Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރޯދައާއެކު އުރުދުންއަށް އީދެއް

ކޮވިޑްގެ ލުއިތަކާއެކު އުރުދުންގެ ރައްޔިތުންނަށް ރޯދައިގެ އީދެއް

މާސް އެޅުން މަޖުބޫރެއް ނޫން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 އެޕްރީލު 2022 | ހޯމަ 10:49
ކޮވިޑްގެ ލުއިތަކާއެކު އުރުދުންގައި އާންމުން ރެސްޓޯރެންޓްތަކުގައި ރޯދަ ވީއްލަނީ

ކޮވިޑްގެ ލުއިތަކާއެކު އުރުދުންގައި އާންމުން ރެސްޓޯރެންޓްތަކުގައި ރޯދަ ވީއްލަނީ

1443 ވަނަ އަހަރުގެ ރަމަޟާން މަސް މިފަހަރު އައީ ތަފާތުކޮށެވެ. ފާއިތުވި 2 އަހަރުގެ ތެރޭގައި އުރުދުންގެ ރައްޔިތުންނަށް ޖެހުނީ ގޭގައި ބަންދުވެގެން ތިބެ ރަމަޟާން މަހުގެ ދުވަސްތައް ހޭދަ ކުރާށެވެ. ނަމަވެސް މި ފަހަރު އުރުދުންގައި އާންމުންނަށް އެއްވެސް ހުރަހަކާއި ނުލައި ރަމަޟާން މަހުގެ ރޭތައް ހޭދައް ކުރަމުންދަނީ މިނިވަންކަމާއެކު އީދެއްގެ ގޮތުގައެވެ.

ކޮވިޑްގެ ލުއިތަކާއެކު ރަމަޟާން މަހަށް ޚާއްސަކުރެވޭ ހަރަކާތްތަކާއެކު ހަވީރާއި ރޭގަނޑު ކަންކަން ކުރިއަށް ދަނީ 2 އަހަރު ފަހުންނެވެ.

އެގޮތުން އައްމާންގެ މަޝްހޫރު ރެސްޓޯރެންޓްތަކުގައި ރޯދަ ވީއްލުމާއި، މަގުމަތީ ބާޒާރުތައް ބޭއްވުމާއި، ތަފާތު ކުޅިވަރުތަކާއި ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި މި ރޯދަމަހަކީ ތަފާތުކަން އިހުސާސްވާ ރޯދަ މަހެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

"މާސްކް އަޅާކަށް ނުޖެހޭ. މިއީ އަހަންނަށް އެންމެ މުހިންމު ނިންމުމަކީ. އަހަނަށް ފެންނަނީ މީހުންގެ މޫނުމަތިން ތާޒާކަން" ހާރު ކާން ވެގެން އިން ދުއާ ފަތަފްތާ އުފަލުން އޭނާގެ އިހުސާސްތައް ކިޔައިދިނެވެ.

ގިނަ ހަރަކާތްތައް ބާއްވަމުން އަންނަނީ އަމިއްލަ ފަރަތްތަކުންނެވެ. މީގެއިތުރުން އުރުދުންގެ ސަރުކާރުން ވެސް ވަނީ މުޅި ގައުމު ޝާމިލްވާގޮތަށް ހަރަކާތްތަކެއް ބާއްވަން ނިންމާފައެވެ. އޭގެ ތެރޭގައި ޅެން ކިއުމާއި، ފުލޯކް އަދި ދީނީ ހަރަކާތްތައް ދައްކުވައިދޭ ތަމްސީލުތަކާއި، ތިއޭޓަރުގައި ކުރިއަށްގެންދާ ހަރަކާތްތަކާއި، ސަގާފީ މުބާރާތްތަކުގެ އިތުރުން ބާޒާރު އަދި ކުޑަކުދިންނައް ޚާއްސަ ހަރަކާތްތައް ހިމެނެއެވެ.

ޖޯޑަންރަމަޟާންރަމަޟާން 1443

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2025

ޣައްޒާ ހަނގުރާމައާ ގުޅިގެން ދުނިޔެ ހަނު އޮންނާތީ ޖޯޑަންގެ ފޮރިން މިނިސްޓަރުގެ ކަންބޮޑުވުން

04 ސެޕްޓެމްބަރު 2025
ޣައްޒާ ހަނގުރާމައާ ގުޅިގެން ދުނިޔެ ހަނު އޮންނާތީ ޖޯޑަންގެ ފޮރިން މިނިސްޓަރުގެ ކަންބޮޑުވުން
27 ޖެނުއަރީ 2025

ޣައްޒާ "ސާފުކޮށްލަން" ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް އުރުދުން އިން ވެސް ދެކޮޅު ހަދައިފި

27 ޖެނުއަރީ 2025
ޣައްޒާ "ސާފުކޮށްލަން" ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް އުރުދުން އިން ވެސް ދެކޮޅު ހަދައިފި
27 ޖެނުއަރީ 2025

ފަލަސްތީން ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް މިސުރުން ދެކޮޅު ހަދައިފި

27 ޖެނުއަރީ 2025
ފަލަސްތީން ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް މިސުރުން ދެކޮޅު ހަދައިފި
07 ޖޫން 2024

ޖޯޑްން އިން އިޒްރޭލާ ގުޅުން ގާއިމް ކުރާތީ ދެކޮޅު ހެދުމުގެ ގޮތުން ޒުވާނަކު އަމިއްލަ އަށް ގައިގައި ރޯކޮށްލައިފި

07 ޖޫން 2024
ޖޯޑްން އިން އިޒްރޭލާ ގުޅުން ގާއިމް ކުރާތީ ދެކޮޅު ހެދުމުގެ ގޮތުން ޒުވާނަކު އަމިއްލަ އަށް ގައިގައި ރޯކޮށްލައިފި
23 މާރިޗު 2024

އަމީންގެ ރޯދަވީއްލުން ބިމުގެ 800 މީޓަރު އަޑީގައި!

23 މާރިޗު 2024
އަމީންގެ ރޯދަވީއްލުން ބިމުގެ 800 މީޓަރު އަޑީގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު