Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިޔާ ފްލެޓްގެ ކުލީގެ މައްސަލަ

ހިޔާ ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމަށް ބާރުއަޅާ މައްސަލާގައި އެޗްޑީސީގެ އިންޒާރެއް

މިހާލަތުގައި އިންސްޓޯލްމަންޓަށްވާ ފައިސާއާއި މެއިންޓަނަންސް ފީ ނެގުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް އެޗްޑީސީން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 އެޕްރީލު 2022 | ހޯމަ 19:02
ހިޔާ ފްލެޓް

ހިޔާ ފްލެޓް

ހުޅުމާލެ ފޭސް 2ން ދޫކޮށްފައިވާ ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމަށް ބާރު އަޅައި ދައްކަމުންދާ ވާހަކަތަކަކީ, ގާނޫނީގޮތުން ހެދިފައިވާ އެއްބަސްވުމެއްގައި ބަޔާންކުރެވިފައިވާ ކަންކަމާ ޚިލާފުވުންކަމަށް ބުނެ, މިކަމަށް ހިތްވަރުދީ ބާރުއެޅުމަކީ ބޮޑު ކުށެއްކަމުގައި ފާހަގަކޮށް މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި, މިމައްސަލަ ބަލައި މިކަމުން ލިބޭނެ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

ހިޔާ ފްލެޓްތައް މީހުންނަށް ދޫކުރިތާ 7 މަސް ފަހުން ކުލި ނަގަން ފަށާފައިވާއިރު, ކުލި ނަގަން ފެށުން މައްސަލައެއްގެ ގޮތުގައި ފާހަގަކޮށް, ކުލި ނުދެއްކުމަށް ހިޔާ ޔޫނިއަނުން ވަނީ ގޮވާލާފައެވެ. ހިޔާ ފްލެޓަށް މަހު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 8500 ރުފިޔާއެވެ. ނަމަވެސް ހިޔާ ޔޫނިއަނުން ބުނަމުން އަންނަނީ އެއީ ބޮޑު އަދަދެއް ކަމަށާއި, އެއަދަދު އެއަދަދު ނުދެއްކޭނެކަަމަށެވެ. ސަރުކާރާއި އެޗްޑީސީން ބުނަމުން އަންނަނީ ހިޔާ ފްލެޓްތައް އަޅާފައިވަނީ ބޮޑު ލޯނަކުން ކަމަށްވާއިރު ކުލި އެއަށްވުރެ ކުޑަކުރެވެން ނެތްކަމަށެވެ.

Advertisement - newsAdvertisement

މައްސަލަ ހޫނުވެފައިވާއިރު އެޗްޑީސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ, މެއިންޓަނަންސް ފީ ނެގޭނީ އެގްރީމެންޓްގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ފަދައިން, ކޮންމެ 2 ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު މެދުވެރިކޮށްކަން ފާހަގަކޮށްފައިވާއިރު، މި އެގްރީމެންޓްގެ 13 ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރެވިފައިވާ ފަދައިން, އެއްބަސްވުމުގައި މި މެނޭޖްމެންޓް ކޯޕަރޭޝަން އުފެދި އިމާރާތް ބެލެހެއްޓުމާއި މެނޭޖްކުރުމުގެ ޒިންމާ ގާނޫނަކުން ނުވަތަ ގަވައިދަކުން ނުވަތަ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެހެން ފަރާތަކަށް ނަގުލުވުމާ ހަމައަށް, އިމާރާތް އިންޝުއަރެންސް ކުރުމާއި މަރާމާތުކުރުމާއި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލުމަށް، ފްލެޓް ވިއްކާފަރާތާއި ފްލެޓް ގަންނަ ފަރާތް ވަނީ އެއްބަސްވެފައެވެ.

އަދި 31 ޖަނަވަރީ 2012 ވަނަ ދުވަހު އެޗްޑީސީން ކޮށްފައިވާ އިއުލާނުގައިވެސް ބަޔާންކޮށްފައިވާފަދައިން, 20 ޑިސެންބަރު 2021ގައި އެއްމެދު އިމާރާތުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގު ކުރައްވައި، އެއްމެދު އިމާރާތްތައް ބެލެހެއްޓުމާބެހޭގޮތުން އަމަލުކުރަންޖެހޭ ގޮތްތަކެއް ކަޑައަޅާފައެވެ. އަދި ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކުރެވިފައިވާ 16 ޓަވަރު ބެލެހެއްޓުމާއި މެނޭޖްކުރުމަށް މެނޭޖްމަންޓް ކޯޕަރޭޝަން ހަމަޖެއްސުމަށްޓަކައި ކުރިޔަށް ގެންދަންވީ ގޮތެއް ކަމާބެހޭ މުއައްސަސާތަކާއެކު ދަނީ މަޝްވަރާ ކުރެވެމުންނެވެ. އެހެންކަމުން، މިހާލަތުގައި އިންސްޓޯލްމަންޓަށްވާ ފައިސާ އަދި މެއިންޓަނަންސް ފީ ނެގުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް އެޗްޑީސީން ބުނެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، މިހާރު އެޗްޑީސީން ހަދަމުން އަންނަ ސަރވޭއިން ދައްކާގޮތުން, 4500ށްވުރެ ގިނަ އާއިލާ މިހާރު ހިޔާ ފްލެޓަށް ދިރިއުޅުން ބަދަލު ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު 20،000ށްވުރެ ގިނަ މީހުން އެތަނުގައި ދިރިއުޅޭނެކަމަށް ސުހައިލް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ ލޯނު މައްސަަލާގައި އޮޑިޓަރ ޖެނެރަލްގެ އޮފީސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހޯމަ ދުވަހު ވަނީ ހާޒިރުކޮށްފައެވެ. މިބައްދަލުވުމުގައި އޮޑިޓް އޮފީހުން ބުނެފައިވަނީ, ހިޔާ މަޝްރޫއު ރަނގަޅަށް މެނޭޖްނުކޮށްފިނަމަ އެޗްޑީސީއަށް މާލީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެކަަމަށެވެ.

އެޗްޑީސީން މިހާތަނަށް ލޯނުގެ ގޮތުގައި ނެގި 700 މިލިއަން ޑޮލަރު (10.7 ބިލިއަން ރުފިޔާ)ގެ ތެރެއިން 400 މިލިއަނެއްހާ ޑޮލަރު (ހަ ބިލިއަން ރުފިޔާ)އަކީ ހިޔާ މަޝްރޫއަށް ނަގާފައިވާ ލޯނު ކަމަށާއި, މި މަޝްރޫއުގެ ލޯނު ރަނގަޅަށް މެނޭޖް ނުކުރެވިއްޖެނަމަ ކުންފުންޏަށް މާލީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެކަމަށް އޮޑިޓް އޮފީހުން ވަނީ ކޮމިޓީގައި ފާހަގަކޮށްފައެވެ.

ހިޔާ ފްލެޓްހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

05 އޯގަސްޓު 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު