Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ އިގުތިސާދީ ހާލަތު ދަށަށް ދިއުން

ލަންކާއިން ބޭރުގެ ދަރަނި ނުދައްކަން ނިންނަމިފި

ދަރަނިތައް މިހާރު ދެއްކެއް ނެތް ކަމަށް ލަންކާ ސެންޓްރަލް ބޭންކުން ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 12 އެޕްރީލު 2022 | އަންގާރަ 15:12
ލަންކާއަށް ކުރިމަތިވި އިގުތިސާދީ ކާރިސާއާއެކު ތެޔޮ، ގޭސް، ބޭސް އަދި ކާނާ ނުލިބި އާންމު ރައްޔިތުންނަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާތާ މިހާރު މަސް ދުވަހަށްވުރެ ގިނަ ދުވަސް މިވަނީ ވެފައި

ލަންކާއަށް ކުރިމަތިވި އިގުތިސާދީ ކާރިސާއާއެކު ތެޔޮ، ގޭސް، ބޭސް އަދި ކާނާ ނުލިބި އާންމު ރައްޔިތުންނަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާތާ މިހާރު މަސް ދުވަހަށްވުރެ ގިނަ ދުވަސް މިވަނީ ވެފައި

ސްރީލަންކާއިން ދައްކަން ޖެހޭ ބޭރުގެ ދަރަނިތައް ނުދައްކަން އެގައުމުން ނިންމައިފިއެވެ.

އަންގާރަ ދުވަހު ލަންކާގެ ސެންޓްރަލް ބޭންކުން ބުނީ އެގައުމުން ދައްކަންޖެހޭ ބޭރުގެ ދަރަނިތައް ދެއްކުން މިހާރު ވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަށާއި އެދަރަނިތައް މިހާރު ދެއްކެއް ނެތް ކަމަށެވެ. އެގޮތުން ބޭރުފައިސާ މަދު ވެފައިވާ މިދަނޑިވަޅުގައި އެފައިސާއިން ޒަރޫރީ ބޭނުންތަކަށް ހަރަދުކުރަން ޖެހޭ ކަމަށް ސެންޓްރަލް ބޭންކުން ފާހަގަކުރެއެވެ.

ސެންޓްރަލް ބޭންކްގެ ގަވަރުނަރު ޕީ. ނަންދަލަލް ވީރަސިންގް ވަނީ އާންމުންނަށް ބޭނުންވާ ޒަރޫރީ ސާމާނު ހޯދުމަށް ހަރަދުކުރުން، ބޭރުގެ ދަރަނި އަދާކުރުމަށް ވުރެއް މިވަގުތު މުހިންމު ކަމަށް ވިދާޅުވެފައެވެ. އަދި ދަރަނިތައް އަދާކުރުމަށް މިހާރު ލަންކާ ނުކުޅެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދަރަނި ނުދައްކާ ގޮތަށް ނިންމާފައިވާ ނިންމުން ދެމިގެން ދާނީ އައިއެމްއެފް އާއެކު ކުރެވޭ މަޝްވަރާތަކާއެކު އެއިދާރާގެ އެހީއާއެކު ދަރަނިތައް ދެއްކޭނެ އައު ގޮތެއް ދަރަނި ދައްކަންޖެހޭ ގައުމުތަކާއެކު ކަނޑައެޅެންދެން ކަމަށް ވީރަސިންގް ވިދާޅުވިއެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި ލަންކާގެ ފޮރިން ރިޒަރވް ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. ސަރުކާރުން ނަގަމުންދިޔަ ޓެކްސްތައް މަދުކުރުމާ ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމަށް އައި ލޮޅުމާއެކު ސަރުކާރުގެ އާމްދަނީ ދަށްވެ، ދަރަންޏަށް ސަރުކާރުން ކުރަމުންދިޔަ ހޭދަތަށް ފެންނަން ފެށިއެވެ.

މިހާރު އެގައުމުގެ ފޮރިން ރިޒަރވް ދެ ބިލިއަނަށްވުރެ ދަށަށް ގޮސްފައިވާއިރު، ގައުމަށް ކުރިމަތިވި އިގުތިސާދީ ކާރިސާއާއެކު ތެޔޮ، ގޭސް، ބޭސް އަދި ކާނާ ނުލިބި އާންމު ރައްޔިތުންނަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާތާ މިހާރު މަސް ދުވަހަށްވުރެ ގިނަ ދުވަސް މިވަނީ ވެފައެވެ.

މިއަހަރަށް ލަންކާއިން ދައްކަންޖެހޭ ބޭރުގެ ދަރަނި ހަތަރު ބިލިއަން ޑޮލަރަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރޭގައި ޖުލައި މަހަށް ހަމަވާ އެއް ބިލިއަން ޑޮލަރުގެ ލޯނެއްވެސް ހިމެނެއެވެ.

ޗީފް އެގްޒެކެޓިވް އޮފް ބްރޮކެރޭޖް ޖޭބީ ސެކިއުރިޓީސް، މުރްތަޒާ ޖެފަރްޖީ ވަނީ ސެންޓަރަލް ބޭންކްގެ މިނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ލަންކާއިން ދިޔައީ ނެތް ފައިސާއިން ބޭރުގެ ދަރަނިތައް ދައްކަމުން ކަމަށާއި، ސެންޓްރަލް ބޭންކްގެ މި ނިންމުމާއެކު ގައުމުގެ އާންމުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތަކަށް އިސްކަންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބްލޫވޭ އެސެޓް މެނޭޖްމެންޓްގެ ސީނިއަރ އިމަރޖިންގ މާކެޓްސް ސޮވެރިން ސްޓްރެޓީޖިސްޓް ޓިމޮތީ އޭޝް ވަނީ މިނިންމުމުން ހައިރާން ކުރަނިވި ހަމައެކަނި ކަމަކީ މިނިންމުން ނިންމަން ލަންކާ ސަރުކާރަށް މިހާ މުއްދަތު ނެގިކަން ކަމަށް ވިދާޅުވެފައެވެ. އަދި އައިއެމްއެފް އާއެކު މަޝްވަރާތައް ނިމެންދެން ލޯނުތައް ދެއްކުން މަޑުޖައްސާލުން އެއީ ރަނގަޅު ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު