Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިނަރެސް އެޕާޓްމަންޓްގެ މަސައްކަތް

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

ޕޯޓަލް ހުޅުވާލުމުގެ ކުރިން ޕޯޓަލް އަށް ބޭނުންވާ މައުލޫމާތުތައް ހާމަކުރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 އެޕްރީލު 2022 | ބުރާސްފަތި 02:20
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ފްލެޓްތައް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ފްލެޓްތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ވިނަރެސް އެޕާޓްމެންޓުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާނީ ޕޯޓަލް އެއް މެދުވެރިކޮށް ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސުހައިލް ވިދާޅުވީ ފްލެޓް ބޭނުންވާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް އެމީހަކު ބޭނުންވާ ފްލެޓަކަށް އެދުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި އެމީހަކު ބޭނުންވާ ފްލެޓް އެހެން މީހަކު ނަގާފައި ހުރިނަމަ ވެއިޓް ލިސްޓުވެސް ކުރެވޭނެކަމަށް ސުހައިލް ވިދާޅުވިއެވެ. އެގޮތުން ކޮންމެ މީހަކަށްވެސް މަދުވެގެން އެމީހަކު ބޭނުންވާ ފަސް ފްލެޓް އިހުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެކަމަށް ސުހައިލު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފްލެޓަށް އެދޭއިރު އެމީހަކު އެންމެ ބޭނުންވާ ފްލެޓް އެހެން މީހަކު ނުނަގާއޮތްނަމަ އެމީހަކަށް އެފްލެޓް ލިބޭނެކަމަށް ސުހައިލު ވިދާޅުވިއެވެ. ސުހައިލު ވިދާޅުވީ ޕޯޓަލް ހުޅުވާލުމުގެ ކުރިން ޕޯޓަލް އަށް ބޭނުންވާ މައުލޫމާތުތައް ހާމަކުރާނެ ކަމަށެވެ.

ސުހައިލު ވިދާޅުވީ ފްލެޓްތަކުގެ އަގުތައް ކަނޑައަޅާފައިވަނީ ތިރީ ފްލޯތަކަށް އަގު ކުޑަކޮށް މަތީ ފްލޯތަކުގެ ފްލެޓްތަކުގެ އަގު ބޮޑުވާގޮތަށްކަމަށެވެ. މީގެއިތުރުން ފްލެޓް ހުރި ގޮތުން ވިއު އަށް ބަލައިގެންވެސް އަގުތައް ކަނޑައަޅާފައިވާނެ ކަމަށް ސުހައިލު ވިދާޅުވިއެވެ.

އެހެންކަމުން ސީދާ މިވެނި ފްލެޓެއްގެ އަގު އުޅޭނީ މިވެނި އަގަކަށޭ ވިދާޅުވާން ދަތިކަމަށް ސުހައިލު ވިދާޅުވިއެވެ.

ފްލެޓްތައް އިއުލާނުކުރާނެ ތާރީޚާއި ގުޅޭގޮތުން ސުހައިލު ވިދާޅުވީ މިއަހަރު ތެރޭގައި ފްލެޓްތައް އިއުލާނުކުރެވޭނެކަމަށެވެ.

މިދިޔަ ފެބްރުއަރީ މަސް ތެރޭގައި ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސުހައިލް ވިދާޅުވެފައިވަނީ އޭގެ ދެ ހަފްތާއެއްހާ ތެރޭގައި ފްލެޓްތައް ހުޅުވާލާނެކަމަށެވެ. އެކަމާއި ގުޅޭގޮތުން ސުހައިލު ވިދާޅުވީ ވިނަރެސް ފްލެޓުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކުރެވިފައިވާ ފްލެޓްތަކުގައި ވަކި ޝަރުތުތަކެއް ކަނޑައަޅަން މަސައްކަތްކުރަމުންދާތީ އެކަމުގައި ލަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ.

ނަމަވެސް އެޝަރުތުތައް ހިމެނުމަށްފަހު ވީއެންމެ އަވަހަކަށް ފްލެޓަށް ހުޅުވާލުމުގެ މަސައްކަތްކުރަމުންދާކަމަށް ސުހައިލު ވިދާޅުވިއެވެ.

ހައުސިން އެންޑް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މީގެކުރިން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހުރިހާ އެންމެނަށް ފްލެޓް ވިއްކުމަށް ފަހު ބާކީވާ ހުރިހާ ފްލެޓެއް ވިއްކުމަށް ނިންމާފައި ވަނީ ހަމައެކަނި މާލޭ މީހުންނާއި ދަފްތަރުގައި ޖެހިފައިވާ މީހުންނަށް ކަމަށް މީގެ ކުރިން ނިންމި ނަމަވެސް، މިހާރު އެނިންމުން ބަދަލުކޮށް ގިނަ ދުވަހު މާލޭގައި ދިރިއުޅެމުންދާ ރަށްރަށުގެ މީހުންނަށް ވަކި އަދަދަކަށް އެޕާޓްމެންޓް ވިއްކުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށެވެ. އެ އެންގެވުމާއެކު، އެގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ މިހާރު ކްރައިޓީރިއާ އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި އެ މައުލޫމާތުތައް އާއްމު ކުރެވިގެންދާނެ ކަމަށެވެ.

ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންގެ ތެރެއިން ވިނަރެސްއިން އެޕާޓްމެންޓް ބޭނުންވާ މީހުންނާއި، އެޕާޓްމެންޓް ގަތުމަށް ސީލައިފަށް ފައިސާ ދެއްކި މީހުންނާއި، ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން، ވިނަރެސްއިން އެޕާޓްމެންޓް ލިބޭ މީހުން ކަނޑައެޅުމުގެ މަސައްކަތް އެޗްޑީސީން ގެންދަނީ ކުރަމުންނެވެ. ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންގެ ތެރެއިން ވިނަރެސްގެ އެޕާޓްމެންޓަށް އެދި ހުށަހަޅާފައިވަނީ 76 މީހުންނެވެ. ސީލައިފަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ވިނަރެސްގެ އެޕާޓްމެންޓަށް 400 އަށްވުރެ ގިނަ މީހުން ވަނީ ހުށަހަޅާފައެވެ. އަދި ގުޅީފަޅުން ފްލެޓް ގަންނަން ފައިސާ ދެއްކި މީހުންގެ ތެރެއިން ވިނަރެސްގެ އެޕާޓްމެންޓަށް އެދި ހުށަހަޅާފައިވަނީ 91 މީހުންނެވެ. 

ވިނަރެސް މަޝްރޫއުގެ ދަށުން ތައްޔާރުކުރާ 1،344 ފްލެޓް ހުންނާނީ 10 ޓަވަރަށް ބަހާފައެވެ. އަދި ކޮންމެ ޓަވަރެއްގައި 13 ފަންގިފިލާ ހުންނަ އިރު، ކޮންމެ އެޕާޓްމެންޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާގެ އިތުރުން ބެލްކަންޏެއް ހުންނާނެއެވެ. ވިނަރެސް ފްލެޓުތަކުގެ ޖާގަ ބޮޑުވި ނަމަވެސް އޭގެ އަގު ހިޔާ ފްލެޓުތަކަށް ވުރެ ބޮޑު ވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

ވިނަރެސް އެޕާޓްމެންޓްތަކުގައި ހަތަރު ބާވަތެއްގެ އެޕާޓްމެންޓު ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނަރ ވިއު، އައުޓަރ ވިއު އަދި ސްޓޭންޑާރޑް ވިއު އެޕާޓްމެންޓުތަކެވެ. އޭގެ ތެރެއިން ސްޓޭންޑާޑް ވިއު އެޕާޓްމެންޓުގައި ހުންނާނީ 883 އަކަފޫޓެވެ. ނަމަވެސް ބާކީ ތިން ބާވަތުގެ އެޕާޓްމެންޓުގައި 902 އަކަފޫޓު ހުންނާނެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންވިނަރެސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު