ނަމަވެސް އިދިކޮޅުން ވަނީ އެކަމަށް ނޫނެކޭ ބުނެފައެވެ.

ސަރުކާރަށް އަމާޒުވެފައިވާ ނުރުހުން ކުޑަކުރުމަށް ބޮޑުވަޒީރު އަދި ރައީސް ރާޖަޕަކްސަ ވަނީ ލަންކާގެ ގާނޫނަށް ބަދަލު ގެނައިސް ރައީސަށް ދީފައިވާ ބާރުތައް ކުޑަކުރުމަށް ވެސް ހުށަހައްޅުއްވާފައި ކަމަށް ރޮއިޓަރސް ބުނެއެވެ. އެގޮތުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ ރައީސްގެ ތާއީދާއެކު ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތައް ގެންނަށް މަސައްކަތްކުރާނެ ކަމަށާއި މިކަމަށް އާންމު ރައްޔިތުންނާ އިދިކޮޅު ފަރާތްތަކާއި ހުރިހާ އެންމެގެ އެހީއަށް އެދޭކަމަށް ވިދާޅުވެފައެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ސްރީލަންކާއިންޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު