Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީ މަސައްކަތްތެރިން

ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ގޮތުން ބޮޑެތި އަދަދުތަކުން ފީ ނުދައްކާ ފަރާތްތައް އާންމު ކޮށްފި

މި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ 2024 އޮގަސްޓް 12 ވަނަ ދުވަހުގެ ކުރިން ދައްކާ ޚަލާސްކުރުމަށް ހޯމް މިނިސްޓްރީން އަންގާ ކަމަށް ވެސް އިއުލާނުގައި ވޭ

ރާއްޖެ އެމްވީ | 24 ޖުލައި 2024 | ބުދަ 19:40
ބިދޭސީ މަސައްކަތްތެރިން (ފައިލް ފޮޓޯ)

ބިދޭސީ މަސައްކަތްތެރިން (ފައިލް ފޮޓޯ)

ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު އެއް ލައްކަ ރުފިޔާ އަށްވުރެ އިތުރުވާ ފަރާތްތަކުގެ ތަފްޞީލް ހިމެނޭ ލިސްޓެއް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން އާންމު ކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުދަ ދުވަހުގެ ރޭ އާންމު ކުރި ލިސްޓުގައި 1026 ފަރާތެއްގެ ނަން ހިމަނާފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ނަން މަޝްހޫރު ބައެއް ކުންފުނި ތަކާއި އާންމު ފަރުދުންވެސް ހިމެނެއެވެ.

ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި ލިސްޓަކީ 23 ޖުލައި 2024 ވަނަ ދުވަހުގެ ނިޔަލަށް އެކްސްޕެޓް ސިސްޓަމް އިން ނަގާފައިވާ ރިޕޯޓެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ ލިސްޓެއް ކަމަށެވެ.

މި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ 2024 އޮގަސްޓް 12 ވަނަ ދުވަހުގެ ކުރިން ދައްކާ ޚަލާސްކުރުމަށް ހޯމް މިނިސްޓްރީން އަންގާ ކަމަށް ވެސް އިއުލާނުގައި ވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާ ޚަލާސް ނުކޮށްފިނަމަ އެފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އައު ހުއްދަ ދިނުން ހުއްޓާލެވޭނެ ކަންވެސް އިއުލާނުގައި ބުނެފައިވެއެވެ.

ހޯމް މިނިސްޓްރީން ހާމަ ކުރި ލިސްޓުގައި އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ ކުންފުނީގެ ގޮތުގައި ފުޓްސަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އޮތް އިރު އެ ކުންފުނިން ވޯކް ޕާމިޓް ފީ އާއި ކޯޓާ ފީގެ ގޮތުގައި 26.8 މިލިއަނަށް ވުރެ ގިނަ ފައިސާ ދައުލަތައް ދައްކަން ޖެހޭ ކަމަށް ލިސްޓުގައިވެއެވެ.

މިލިއަނަކަށް ވުރެ ގިނައިން ފައިސާ ދައްކަން ޖެހޭ 123 ކުންފުންޏެއް ލިސްޓުގައި ހިމެނޭ އިރު މީގެ ތެރޭގައި 11 މިލިއަނަށް ވުރެ ގިނަ ފައިސާ ދައްކަން ޖެހޭ 6 ކުންފުނި ހިމެނޭކަން ފާހަގަ ކުރެވެއެވެ.

ބިދޭސީންހައުސިންގ މިނިސްޓްރީ

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި
03 އޮކްޓޯބަރު 2025

ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

03 އޮކްޓޯބަރު 2025
ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު
12 ޖުލައި 2025

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
07 ޖުލައި 2025

ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

07 ޖުލައި 2025
ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!
03 ޖުލައި 2025

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
03 ޖުލައި 2025

ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

03 ޖުލައި 2025
ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި
02 ޖުލައި 2025

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

02 ޖުލައި 2025
ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް
30 ޖޫން 2025

"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން

30 ޖޫން 2025
"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން
25 ޖޫން 2025

މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި

25 ޖޫން 2025
މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި
01 މެއި 2025

އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރާނަން: ރައީސް މުއިއްޒު

01 މެއި 2025
އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރާނަން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު