Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރެކްޝަނަލް ސަރވިސްގެ އަސާސީ ތަމްރީނު ޕްރޮގްރާމް

ގައިދީން ތަހައްމަލުކުރަމުންދާ ދަތިތަކަށް ހައްލެއް ހޯދާނަން: އިމްރާން

16 އެޕްރީލު 2022 | ހޮނިހިރު 03:29

ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން މިކަމަށް ނުކުރާ ވަރަށް މިސަރުކާރުން މަސައްކަތްކޮށްފައިވާކަން، ފުރިހަމަ ޔަގީންކަމާއެކު ގަބޫލުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 އެޕްރީލު 2022 | ހޮނިހިރު 03:29
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ - އަސާސީ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިއަކަށް ޝީލްޑް ހަވާލުކުރައްވަނީ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ - އަސާސީ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިއަކަށް ޝީލްޑް ހަވާލުކުރައްވަނީ

ގައިދީން ތަހައްމަލުކުރަމުންދާ ދަތިތަކަކީ ފަރުވާ ހޯދަން ޖެހިފައިވާ ގައުމީ މައްސަލައެއްކަން މިސަރުކާރުން ފުރިހަމައަށް ގަބޫލުކުރާކަމަށާއި, އެކަމަށް ފަރުވާ ހޯއްދަވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 25 ވަނަ އަސާސީ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިން ދަސްވެނިވުމާއި ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ, އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރު އައީ ޒަމާނުއްސުރެ ދިވެހިންގެ ހިތުގައި ޖަލުތަކާމެދު އުފެދިފައިވާ ކިލަނބީ ތަސައްވަރު ދިލާސީކުރުމުގެ ފުރިހަމަ ތަސައްވަރަކާއެކުކަމަށެވެ. މިޒިންމާއާ ހަވާލުވީއިރުވެސް ޖަލުތަކުގެ ހާލު ރަނގަޅަށް ދެނެވަޑައިގެން ހުންނެވިކަމަށެވެ. އަދި ގައިދީން ތަހައްމަލުކުރަންޖެހޭ ދަތިތަކަކީ ފަރުވާ ހޯދަން ޖެހިފައިވާ ގައުމީ މައްސަލައެއްކަން މިސަރުކާރުން ފުރިހަމައަށް ގަބޫލުކުރާކަމަށެވެ. މިސަބަބާހުރެ ޖަލުތައް ހިންގުމުގެ މުޅި ނިޒާމް ރިފޯރމްކޮށް, އިންސާނީ ކަރާމާތާއި, އަސާސީ ހައްގުތައް ކަށަވަރުވާނޭ ފަދައިން ޖަލުގެ ކަންކަން ތަރުތީބުކޮށް ހިންގުމަށް ބޭނުންވާނެ ޑައިރެކްޝަން އަބަދުވެސް ދެއްވަމުން ގެންދަވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ, ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން މިކަމަށް ނުކުރާ މަސައްކަތް މިސަރުކާރުން ކޮށްފައިވާކަން ފުރިހަމަ ޔަގީންކަމާއެކު ގަބޫލުކުރައްވާކަމަށެވެ.

ސަރުކާރުގެ އެންމެ ފުރަތަމަ ދުވަސްކޮޅުގައި ޖަލު އޮޑިޓްކޮށް ފުރިހަމަ ރިޕޯޓެއް އެކުލަވާލެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޖަލުގެ އޮޑިޓް ރިޕޯރޓްގައި ފާހަގަކޮށްފައިވާ މުހިއްމު ކަންކަން ކަރެކްޝަނަލް ސަރވިސްއިން މިހާރުވެސް ކޮށްފައިވާކަމަށާއި, އަދި ނުކުރެވިހުރި ކަންކަންވެސް ކުރެވޭނެ މަގު ފަހިކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖަލުގެ އޮޑިޓް ރިޕޯރޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން, ކުރަމުންދާ ކަންކަމާއި ކޮށްފައިވާ ކަންކަން, އެކަމަށް ޚާއްސަކުރެވިފައިވާ ކޮމިޓީއަކާއެކު ގާތުން ބައްލަވަމުން ދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި މިހާރުހުރި ގިނަ ޖަލުތަކަކީ އުފެދުމުގައި އެހެން ކަމަކަށް ބޭނުންކުރާގޮތަށް އިމާރާތްކޮށްފައިވާ ޖަލުތަކެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޮފިސަރުންގެ އިދާރީ މަސައްކަތްތަކަށް ގާއިމްކުރެވިފައިވާ މާހައުލަކީވެސް މިފަދަ ސްޓްރެސް މަސައްކަތެއް ކުރުމުގައި އެންމެ އެކަށީގެންނުވާ ތަންތަން ކަމަށާއި, މިއީވެސް އެންމެންނަށް ފެންނަންއޮތް ހަގީގަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކަރެކްޝަންގައި ތަމްރީނުދިނުމަށް އެންމެ އެކަށޭނަ ވަސީލަތްތައް ނެތުން އެއީ ހިތާމަކުރާކަމެއްކަމަށާއި, 50 އަހަރުވީ މިޚިދުމަތުގައި ޒަމާނާ އެއްވަރަށް ޓްރެއިނިންގ ދެވޭނެ މަގުތައް ފަހިކޮށްދިނުމަކީ ވަރަށް މުހިއްމުކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމަށް މިއަދު ވަރަށް ބޮޑު ހައްލެއް ހޯދައިދެވިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯރސްމަންޓްގެ ތެރެއިން, ގާނޫނު ތަންފީޒުކުރާ ހުރިހާ މުއައްސަސާތަކަށް ބޭނުންވާނެ ތަމްރީނު އެންމެ ރަނގަޅުގޮތުގައި ފޯރުކޮށްދިނުމަށް މިއަދު އެކަށީގެންވާ ނިޒާމެއް ގާއިމްކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޖަލުތަކުގައި ނުވަތަ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި 2000އެއްހާ ގައިދީން ތިބިއިރު, ހައެއްކަ ސަތޭކަ އޮފިސަރުންނަކީ މިކަން ކުރުމަށް އެންމެ އެކަށީގެންވާ އަދަދެއްނޫންކަމަށާއި, މިކަމުގެ ސަބަބުން ގައިދީންނަށް ދޭންޖެހޭ ޚިދުމަތަށް (ޚާއްސަކޮށް ރިހިބިލިޓޭޝަންގެ މަސައްކަތަށް) ދޭންޖެހޭ ސަމާލުކަން ނުދެވި އެކަން އެންމެ ފުރިހަމަގޮތުގައި ނުކުރެވުމުން, ޖަލުތަކުން ނެރޭ ގައިދީންނަށް އެންމެ ފުރިހަމަގޮތުގައި ޕްރޮގްރާމް ހިންގިފައިނުވާކަން ގަބޫލުފުޅުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ޖަލުގައި އެކަށީގެންވާ މިންވަރަށް އިންސާނީ ވަަސީލަތް ގާއިމްކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ, އަލަށް ގިނަ އޮފިސަރުންތަކެއް ކަރެކްޝަނަށް ނެގެނީ ރައީސުލްޖުމްހޫރިއްޔާގެ ސީދާ އެހީފުޅާއެކު ކަމަށެވެ. އަލަށް ގުޅުނު ކަރެކްޝަން އޮފިސަރުންނާ މުޚާތަބުކުރައްވާ މިނިސްޓަރ ވިދާޅުވީ, އެއޮފިސަރުން ހަވާލުވަނީ ވަރަށްބޮޑު ގައުމީ މަސައްކަތަކާކަމަށެވެ.

ހައުސިންގ މިނިސްޓްރީހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި
03 އޮކްޓޯބަރު 2025

ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

03 އޮކްޓޯބަރު 2025
ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު
07 ޖުލައި 2025

ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

07 ޖުލައި 2025
ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!
02 ޖުލައި 2025

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

02 ޖުލައި 2025
ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް
19 މާރިޗު 2025

"ހިލޭ ބޭސްފަރުވާއާއި، އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް ދީގެން ނުވާނެ"

19 މާރިޗު 2025
"ހިލޭ ބޭސްފަރުވާއާއި، އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް ދީގެން ނުވާނެ"
18 ޑިސެމްބަރު 2024

އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް 18000ށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

18 ޑިސެމްބަރު 2024
އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް 18000ށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި
29 އޮކްޓޯބަރު 2024

ގުޅީފަޅުގެ ނުހިއްކައި އޮތް ފަޅުން 1،300 ގޯތި ދޫކުރުން - ގުރު ލުމާއި މެދު ކަންބޮޑުވުންތައް އިންތިހާ

29 އޮކްޓޯބަރު 2024
ގުޅީފަޅުގެ ނުހިއްކައި އޮތް ފަޅުން 1،300 ގޯތި ދޫކުރުން - ގުރު ލުމާއި މެދު ކަންބޮޑުވުންތައް އިންތިހާ
22 އޮކްޓޯބަރު 2024

ވިސާ ފީ އާއި ކޯޓާ ފީ، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފަ - އިހުސާން

22 އޮކްޓޯބަރު 2024
ވިސާ ފީ އާއި ކޯޓާ ފީ، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފަ - އިހުސާން
24 ޖުލައި 2024

ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ގޮތުން ބޮޑެތި އަދަދުތަކުން ފީ ނުދައްކާ ފަރާތްތައް އާންމު ކޮށްފި

24 ޖުލައި 2024
ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ގޮތުން ބޮޑެތި އަދަދުތަކުން ފީ ނުދައްކާ ފަރާތްތައް އާންމު ކޮށްފި
20 ޖުލައި 2024

ރާއްޖޭގެ ގިނަ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ހާއްޔަކަށްވެއްޖެ: އިޙްސާން

20 ޖުލައި 2024
ރާއްޖޭގެ ގިނަ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ހާއްޔަކަށްވެއްޖެ: އިޙްސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް