Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހއ މަޑުލުން ވެލި ނެގުން

ހއ.މަޑުލުން ވެލި ނަގައި ބޭނުންކުރާ ވާހަކަ ކުންފުނިން ދޮގުކޮށްފި

އެ ކުންފުނީގެ ވިސްނުމަކީ ރަށް ދޫކޮށްލުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 އެޕްރީލު 2022 | ބުރާސްފަތި 10:57
ހއ. މަޑުލު- އެ ރަށް ނަގާފައިވާ ފަރާތް ޖޫރިމަނާ ކުރުމަށް ނިންމީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު

ހއ. މަޑުލު- އެ ރަށް ނަގާފައިވާ ފަރާތް ޖޫރިމަނާ ކުރުމަށް ނިންމީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހއ. މަޑުލުން ވެލި ނަގައި ގާއެޅުމަށް ބޭނުން ކުރާކަމަށް ދެކެވޭ ވާހަކަތައް އެރަށް ނަގާފައިވާ ކުންފުނި، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްއިން ދޮގުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށު ތުނޑިން ގަވާއިދާ ޚިލާފަށް ވެލި ނަގައި އެޅިގާ އަޅައިގެން ވިއްކަމުންދާ މައްސަލައެއްގައި އެ ރަށް ނަގާފައިވާ ކުންފުނި 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

އެ ރަށް ނަގާފައިވާ ފަރާތް ޖޫރިމަނާ ކުރުމަށް ނިންމީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިނިސްޓްރީން މިހާރު ވަނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށްވެސް އަންގާފައެވެ. އަދި އެކަމާ ގުޅޭ މައްސަލަތަކެއް އެކި ފަރާތްތަކުން ވަނީ ފުލުހުންނަށްވެސް ހުށައަޅާފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއިން ސުވާލުކޮށްލުމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ، އެ މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އީޕީއޭއިން ބަލަމުންދާ ކަމަށެވެ. އެގޮތުން ފުލުހުންވެސް އެކަން ތަހުގީގު ކުރުމަށްފަހު އީޕީއޭއަށް ރިޕޯޓު ހިއްސާ ކޮށްފައިވާއިރު، ޤަވާއިދާ ޚިލާފަށް އެ ރަށުން ވެލި ނަގަމުންދާކަން ރިޕޯޓުންވެސް އެނގޭކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ޗެއަރމަން އަހުމަދު ރަޝީދު ވިދާޅުވީ، ކުންފުނީގެ ކޮޅުވެއްޓީގައި ވެލި ގެންދަނީ ހުޅުމާލެއިން ކަމަށެވެ. އެގޮތުން އެއީ ހުޅުމާލޭ ގޯތިތަކެއް ކޮނުނުއިރު ނަގާފައިވާ ވެލިތަކެއް ކަމަށާއި، އެ ވެލިތައް މަޑުލަށް ގެންގޮސް، އެ ރަށުގެ ސަރަޙައްދަކަށް އަޅާކަމަށް އޭނާ ބުންޏެވެ.

މަޑުލަށް ވެލިތައް ގެންދިއުމަށްފަހު ގާއެޅުމަށް ބޭނުންކުރާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިނިސްޓްރީން ކުންފުނި ޖޫރިމަނާ ކުރުމަށް ނިންމީ އެ ރަށް ދޫކުރިއިރު އެގްރީމަންޓުގައި ބަޔާންކޮށްފައިވާ ކަންކަންފިޔަވާ އިތުރު ކަންކަމަށް އެ ރަށް ބޭނުން ކުރާނަމަ، ޖޫރިމަނާ ކުރެވޭނެކަމަށް އެގްރީމަންޓުގައިވެސް ހިމެނިފައިވާނެކަން ބަޔާންކޮށެވެ.

ކުންފުނިން ބުނާ ގޮތުގައި އެ ކުންފުނީގެ ވިސްނުމަކީ ރަށް ދޫކޮށްލުމެވެ. އަދި ރަށުގައި ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރަން ފަށާފައިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކަމުގައި މަޑުޖެހުމެއް އައީ ކޮވިޑުގެ ޙާލަތުގެ ސަބަބުންކަން އޭނާ ފާހަގަކުރެއްވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއީޕީއޭދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު