Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިސިސް ޖަމާއަތަށް ތާއީދު ކުރުން

ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުގެ އެހީއާއެކު ތަހުގީގު ހިންގައި، ދިވެއްސެއްގެ މައްޗަށް ޓެރަރިޒަމްގެ ގިނަ ދައުވާތަކެއް

އޭނާގެ މައްޗަށް 5 ދައުވާއެއް ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2022 | އަންގާރަ 07:22
ޕީޖީ ހުސައިން ޝަމީމް- ޕީޖީ ވަނީ ހޫދުގެ މައްޗަށް 5 ދައުވާއެއް ކޮށްފައި

ޕީޖީ ހުސައިން ޝަމީމް- ޕީޖީ ވަނީ ހޫދުގެ މައްޗަށް 5 ދައުވާއެއް ކޮށްފައި

ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދާކަމަށް ތުހުމަތު ކުރެވޭ ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރު ގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ދަައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން ބުނީ، އޭނާ ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތައް ތާޢީދުކޮށް، އެ ޖަމާޢަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަރނެޓް މެދުވެރިކޮށް ފަތުރައި ޝާއިޢުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރު ދެމުންދާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މި މައްސަލައިގައި ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ދަޢުވާ ކުރުމަށް 18 އެޕްރީލް 2022 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށައަޅާފައެވެ.

ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކަށް ބަލާއިރު، އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ. އެއީ އޭނާގެ ފޯނުން ސޯޝަލް މީޑިއާގެ އެކި އެކައުންޓްތައް ބޭނުންކޮށްގެން ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދީ، މީހުންނަށް އަނިޔާދިނުމަށާއި، މީހުން މެރުމަށާއި، ތަންތަނަށް ގެއްލުންދީ ޢުދުވާނީ ހަމަލާތައް ދިނުމަށް ގޮވާލާފައިވަތީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އަދި އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) ޖަމާއަތުން ދުނިޔޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި، ހަމަލާތަކާއި، އެމީހުންގެ ޕްރޮޕެގެންޑާ ފެތުރުމަށް އެކި އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ގިނަ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯ އިސްލާމިކް ސްޓޭޓް ޖަމާޢަތާ ގުޅުންހުރި އޮންލައިން ޕްލެޓްފޯމްތަކުގައި ޙިއްޞާކޮށް، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އޭނާ ހިތްވަރު ދީފައިވާކަމަށްވެސް ދައުވާ އުފުލި ސަބަބެއްގެ ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ.

މި ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިއުންތައް ފެތުރުމުގެ ކުށުގެ ދައުވާވެސް ހިމެނެއެވެ.

އެ ދައުވާ އުފުލާފައިވާ ސަބަބަކީ އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ނިސްބަތްވާ އެކި މަޖައްލާތަކާއި ލިޔުންތަކާއި، ޓެރަރިޒަމްގެ ޢަމަލުތައް ކުރުމަށް ހިތްވަރުދީ އެ ޖަމާޢަތުން ނެރެފައިވާ ފަތުވާތަކާއި ލިޔުންތައް އިންޓަރނެޓްގެ އެކި ޕްލެޓްފޯމްތަކުގައި އޭނާ ފަތުރާފައިވާތީއެވެ.

މި ކުށުގެ އަދަބަކީވެސް 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އޭގެ އިތުރުން، ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދައުވާވެސް އޭނާގެ މައްޗަށް އުފުލާފައިވެއެވެ. ސަބަބަކީ އޭނާ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާތީކަން ޕީޖީ އޮފީހުން ފާހަގަ ކުރެއެވެ.

އެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާވެސް އޭނާގެ މައްޗަށް އުފުލާފައިވެއެވެ. އެއީ އޭނާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދު ކޮށްފައިވާކަމަށް ބުނެއެވެ.

އެ ކުށުގެ އަދަބަކީ 03 އަހަރާއި 05 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ފަސްވަނަ ދައުވާއެއްގެ ގޮތުން ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ. ސަބަބަކީ އޭނާއިސްލާމިކް ސްޓޭޓް ޖަމާޢަތާއި، އެ ޖަމާޢަތުގެ އެކި ވިލާޔަތްތަކަށް ތާއީދުކުރާކަން ދޭހަވާފަދަ ލިޔުންތަކާއި، ފޮޓޯއާއި، ވީޑިއޯ ގެންގުޅެފައިވާތީކަމަށް ޕީޖީ އޮފީހުން ބުނެއެވެ،

އެ ކުށުގެ އަދަބަކީ 01 އަހަރާއި 03 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ހޫދު މުޙައްމަދު ޒާހިރުއާ ގުޅޭ މަޢުލޫމާތު ދިވެހިރާއްޖެއާ ޙިއްޞާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުންނެވެ. މި މައްސަލައިގެ ތަޙުޤީޤަށް ބޭރުގެ އެކި ޤައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަޙުޤީޤީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

އައިސިސްޕްރޮސެކިއުޓަރ ޖެނެރަލްކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޮންޑައި ބީޗުގައި ހަމަލާ ދިނީ ބައްޕަ އާއި ދަރިފުޅު، އައިސިސްއާ ގުޅުން އޮތް ކަމުގެ ތުހުމަތު

ބޮންޑައި ބީޗުގައި ހަމަލާ ދިނީ ބައްޕަ އާއި ދަރިފުޅު، އައިސިސްއާ ގުޅުން އޮތް ކަމުގެ ތުހުމަތު

15 ޑިސެމްބަރު 2025
ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

14 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު