Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ ދަރަނި ދެއްކުން

ލަންކާއިން ދަރަނި ދެއްކުމުގައި އަމަލުކުރަން ނިންމި ނިންމުމަށް އައިއެމްއެފުން މަރުހަބާ ކިޔައިފި

ލަންކާފެ ވަފުދެއް މި މަހުގެ 18 ވަނަ ދުވަހުގެ އައިއެމްއެފްއާއި ބައްދަލުކުރުމަށް އެމެރިކާއަށް ފުރުމަށް ވަނީ ނިންމާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 އެޕްރީލު 2022 | ހުކުރު 08:22
ސްރީލަންކާގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން

ސްރީލަންކާގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން

ސްރީލަންކާއިން ބޭރުގެ ދަރަނި ދެއްކުމަށްޓަކައި، ދަރަނި ނަގާފައިވާ ފަރާތްތަކާއި ވާހަކަދެއްކުމަށް ނިންމި ނިންމުމާއި ގުޅިގެން، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މަރުހަބާ ކިޔައިފިއެވެ.

އައިއެމްއެފްއިން ބުނެފައިވަނި ލަންކާގެ އެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި، ދަރިނީ ދޫކޮށްފައިވާ ފަރާތްތަކާއި މަޝްވަރާ ކުރުމަށް ނިންމި ނިންމުމަށް އައިއެމްއެފްއިން ތާއީދުކުރާ ކަމަށެވެ. އައިއެމްއެފްއިން ލަންކާގެ މި ނިންމުމަށް ތާއިދުކޮށްފައިވާއިރު، ލަންކާއިން ވަނީ އޭގެ ކުރީ ދުވަހަކު ބޭރުގެ ދަރަނިތައް ދެއްކުން ހުއްޓާލާފައިވާ ކަމަށް އިއުލާންކޮށްފައެވެ.

އައިއެމްއެފްގެ ލަންކާގެ މިޝަން ޗީފް މަސަހިރޯ ނޮޒާކީ ވިދާޅުވީ ލަންކާގެ ދަރަނި ދެއްކުމާއި، ކުރަމުން އަންނަ މަސައްކަތް އަދި މެކްރޯއިކޮނަމީ ޕޮލިސީތަކަށް އެކަނި ބަދަލު ގެނެސްގެން އެގައުމު ދަރަނިން ސަލާމަތް ނުވާނެކަމަށެވެ. އެހެންކަމުން ލަންކާއިން ދަރަނި ދިން ފަރާތްތަކާއި ވާހަކަދައްކައިގެން ކުރިއަށް ގެންދިއުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ.

އައިއެމްއެފްއިން ލަންކާގެ މި ނިންމުމަށް މަރުހަބާ ކިޔާފައިވާއިރު، ލަންކާގެ ވަފުދެއް މި މަހުގެ 18 ވަނަ ދުވަހުގެ އައިއެމްއެފްއާއި ބައްދަލުކުރުމަށް އެމެރިކާއަށް ފުރުމަށް ވަނީ ނިންމާފައެވެ. އަދި ހާއްސަ އުސޫލުތަކެއް ހަދާ، މާލީ ކަންކަން ހަރުދަނާކުރުމަށް ހާއްސަ ކޮމިޓީއެއް އެލުލަވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސްރީލަންކާގައި މިވަގުތު އޮތް ހަމަނުޖެހުމުން އަރައިގަނެ، ޒަރޫރީ ތަކެއްޗަށް އޮތް ދަތިކަންފިލުވާ، ވަކިން ހާއްސަކޮށް ތެލާއި ބޭސް އަދި އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް 3 ބިލިއަން ޑޮލަރުގެ ބޭރުގެ އެހީ ބޭނުންވާ ކަމަށް ލަންކާގެ ފިނޭންސް މިނިސްޓަރު އަލީ ސަބްރީ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގައި ކަރަންޓާއި، ބޭހާއި، ތެލާއި އަދި ޒަރޫރީ އާންމު ތަކެއްޗަށް ވަނީ ޖެހިފައެވެ. މިއާއެކު އާންމުން ރުޅިގަދަވެ މަގުތަކަށް ނިކުމެ މުޒާހަރަތައް ކުރަމުންއަންނައިރު، ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް ވަނީ ނުއުފުލޭވަރުގެ ފިއްތުންތަކާއި ކުރިމަތިލާންޖެހިފައެވެ.

ސަބްރީ ވިދާޅުވެފައިވަނީ ގައުމަށް ބޭނުންވާ 3 ބިލިއަން ޑޮލަރު ހޯދުމަށްޓަކައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި މަޝްވަރާތައް ކުރުމަށްދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން އިންޓަރނޭޝަނަލް ސޮވްރިން ބޮންޑު ރީސްޓްރަކްޗަރު ކުރުމާއި، ލޯންތައް ދެއްކުން ފަސްކުރުމުގެ އިތުރުން، ޖުލައި މަހުގައި ދައްކަން ޖެހޭ ބިލިއަން ޑޮލަރުގެ ދަރަނި ދެއްކުމަށް ބޮންޑް ހޯލްޑަރުންނާއި މަޝްވަރާކުރަން ފައްޓަވާފައިވާ ކަމަށެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ހަފްތާ ތެރޭގައި ލަންކާއިން ދައްކަން ޖެހިފައި ހުރި ދަރަނީގެ ސަބަބުން އެގައުމުގެ އަހަރު ދުވަހުގެ ބޭރުގެ ދަރަނި 7 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ. މިއީ މިހާރު ހޯދަން މަސައްކަތް ކުރަމުން އަންނަ 3 ބިލިއަން ޑޮލަރު ހިމަނައިގެންނެވެ. ބޭރުގެ ސޮވްރިން ބޮންޑަށް ނުދެއްކި 12.55 ބިލިއަން ޑޮލަރު ހުރި އިރު، ބޭރުގެ ރިޒަރވްގެ ގޮތުގައި މާޗް މަހުގެ ނިޔަލަށް ހުރީ 1.93 ބިލިއަން ޑޮލަރު ކަމަށް ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސްރީލަންކާގޮތަބަޔާ ރާޖަޕަކްސައިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު