Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލ. އަތޮޅުގެ ތިން ސަރަހައްދެއް ހިމާޔަތްކުރުން

ލ. އަތޮޅުގެ ތިން ސަރަހައްދެއް ހިމާޔަތް ކޮށްފައިވާކަން ހަނދާންކޮށްދީފި

ލ. ގާދޫ ރަށުގެ ވެލާ އަރާ ސަރަހައްދާއި ޗަސްބިމާއި ވަށައިގެންވާ ފަރާއި ފަޅު އަދި މޫދުވިނަ ސަރަހައްދު ހިމާޔަތްކޮށްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 12 އެޕްރީލު 2022 | އަންގާރަ 18:39
ލ. ގާދޫ

ލ. ގާދޫ

ލ. އަތޮޅުގެ ތިން ސަރަހައްދެއް ހިމާޔަތްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ހަނދާންކޮށްދީފިއެވެ.

މިގޮތުން ހިމާޔަތްކޮށްފައިވާ އެއް ސަރަހައްދަކީ ލ. ގާދޫ ރަށުގެ ވެލާ އަރާ ސަރަހައްދާއި ޗަސްބިމާއި ވަށައިގެންވާ ފަރާއި ފަޅު އަދި މޫދުވިނަ ސަރަހައްދު ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެފައިވެއެވެ. މި ސަރަހައްދު ހިމާޔަތް ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން 23 ޑިސެމްބަރު 2021 ގައެވެ.

Advertisement - newsAdvertisement

މި ސަރަހައްދު ހިމާޔަތްކޮށްފައިވަނީ 6 ވަނަ ގިންތީގައި ކަމަށާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ބޮޑުމިނަކީ 614 ހެކްޓަރު ކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ.

މިނިސްޓްރީއިން ބުނީ މިތަން ހިމާޔަތްކޮށް އެރަށުގެ ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑުދޮށަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އަދި ދުނިޔޭގެ ފެންވަރުގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ދެ ބާވަތްކަމުގައިވާ ކަހަނބު އަދި ވެލާ ބިސްއަޅާ، ވިހާ އާލާވާކަމަށް ޒަމާނުންސުރެ ފާހަގަ ކުރެވިފައިވާ ސަރަހައްދަކަށް ވާތީ ކަމަށެވެ. ރަށުގެ ވަށައިގެންވާ މޫދު ވިނައާއި ފަރުގެ ސަރަހައްދަކީ ވެލާ ކަހަނބުގެ ކާނާ ފޯރުކޮށްދޭ އަދި ފަރުމަހުގެ ދިރުންތައް އާލާވުމަށް ބޭނުންކުރާ މާހައުލެއް ކަމަށާއި، އަދި ދުނިޔެ ހޫނުވުން ކުޑަކޮށްދިނުމަށް ކާބަން ރައްކާކޮށްދޭ މޫދުވިނައިގެ 6 ބާވަތަކާއި ފަރުމަހުގެ 91 ބާވަތް މި ސަރަހައްދުން ފެނިފައިވާކަމަށް ރެކޯޑުކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މި ރަށުގެ އިރުމަތީ ފަރާތުގައިވާ ޗަސްބިން ސަރަހައްދުގައިވާ މީރު ފެންކުޅިއަކީ ރަށުގެ ފެން ފަށަލަ ތާޒާކޮށްދޭ އަދި ރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދެއް ކަމަށާއި، އަދި މި ސަރަހައްދުން މޫސުމީ ދޫންޏާއި، ހިމާޔަތްކޮށްފައިވާ ދޫނީގެ މާހައުލުތައް ދަމަހައްޓަން އެހީވެދޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ލ. އަތޮޅުން ހިމާޔަތްކޮށްފައިވާ ދެވަނަ ސަރަހައްދަކީ ލ. ގާދޫ ހިތަދޫ ކަނޑުގެ ސަރަހައްދެވެ. މި ސަރަހައްދު ހިމާޔަތް ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން 23 ޑިސެމްބަރު 2021 ގައެވެ. މި ސަރަހައްދު ހިމާޔަތްކޮށްފައިވަނީ 6 ވަނަ ގިންތީގައި ކަމަށާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ބޮޑުމިނަކީ 777 ހެކްޓަރު ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ސަރަހައްދު ހިމާޔަތްކޮށްފައިވަނީ މި ސަރަހައްދަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ފަރުމަހުގެ ބާވަތްތައް ބިސް ދޫކޮށް ވިހާ އާލާވާކަމަށް ރިކޯޑް ކޮށްފައިވާ ސަރަހައްދަކަށް ވާތީ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މި ސަރަހައްދުން ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި ދިވެހި ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ވެލާ އާއި ކަހަނބު އަދި އެންމަޑިއާއި ފަރުމަހުގެ ބާވަތްތައް ހިމެނެއެވެ. މީގެ އިތުރުން ތަފާތު ބާވަތްތަކުގެ މިޔަރާއި މަޑި ފެންނަކަމަށްވެސް ރެކޯޑް ކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދުވެސް ހިމާޔަތްކޮށްފައިވާކަމަށާއި، އެ ސަރަހައްދު ހިމާޔަތްކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން 23 ޑިސެމްބަރު 2021 ގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މި ސަރަހައްދު ހިމާޔަތްކޮށްފައިވަނީ 7 ވަނަ ގިންތީގައި ކަމަށާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ބޮޑުމިނަކީ 706 ހެކްޓަރު ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ސަރަހައްދު ހިމާޔަތްކޮށްފައިވަނީ މި ސަރަހައްދަކީ ފަރުމަހުގެ ބާވަތްތައް ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށްވާތީއާއި، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރެއިން އެންމަޑި، ކަހަނބު، ވެލާ އަދި އެކި ބާވަތްތަކުގެ މިޔަރު މި ސަރަހައްދުން ފެންނަ ކަމަށް ރެކޯޑް ކޮށްފައިވާތީ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ބޮޑު ފިނޮޅަކީ އައިންމަތީ ދޫނި ނިދުމަށާއި ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ލ އަތޮޅުމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: ގަމު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: ގަމު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

30 އޮކްޓޯބަރު 2025
ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

21 އޮކްޓޯބަރު 2025
ޢައްޒާގެ ދިފާއުގައި ލާމުގައި އުޅަނދު ބުރެއް ބާއްވަނީ

ޢައްޒާގެ ދިފާއުގައި ލާމުގައި އުޅަނދު ބުރެއް ބާއްވަނީ

14 އެޕްރީލު 2025
ލ.އަތޮޅު ޗެމްޕިއަންކަން ތުނޑީ ފުޓްބޯޅަ ކްލަބަށް!

ލ.އަތޮޅު ޗެމްޕިއަންކަން ތުނޑީ ފުޓްބޯޅަ ކްލަބަށް!

22 ޖުލައި 2024
އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން 2024 ވަނަ އަހަރު ލާމު އަތޮޅަށް!

އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން 2024 ވަނަ އަހަރު ލާމު އަތޮޅަށް!

26 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު