Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮރަޕްޝަނުގެ މައްސަލަތައް

ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

3 އޮކްޓޯބަރު 2025 | ހުކުރު 08:07

ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ ހޯމް މިނިސްޓަރ އަލީ އިހުސާނުގެ ބެލުމުގެ ދަށުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 3 އޮކްޓޯބަރު 2025 | ހުކުރު 08:07
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު

ދިވެހިރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ ހޯމް މިނިސްޓަރ އަލީ އިހުސާނުގެ ބެލުމުގެ ދަށުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ބައްލަވަން ޖެހޭނީ މަގާމުގައި ތިއްބަވާއިރުގައި ކަމަށް ވިދާޅުވެ، މި ސަރުކާރުގެ ހޯމް މިނިސްޓަރ އަލީ އިހުސާނު އެކްސްގައި ޕޯސްޓެއް ކުރައްވާފައިވާ ކަމަށާއި އެފަދައިން ވިދާޅުވެ ޕޯސްޓު ކުރައްވާއިރު، މި ސަރުކާރު އުފެދިގެން ކޮރަޕްޝަނެއްގެ މައްސަލައިގައި އެންމެ ފުރަތަމަ ސުވާލުކުރެވުނު އެއްބޭފުޅަކީ މިނިސްޓަރ އިހުސާން ކަމަށެވެ.

Advertisement - newsAdvertisement

ޝަމްހީދު ވިދާޅުވީ މިނިސްޓަރ އިހުސާނާއި ސުވާލުކުރެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށާއި ސުވާލުކުރެވުނީ ދުނިޔޭގެ އެންމެ ބޮޑެތި ބްލެކް ލިސްޓެޑް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ބެސްޓެޓް ނަކަމަށް ކިޔާ ކުންފުންޏެއް ހައްދަވައިގެން ދައުލަތަށް އަހަރަކު 500 މިލިއަން ރުފިޔާ ގެއްލުންވާ ގޮތަށް ހަދާފައިވާ އެއްބަސްވުމަކާއި ގުޅޭގޮތުން ކަމަށެވެ.

އަދި އެސުވާލާއި އެކު ދެއްކެވީ ސިޓީތަކެއް ކަމަށާއި އަދި އެ ކުންފުނިން 13 މިލިއަނެއްހައި ރުފިޔާ ދޭން އޮތުމުން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް މިިނިސްޓަރ އިހުސާން ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން މި ސަރުކާރު އުފެދިގެން ކޮރަޕްޝަނެއްގެ މައްސަލައިގައި އެންމެ ފުރަތަމަ ސުވާލުކުރެވުނު އެއްބޭފުޅަކީ މިނިސްޓަރ އިހުސާން. އިހުސާން އާއި މި ސުވާލުކުރަނީ، އަޅުގަނޑުމެންގެ ޕީޖީ ލީޑަރ އިނގޭތީ ސުވާލު ކުރެއްވީ ވެސް. ސުވާލުމިކުރަނީ ބެސްޓެޓް ކިޔާ ކުންފުންޏަކާއި އެކީގައި އެއްބަސްވުމެއް ހަދައިގެން ދައުލަތަށް އަހަރަކު 500 މިލިއަން ރުފިޔާ ގެއްލުންވާކަހަލަ އެއްބަސްވުމެއް މަނިކުފާނު އެބަ ހައްދަވަން ހެއްޔޭ. ބުނީމަ ދައްކަނީ ސިޓީތަކެއް. އެބޭފުޅުން އެބައިނޭ 13 މިލިއަން ޑޮލަރެއް ކަންނޭންގެ ބަދަލުގެ ގޮތުގައި ހޯދަން، އެހެންވީމަ ތިމަންނަމެން އެކަން އެބ ކުރަމޭ
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު

މީގެ އިތުރުން ޝަމްހީދު ވިދާޅުވީ ދިވެހިރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން ކަމަށެވެ.

އަދި އެ އެއްބަސްވުން ހައްދަވައިގެން އަމަލީގޮތުން އެމަސައްކަތް ކުރިޔަށް ގެންދަވާކަން ފާހަގަކުރައްވަމުން ޝަމްހީދު ވިދާޅުވީ މިފަދަ ބޭފުޅުން ކޮރަޕްޝަނުގެ ވާހަތައް ދައްކާތީ ހައިރާންވާ ކަމަށެވެ. އަދި މިއީ ކޮރަޕްޝަނޭ ވިދާޅުވެ ވާހަތައްދެއްކޭ ފެންވަރުހުރި ބޭފުޅުން ނޫން ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ މި މައްސަލާގައި މި ސަރުކާރުގެ ބަންޑާރަނައިބު އަހުމަދު އުޝާމް ގާނޫނީ އެއްވެސް ލަފައެއް ދެއްވިތޯ ވެސް މިނިސްޓަރ އިހުސާނުކުރެން ސުވާލުކުރެއްވި ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް އަދި މިހާތަނަށް ދެއްވާފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ބަންޑާރަ ނައިބަށް ވެސް މި މައްސަލާގައި މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވާ 14 ދުވަހުގެ މުހުލަތެއް ދިން ނަމަވެސް ހަ މަސްވެގެން ދިޔައިރުގައި ވެސް އަދި މިހާތަނަށް އެ މައްސަލައިގައި ޖަވާބުދާރީ ވުމަށް މަޖިލީހަށް ވަޑައިގެންފައި ނުވާކަން ޝަމްހީދު ފާހަގަކުރެއްވި އެވެ.

ޝަމަހީދު ވިދާޅުވީ ބެސްޓޭޓް ކުންފުންޏަށް ބަލާއިރު މި ކުންފުންޏަކީ ދުނިޔޭގައި ބްލެކް ލިސްޓެޑް ކުންފުންޏެއް ކަމަށެވެ. އަދި އެކުންފުންޏާއި އެކު އެއްބަސްވުމެއް ހަދައިގެން އެ ކުރައްވަނީ ވަރަށް ނުރައްކާތެރިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ މިނިސްޓަރ އިހުސާން އެ ވިދާޅުވާ 13 މިލިއަން ޑޮލަރެއްގެ ބަދަލު ހޯދަން މިހާތަނަށް އެއްވެސް ކޯޓަކަށް ވެސް ގޮސްފައިނުވާކަމަށެވެ.

ޑރ. އަހްމަދު ޝަމްހީދުބެސްޓެޓްހައުސިންގ މިނިސްޓްރީކޮރަޕްޝަން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި

01 ޑިސެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި
01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
28 ނޮވެމްބަރު 2025

އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން

28 ނޮވެމްބަރު 2025
އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް