Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފުށީ އެއާޕޯޓު

އަލިފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

މިއީ 451.61 މިލިއަން ރުފިޔާގެ މަޝްރޫއެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 އެޕްރީލު 2022 | އަންގާރަ 07:56
ރ. އަލިފުށި

ރ. އަލިފުށި

ރ. އަލިފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ވަނީ ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 9 އޭޕްރީލް 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައެވެ.

އެއާޕޯޓުގެ ކޮންސެޕްޓު ޑިވެލޮޕްކުރުމުގެ މަސައްކަތް ނިމިފައިވާއިރު، އީއައިއޭގެ މަސައްކަތްތައް ވެސް އެ ކުންފުނިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން، އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ޚާއްސަކުރެވިގެން ހިއްކޭ ބިމެކެވެ. އަދި ބާކީ 40.5 ހެކްޓަރު ބިމަކީ އެއާޕޯޓް ތަރައްގީކުރުމަށް ހިއްކޭ ބިމެކެވެ. މި މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑު ހެދުމުގެ މަސައްކަތްވެސް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި، 480 މީޓަރުގެ ގްރޮއިންއެއް ވެސް ގާއިމުކުރެވިގެންދާނެކަމަށް އެމްޓީސީސީއިން ބުނެއެވެ.

މިއީ 451.61 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 750 ދުވަހުގެ ތެރޭގައެވެ. އަލިފުށީގައި އެއާޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ފަޅުން ބޮޑުބައެއް ހިއްކައިގެންނެވެ. މި މަސައްކަތަށް ބޭނުންވާ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު އެއްވަނަ ދުވަހުއެވެ.

މަސައްކަތުގެ ގޮތުން ބަލާއިރު މި މަޝްރޫއަކީ އަގުގެ ގޮތުންނާއި، މަޝްރޫއުގެ ދަށުން ކުރަންޖެހޭ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ސަރުކާރުން އެ ކުންފުންޏާއި ހަވާލުކުރި އެންމެ ބޮޑު މަޝްރޫއު ކަމުގައި އެމްޓީސީސީއިން ބުނެއެވެ. 

އަލިފުށިއެއަރޕޯޓް

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2025

ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

21 އޮކްޓޯބަރު 2025
ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު
14 އޮކްޓޯބަރު 2025

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!
03 ސެޕްޓެމްބަރު 2025

އަމިއްލަ ދަތުރުތަކަށް އެންމެ ގިނައިން ވީއައިޕީ ބޭނުންކުރީ މަޖިލިސް ނައިބްރައީސް ނާޒިމް

03 ސެޕްޓެމްބަރު 2025
އަމިއްލަ ދަތުރުތަކަށް އެންމެ ގިނައިން ވީއައިޕީ ބޭނުންކުރީ މަޖިލިސް ނައިބްރައީސް ނާޒިމް
19 އޯގަސްޓު 2025

މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ

19 އޯގަސްޓު 2025
މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ
10 ޖުލައި 2025

އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް

10 ޖުލައި 2025
އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް
07 ޖޫން 2025

އީދު ބަންދާ ދިމާކޮށް، ފުނަދޫ އެއަރޕޯޓް ބަންދުކޮށްފި

07 ޖޫން 2025
އީދު ބަންދާ ދިމާކޮށް، ފުނަދޫ އެއަރޕޯޓް ބަންދުކޮށްފި
07 މެއި 2024

އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީ މީހާ ހައްޔަރުކޮށްފި

07 މެއި 2024
އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީ މީހާ ހައްޔަރުކޮށްފި
20 އެޕްރީލު 2024

އަލިފުށީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނިކޮށް އަނެއްކާ ވެސް އެމަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

20 އެޕްރީލު 2024
އަލިފުށީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނިކޮށް އަނެއްކާ ވެސް އެމަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
01 އެޕްރީލު 2024

މަގޫދޫގެ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވަނީ ރައީސްގެ ކޮއްކޯފުޅަށްޓަކާއެއް ނޫން: ޕީއެންސީ

01 އެޕްރީލު 2024
މަގޫދޫގެ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވަނީ ރައީސްގެ ކޮއްކޯފުޅަށްޓަކާއެއް ނޫން: ޕީއެންސީ
18 މާރިޗު 2024

އެއަރޕޯޓް ހިމެނޭ ސަރަހައްދުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް އާރްޑީސީއާ ހަވާލުކޮށްފި

18 މާރިޗު 2024
އެއަރޕޯޓް ހިމެނޭ ސަރަހައްދުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް އާރްޑީސީއާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު