Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑް

ޔުނައިޓެޑްގެ ބްރޫނޯ އެކްސިޑެންޓްވެއްޖެ!

ބްރޫނޯގެ އިތުރުން އެކްސިޑެންޓްވި އެއްވެސް މީހަކަށް އެއްވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 19 އެޕްރީލު 2022 | އަންގާރަ 03:37
ބްރޫނޯ ފެނާންޑޭޒް އެކްސިޑެންޓްވުން

ބްރޫނޯ ފެނާންޑޭޒް އެކްސިޑެންޓްވުން

މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރ ބްރޫނޯ ފެނާންޑޭޒް ދުއްވި ކާރު އެކްސިޑެންޓު ވެއްޖެއެވެ.

ބްރޫނޯ އެކްސިޑެންޓްވީ ހޯމަ ދުވަހުއެވެ. ނަމަވެސް ބްރޫނޯގެ އިތުރުން އެކްސިޑެންޓްވި އެއްވެސް މީހަކަށް އެއްވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭނާ ވަނީ ހޯމަ ދުވަހު އޮތް ޓީމުގެ ފަރިތަކުރުންތަކުގައިވެސް ބައިވެރިވެފައެވެ.

މިކަމާއި ގުޅިގެން ޓީމުގެ ކޯޗު ރަލްފް ރަންގްނިކް ބުނީ ލީގުގައި އަންގާރަ ދުވަހު ލިވަޕޫލާއި ދެކޮޅަށް ނިކުންނަ މެޗުގައި ބްރޫނޯ ފެންނާނެ ކަމަށެވެ. ލީގު ތާވަލުގެ ދެވަނާގައި ލިވަޕޫލް އޮތީ 73 ޕޮއިންޓު ހޯދައިގެންނެވެ. ގަދަ ހަތަރަކަށް ވާދަ ކުރަމުން އަންނަ ޔުނައިޓެޑް އޮތީ 54 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނާގައެވެ. އެހެންކަމުން މި މެޗުން މޮޅުވުން ޔުނައިޓެޑަށް ވަރަށް މުހިންމެވެ.

މިވަގުތު ތާވަލުގެ ހަތަރު ވަނާގައި 57 ޕޮއިންޓާއެކު އޮތީ ޓޮޓެންހަމްއެވެ. ލިވަޕޫލް މެޗުން ޔުނައިޓެޑް މޮޅުވެގެން ޕޮއިންޓުގެ ގޮތުން ޓޮޓެންހަމްއާއި އަރާ ހަމަކުރެވޭނެއެވެ. ނަމަވެސް ޓޮޓެންހަމްއަށް ގޯލުގެ ތަފާތުން ކުރި ލިބޭނެއެވެ.

އަނެއްކޮޅުން ލިވަޕޫލް ނިކުންނާނީ 74 ޕޮއިންޓާއެކު ތާވަލުގެ އެއް ވަނާގައި އޮތް ސިޓީގެ ކުރިއަށް ޖެހިލުމަށެވެ. ޔުނައިޓެޑް މެޗުން އެއްވަރު ކޮށްގެން ވެސް 74 ޕޮއިންޓާއެކު ގޯލުގެ ތަފާތުން ކުރި ހޯދައިގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ލިވަޕޫލްއަށް އެބައޮތެވެ.

މެންޗެސްޓަރ ޔުނައިޓެޑް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު