Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އުނދަގުލުން ރެއާލް މެޑްރިޑް ސެމީއަށް!

13 އެޕްރީލު 2022 | ބުދަ 02:08

ނަތީޖާ ނެރުނީ 15 މިނިޓްގެ ދެހާފް ކުޅެގެން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 13 އެޕްރީލު 2022 | ބުދަ 02:08
ސެމީއަށް ގެންގޮސްދިން ލަނޑުޖެހުމަށްފަހު ބެންޒިމާ އުފާ ފާޅުކުރަނީ

ސެމީއަށް ގެންގޮސްދިން ލަނޑުޖެހުމަށްފަހު ބެންޒިމާ އުފާ ފާޅުކުރަނީ

ދެ ލެގުގެ ނަތީޖާއިން އެގްރިގޭޓް އެއްވަރުވުމުން, ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގައި ކުރި ހޯދައިގެން ޗެމްޕިއަންސް ލީގު ސެމީފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދައިފިއެވެ.

ފުރަތަމަ ލެގު ޗެލްސީގެ ދަނޑުގައި ކުޅެ 3-1 ން ކުރި ހޯދާފައިވަނިކޮށް, އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވިއިރު ހަމަ އެނަތީޖާއިން ކުރި ހޯދީ ޗެލްސީއެވެ. ދެވަނަ ލެގުގައި ފުރަތަމަ ތިން ލަނޑު ޖަހާ ޗެލްސީން ރެއާލް ސިއްސުވާލީ މޮޅަށް ކުޅެގެންނެވެ. ޗެލްސީން ތިންވަނަ ލަނޑު ޖަހާ އެގްރިގޭޓް ނަތީޖާ އަނބުރާލުމުގެ ކުރިންވެސް ލަނޑެއް ޖެހިއެވެ. ރެފްރީ އެލަނޑު ފުރަތަމަ ޤަބޫލުކުރި ނަމަވެސް, ޗެލްސީ ކުޅުންތެރިން އުފާފާޅުކުރި ފަހުން ވީއޭއާރުން ބެލުމަށްފަހު ލަނޑު ބަލައިނުގަންނަން ނިންމިއެވެ. އެއީ މާކޮސް އަލޮންސޯ ބޯޅަ ފޮނުވާލުމުގެ ކުރިން އަތުގައި ޖެހުމުންނެވެ. ޗެލްސީއަށް ފުރަތަމަ ލަނޑު ޖަހައިދިނީ މޭސަން މައުންޓްއެވެ. ދެވަނަ ލަނޑު ޖެހީ އެންޓޯނިއޯ ރުޑިގާއެވެ. ތިންވަނަ ލަނޑު ވާނާ ޖެހީ ރެއާލްގެ ޑިފެންސްލައިން ތަޅުވާލުމަށްފަހު ގޯލްގެ ދުރުކަނަށް ފޮނުވާލައިގެންނެވެ.

އޭގެފަހުން ރެއާލްގެ ކޯޗު އެންޗެލޮޓީ އެއްފަހަރާ ދެބަދަލެއް ގެނައެވެ. އެއީ ޓޯނީ ކުރޫޒްއާއި ކަސެމީރޯގެ ބަދަލުގައި ކަމަވިންގާ އާއި ރޮޑްރީގޯ ކުޅެން ނެރުމެވެ. ކުޅެން ނިކުއިންތާ ދެވަނަ މިނިޓްގައި ރޮޑްރީގޯ ރެއާލްއަށް ލަނޑު ޖަހައިދީ އެގްރިގޭޓް އެއްވަރުކޮށްދިނީ މޮޑްރިޗްގެ މޮޅު, ހިތްގައިމު ޕާހަކުން އެއްފަހަރުން ޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިނަތީޖާއާއެކު މެޗު ނިމުމުން ދެޓީމްގެ އެގްރިގޭޓް 4-4 ން އެއްވަރުވިއެވެ. ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ތެރެއިން ފުރަތަމަ ހާފްގައި ރެއާލް ސެމީއަށް ގެންގޮސްދިން ލަނޑު ޖެހީ ފުރަތަމަ ލެގުގައި ހެޓްރިކް ހެދި ކެޕްޓަން ބެންޒިމާއެވެ. އޭނާ ލަނޑުޖެހީ ވިނީޝިއުސް ޖޫނިއަރ ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ސެމީފައިނަލުން ރެއާލް މެޑްރިޑް ކެޓީ ޗެލްސީ އަތުން ބަލިވެގެންނެވެ. ޗެމްޕިއަން ޗެލްސީ މިސީޒަންގައި ކެޓީ ކުއާޓަރ ފައިނަލްގައި ރެއާލް އަތުން ބަލިވެގެންނެވެ.

ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްޗެލްސީ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް