Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަމަޟާން މަހުގެ މަތިވެރިކަން

ރަމަޟާން މަހުގެ ސަވާބައި ދަރުމަ ހޯދަން ގަދައަޅާ މަސައްކަތްކުރާށެވެ

11 އެޕްރީލު 2022 | ހޯމަ 14:12

ރަމަޟާން މަހަކީ އަހަރެއްގައި އަންނާނެ އެންމެ މަތިވެރި މައްސަރު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 11 އެޕްރީލު 2022 | ހޯމަ 14:12
ދަރުހެއްގެ ތެރެއިން

ދަރުހެއްގެ ތެރެއިން

ރަމަޟާން މަހަކީ އަހަރެއްގައި އަންނާނެ އެންމެ މަތިވެރި މައްސަރެވެ. މިއީ އަޅުކަމުގެ މައްސަރެކެވެ. އަހަރެއްގެ ތެރޭގައި އަންނާނެ އެންމެ މަތިވެރި ރޭ، ލައިލަތުލްގަދުރި ވިލޭރޭވެސް ހިމެނެނީ ރަމަޟާން މަހުގައެވެ. މިއީ މީހުންގެ ދިރިއުޅުން ބަދަލުކޮށްލާ މަހެކެވެ. ދުނިޔަވީ ކަންކަމުން ދުރުކޮށް، ހެޔޮ ކަންކަމާ ދިމާލަށް ގެންގޮސްދޭ މަހެކެވެ.

މިއީ އެހާމެ މާތްވެގެންވާ މައްސަރަކަށް ވާއިރު، މި މައްސަރުގެ ފައިދާ އެންމެ ހެޔޮގޮތުގައި ހިފަން މަސައްކަތްކުރަންޖެހެއެވެ. ރަމަޟާން މަހުގެ ރޯދަތައް ހިފައި ގިނަގިނައިން ހެޔޮ އަމަލުތައް ކުރުން މަތީގައި ދެމިހުންނަންޖެހެއެވެ. ތިމާއަށް ކުރެވޭ ކުޑަ ކުޑަ ކަމަކުންވެސް މި މައްސަރުގެ ސަވާބާއި ދަރުމަ ލިބުމަށް މަގުފަހިވެއެވެ. އެހެންކަމުން އެންމެ ހެޔޮ ގޮތުގައި މި ދުވަސްތައް ހޭދަކުރަން މަސައްކަތްކުރަންޖެހެއެވެ.

ރަމަޟާން މަހުގެ ސަވާބާއި ދަރުމަ ހޯދުމަށް ކުރެވޭނެ ކަންކަން މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު ވަނީ ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. މިގޮތުން ކޮންމެ ދުވަހަކުވެސް ޤުރުއާން ކިޔެވުމަށް ވަގުތުކޮޅެއް ހުސްކޮށްލުމަށް އޭނާ ނަސޭހަތްތެރިވެފައިވެއެވެ. އެހެންނަމަވެސް މިއީ ހަމައެކަނި ރަމަޟާން މަހު ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އެހެން މަސް މަހުގައިވެސް ޤުރުއާން ކިޔެވުން އިތުރުކުރުމަށް އޭނާ ވަނީ ނަސޭހަތްތެރިވެފައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ އިތުރުން ފަގީރަކަށް އެހީވުމަކީވެސް ސަވާބާއި ދަރުމަ އިތުރުކޮށްދޭ ކަމެކެވެ. އެއީ އެކަމަކުން އާޚިރަތުގައި ތިމާއަށް ކާމިޔާބު ލިބުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް މުފްތީ ބުނެފައިވެއެވެ. ރޯދައަށްހުރެ ގިނަ ގިނައިން ދުއާ ކުރުމަށާއި، ތަރާވީހު ނަމާދު ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. ވަކިން ޚާއްސަކޮށް ރޯދައަށް ހުރެ ނަމާދުތައް ގަޑިން ގަޑިއަށް އަދާކުރުމަށް މުފްތީ ނަސޭހަތްތެރިވެފައިވާއިރު، ތިމާ ހިފާ ރޯދައަކީ މާތް ﷲގެ ހަޟުރަތުގައި ބަލައިގަންނަ އަޅުކަމަކަށް ވާން ބޭނުންނަމަ ގަޑިން ގަޑިއަށް ނަމާދު އަދާކުރުން މުހިންކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ސަވާބާއި ދަރުމަ ހޯދުމަށް ތިމާގެ އާއިލާއާއިމެދު އޮންނަ ގުޅުން ވަރުގަދަކުރަންޖެހެއެވެ. އަދި އާއިލާއާއެކު ވަގުތު ހޭދަކުރުން އިތުރުކުރަންޖެހެއެވެ. ކަންކަމަށް ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި، ރަނގަޅު މީހަކަށް ވާން މަސައްކަތްކުރަންޖެހެއެވެ. މިފަދަ ކުދިކުދި ކަންތައްތަކަކީ މި މައްސަރުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ކުރެވިދާނެ ކަންކަމެވެ.

ވީމާ އަޅުގަޑުމެން އެންމެންވެސް ގަދައަޅައިމަސައްކަތް ކުރަންވީ މިފަދަ ނަސޭހަތުގައި ހިފައި މިލިބިފައިފާ ރަނުގެ ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށެވެ.

ރަމަޟާން 1443

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2023

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

23 ފެބުރުއަރީ 2023
ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ
28 އެޕްރީލު 2022

އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ

28 އެޕްރީލު 2022
އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ
28 އެޕްރީލު 2022

މިސްކިތުގެ ހުރުމަތްތެރިކަމަށް ރައްކާތެރިވުން

28 އެޕްރީލު 2022
މިސްކިތުގެ ހުރުމަތްތެރިކަމަށް ރައްކާތެރިވުން
28 އެޕްރީލު 2022

ހޮނިހިރު ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ

28 އެޕްރީލު 2022
ހޮނިހިރު ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ
28 އެޕްރީލު 2022

ބުދަ ދުވަހުގެ ނިޔަލަށް 1323 މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކައިފި

28 އެޕްރީލު 2022
ބުދަ ދުވަހުގެ ނިޔަލަށް 1323 މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކައިފި
27 އެޕްރީލު 2022

ޒަމާނީ އޮއިވަރުގެ ސަބަބުން އަޚްލާޤަށް ނުރަނގަޅު އަސަރުކުރޭ

27 އެޕްރީލު 2022
ޒަމާނީ އޮއިވަރުގެ ސަބަބުން އަޚްލާޤަށް ނުރަނގަޅު އަސަރުކުރޭ
27 އެޕްރީލު 2022

ރަމަޟާން މަހުގެ ފަހުދިހަ އާއި ލައިލަތުލްޤަދްރި

27 އެޕްރީލު 2022
ރަމަޟާން މަހުގެ ފަހުދިހަ އާއި ލައިލަތުލްޤަދްރި
26 އެޕްރީލު 2022

ތެދު ބުނުމަކީ ހެޔޮކަންތަކަށް މަގު ދައްކާ ކަމެކެވެ.

26 އެޕްރީލު 2022
ތެދު ބުނުމަކީ ހެޔޮކަންތަކަށް މަގު ދައްކާ ކަމެކެވެ.
25 އެޕްރީލު 2022

ހެޔޮކަންތަކަށް ވާގިވެރިވުން

25 އެޕްރީލު 2022
ހެޔޮކަންތަކަށް ވާގިވެރިވުން
24 އެޕްރީލު 2022

ރަމަޟާން މަހު ސިއްހަތު ރަނގަޅު ހަރަކާތްތެރި އުޅުމެއް އުޅެވިދާނެ ބައެއް ގޮތްތައް

24 އެޕްރީލު 2022
ރަމަޟާން މަހު ސިއްހަތު ރަނގަޅު ހަރަކާތްތެރި އުޅުމެއް އުޅެވިދާނެ ބައެއް ގޮތްތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް