Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑް

ޓެން ހާގްގެ ޕްލޭންގައި ރޮނާލްޑޯ ނުހިމެނޭ!

ޓެން ހާގްގެ ސްޓައިލަށް ރޮނާލްޑޯގެ ކުޅުން ނުފެތޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 15 އެޕްރީލު 2022 | ހުކުރު 18:52
މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑާއި މިއަންނަ ސީޒަންގައި ހަވާލުވާނެ އެރިކް ޓެން ހާގްގެ ޕްލޭންގައި އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނޭކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޓެން ހާގް ވަނީ އޭނާގެ ސްޓައިލަށް ރޮނާލްޑޯގެ ކުޅުން ނުފެތޭ ކަމަށާއި އެހެންކަމުން އޭނާގެ ޕްލޭންގައި ރޮނާލްޑޯ ނުހިމެނޭކަން ޔުނައިޓެޑަށް އަންގާފައެވެ.

މިދިޔަ ސަމަރ ޓްރާންސްފަރގައި ރޮނާލްޑޯ ވަނީ އޭނާ ކުރިންވެސް ކުޅުނު ޔުނައިޓެޑާއި އަލުން ގުޅިފައެވެ. އެހިސާބުން ގިނަ ބަޔަކު އުންމީދުކުރީ ޔުނައިޓެޑަށް ފަހުގެ ތާރީހެއްގައި ޓްރޮފީއެއް ނުލިބޭ މައްސަލަ ހައްލުވެގެން ދާނެ ކަމަށެވެ. ނަމަވެސް މިފަހަރުގެ ސީޒަންވެސް އެޓީމު ނިންމާލަން މިޖެހެނީ ހުސް އަތާއެވެ. މިއީ ޔުނައިޓެޑުން ޖެހިޖެހިގެން ހުސް އަތާ ނިންމާލާނެ ފަސްވަނަ ސީޒަންއެވެ.

މިވަގުތު ޔުނައިޓެޑު އޮތީ ޕްރިމިއަރ ލީގު ތާވަލުގެ ހަތް ވަނައިގައެވެ. އެޓީމުން މަސައްކަތް ކުރަމުން އަންނަނީ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދާ މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމަށެވެ.

މި ސީޒަންއަށް ޔުނައިޓެޑާއި ގުޅި، ރޮނާލްޑޮ ވަނީ ވަރަށް ރަނގަޅަށް ސީޒަން ފަށާފައެވެ. ޕްރިމިއަރ ލީގުގެ ސެޕްޓެމްބަރު މަހުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ރޮނާލްޑޯ ވަނީ ވިޔަރެއާލް އާއި އެޓްލާންޓާ ކޮޅަށްވެސް ޗެމްޕިއަންސް ލީގުގައި މުހިންމު ލަނޑުތަކެއް ޖަހާފައެވެ. ޖުމްލަ 18 ލަނޑާއެކު ޓީމުގެ އެންމެ ގިނަ ލަނޑު މި ސީޒަންގައި ކާމިޔާބު ކުރީ ރޮނާލްޑޯއެވެ.

ނަމަވެސް، ސީޒަންގެ ފަހުކޮޅަށް އައި އިރު، އޭނާގެ ޕާފޯމެންސް ވަނީ ދަށްވެފައެވެ. އެންމެ ފަހުން ކުޅުނު 13 މެޗުގައި ރޮނާލްޑޯއަށް ކާމިޔާބު ކުރެވުނީ އެންމެ ހަތަރު ލަނޑެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު