Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން-ރަޝިޔާ ހަނގުރާމަ

ހަނގުރާމައާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ރަޝިޔާއަށް ވަޑައިގަތުން މަނާކޮށްފި

ފޮރިން ސެކްރެޓަރީ ލިޒް ޓްރުސް، ޑިފެންސް ސެކްރެޓަރީ ބެން ވޮލެސް، އަދި އިތުރު 10 މީހުން ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 އެޕްރީލު 2022 | ހޮނިހިރު 12:03
ޔޫކޭގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން

ޔޫކޭގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން

ރަޝިޔާއިން ފަށާފައިވާ ހަނގުރާމައާއެކު އިނގިރޭސިވިލާތުން އެގައުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން, (އިނގިރޭސި ބޮޑުވަޒީރު ހިމެނިވަޑައިގަންނަވާހެން) އިނގިރޭސިވިލާތުގެ އިސް އޮފިޝަލުންތަކެއް ރަޝިޔާއަށް އެތެރެވުން މަނާކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިތުރުން ރަޝިޔާއަށް އެތެރެވުން މަނާކޮށްފައިވާ އިސް އޮފިޝަލުންގެ ތެރޭގައި ސީނިއަރ މިނިސްޓަރުން ހިމެނެއެވެ. ވަކިވަކި ފަރާތްތަކަށް ބަލާއިރު، ފޮރިން ސެކްރެޓަރީ ލިޒް ޓްރުސް، ޑިފެންސް ސެކްރެޓަރީ ބެން ވޮލެސް, އަދި އިތުރު 10 މީހުން ހިމެނެއެވެ. ގިނައީ ކެބިނެޓްގައި ހިމެނޭ އިސް ފަރާތްތަކެވެ.

ރަޝިއާއިން ބުނީ މި ފިޔަވަޅުއަޅަން ނިންމާފައިވަނީ ޔޫކްރެއިނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައާއި ގުޅިގެން އިނގިރޭސިވިލާތުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ރައްދެއްގެ ގޮތުގައި ކަމަށެވެ. މާޗް މަހުގައި އެމެރިކާގެ އިސް އޮފިޝަލުންތަކަކާ ދެކޮޅަށް ވެސް ރަޝިޔާއިން މިފަދަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

ރަޝިޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, އިނގިރޭސިވިލާތުން ފަތުރާ ދޮގު މައުލޫމާތާއި އެމީހުންގެ ސިޔާސީ ކެމްޕެއިންގެ މަގުސަދަކީ ރަޝިޔާ ބައިނަލްއަގުވާމީ ގޮތުން އެކަހެރިކޮށްލުންކަމަށެވެ. އަދި އެކަހެރިކޮށްލުމުގެ އިތުރުން ގައުމުގެ އެތެރޭގެ އިގުތިސާދަށް ލޮޅުން އެރުވުމަކީ އެމީހުންގެ ބޭނުމެއްކަމަށް ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ އިސް އޮފިޝަލުން އެގައުމަށް އެތެރެވުން ރަޝިޔާއިން މަނާކޮށްފައިވާއިރު، މި ހަފުތާގެ ކުރީކޮޅު އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ, ރަޝިޔާއާ ދެކޮޅަށް އިތުރު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.

ފިޔަވަޅުތަކުގެ ތެރޭގައި މާލީ ގޮތުން ރަޝިއާގެ އިގްތިސާދަށް ގެއްލުން ދިނުމާއި، ރައީސް ޕުޓިންއަށް ފިޔަވަޅު އެޅުމާއި، އިސް އޮފިޝަލުންގެ އިތުރުން ރަޝިޔާގެ ވެރިކަމުގެ ސަބަބުން ފައިދާވާ ފަރާތްތަކާ ދެކޮޅަށްވެސް ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިނގިރޭސިވިލާތްބޮރިސް ޖޯންސަންވްލަޑިމިއަރ ޕުޓިން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު