Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ އިގުތިސާދީ ކާރިސާ

ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖް 5 ދުވަހަށް ބަންދުކުރަން ނިންމައިފި

ސްޓޮކް އެކްސްޗޭންޖް ބަންދުކުރަން ނިންމީ، ލަންކާގެ މިވަގުތުގެ އިގުތިސާދީ ހާލަތު ބަޔާންކުރުމުގެ ފުރުސަތު އިންވެސްޓަރުންނަށް ދިނުމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 16 އެޕްރީލު 2022 | ހޮނިހިރު 11:17
ލަންކާ

ލަންކާ

ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖް, އޭޕްރީލް 18 ވަނަ ދުވަހުން ފެށިގެން 5 ދުވަހަށް ބަންދުކުރުމަށް ލަންކާގެ ސެކިއުރިޓީ ކޮމިޝަނުން އަންގައިފިއެވެ.

އިކޮނޮމިކް ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތުން ސްޓޮކް އެކްސްޗޭންޖް ބަންދުކުރުމަށް އަންގާފައި ވަނީ ލަންކާގެ މިވަގުތުގެ އިގުތިސާދީ ހާލަތު ބަޔާންކުރުމުގެ ފުރުސަތު އިންވެސްޓަރުންނަށް ދިނުމަށެވެ. އެގޮތުން ސްޓޮކް އެކްސްޗޭންޖްގެ ޑިރެކްޓަރުންގެ ބޯޑާއި ހިއްސާދާރުން ވަނީ ވަގުތީ ގޮތުން ސްޓޮކް މާކެޓް ހޯދުމަށް އެދިފައި ކަމަށް, ލަންކާގެ ސެކިއުރިޓީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެކޮމިޝަނުން ބުނެފައި ވަނީ މިނިންމުން ނިންމާފައި ވަނީ ސްޓޮކް އެކްސްޗޭންޖްގެ ޑިރެކްޓަރުންގެ ބޯޑާއި ހިއްސާދާރުން ފާހަގަކޮށްފައިވާ ކަންތަކާއި, ގައުމުގެ މިހާރުގެ އިގުތިސާދީ ހާލަތައް ރިއާޔަތްކޮށް، މިކަމުގެ ސަބަބުން ސްޓޮކްމާކެޓަށް ކޮށްފާނެ އަސަރުތަކަށް ވިސްނުމަށްފަހު ކަމަށެވެ.

ލަންކާގެ މަންދޫބުންގެ ޓީމެއް މިމަހުގެ 18 ވަނަ ދުވަހު އެމެރިކާއަށް ދަތުރުކުރުމަށް ނިންމާފައިވާއިރު, މިދަތުރުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާއެކު މަޝްވަރާކޮށް ހަތަރު ބިލިއަން ޑޮލަރުގެ އެހީ ހޯދުމަށް ލަންކާއިން މަސައްކަތްކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިމުނު ހަފުތާގައި ލަންކާއިން އެގައުމުން ބޭރުގެ ގައުމުތަކަށް އަދާކުރަން ޖެހެ ދަރަނި ދެއްކުން މަޑުޖައްސާލަން ނިންމުމާއެކު, އެގައުމުން ބޭރުގެ ދަރަނި ދެއްކުމަށްޓަކައި، ދަރަނި ނަގާފައިވާ ފަރާތްތަކާ ވާހަކަދެއްކުމަށް ނިންމި ނިންމުމަށް އައިއެމްއެފުން ތާއީދުކުރާކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. އެގޮތުން އައިއެމްއެފްގެ ލަންކާގެ މިޝަން ޗީފް މަސަހިރޯ ނޮޒާކީ ވަނީ, ލަންކާގެ ދަރަނި ދެއްކުމާއި، ކުރަމުން އަންނަ މަސައްކަތް އަދި މެކްރޯއިކޮނަމީ ޕޮލިސީތަކަށް އެކަނި ބަދަލު ގެނެސްގެން އެގައުމު ދަރަނިން ސަލާމަތް ނުވާނެކަން ފާހަގަކޮށް, ދަރަނި ދިން ފަރާތްތަކާ ވާހަކަދައްކައިގެން ދަރަނި އަދާކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ވިދާޅުވެފައެވެ.

ސްރީލަންކާގައި މިވަގުތު އޮތް ހަމަނުޖެހުމުން އަރައިގަނެ، ޒަރޫރީ ތަކެއްޗަށް އޮތް ދަތިކަންފިލުވާލައި، (ވަކިން ޚާއްސަކޮށް) ތެލާއި ބޭސް އަދި އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް 3 ބިލިއަން ޑޮލަރުގެ ބޭރުގެ އެހީ ބޭނުންވާކަމަށް ލަންކާގެ ފިނޭންސް މިނިސްޓަރު އަލީ ސަބްރީ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގައި ކަރަންޓާއި، ބޭހާއި، ތެލާއި އަދި ޒަރޫރީ ތަކެއްޗަށް ވަނީ ޖެހިފައެވެ. މިއާއެކު އާންމުން ރުޅިގަދަވެ, މަގުތަކަށް ނުކުމެ މުޒާހަރާކުރަމުން އަންނައިރު، ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް ވަނީ ނުއުފުލޭވަރުގެ ފިއްތުންތަކާ ކުރިމަތިލާންޖެހިވަޑައިގެންފައެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، މި ހަފުތާތެރޭގައި ލަންކާއިން ދައްކަން ޖެހިފައި ހުރި ދަރަނީގެ ސަބަބުން, އެގައުމުގެ އަހަރު ދުވަހުގެ ބޭރުގެ ދަރަނި 7 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ. މިއީ މިހާރު ހޯދަން މަސައްކަތް ކުރަމުން އަންނަ 3 ބިލިއަން ޑޮލަރު ހިމަނައިގެންނެވެ. ބޭރުގެ ސޮވްރިން ބޮންޑަށް ނުދެއްކި 12.55 ބިލިއަން ޑޮލަރު ހުރި އިރު، ބޭރުގެ ރިޒަރވްގެ ގޮތުގައި މާޗް މަހުގެ ނިޔަލަށް ހުރީ 1.93 ބިލިއަން ޑޮލަރު ކަމަށް ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު