Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ އިގުތިސާދީ ހާލަތު

ރައީސް ގޮތަބަޔާގެ އިސްތިއުފާއަށް ގޮވާލައި، އެތައް ހާސް ބަޔަކު ކޮލޮމްބޯގެ މަގުމައްޗަށް

10 އެޕްރީލު 2022 | އާދީއްތަ 15:33

އެންމެ އިސްކަމެއްދީގެން މިހާރު ކުރާނެ ކަމަކީ ސަޕްލައި ޗެއިން ރަނގަޅުކޮށް، ތޭލާއި ގޭސް އަދި ބޭސް ލިބޭނެ މަގުފަހިކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ކުޑަކުރުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 10 އެޕްރީލު 2022 | އާދީއްތަ 15:33
ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލައި އެތައް ހާސް ބަޔަކު މުޒާހަރާކުރަނީ

ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލައި އެތައް ހާސް ބަޔަކު މުޒާހަރާކުރަނީ

ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލައި އެތައް ހާސް ބަޔަކު ކޮލޮމްބޯގެ މަގުމައްޗަށް ނުކުމެއްޖެއެވެ.

ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ ބޭރު ފައިސާ ރިޒަރވް އެއްކޮށްހެން ހުސްވުމާ ގުޅިގެން, އެގައުމަށް ވަނީ ތެލާއި ބޭސް އަދި ކާނާ ފަދަ ޒަރޫރީ ސާމާނު ހޯދުމަށް ދަތިވެފައެވެ. ގައުމުގެ ގިނަ ހިސާބުތަކަށް ކަރަންޓު ކެނޑުން ފަދަ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ބޭސް ނުލިބި ގިނަ އަދަދެއްގެ ހޮސްޕިޓަލް، ކްލިނިކް އަދި ބޭސްފިހާރަތައް ވަނީ ބަންދުކުރަން ޖެހިފައެވެ.

މިފަދަ ގިނަ މަައްސަލަތަކާއެކު އެގައުމުގެ އިގުތިސާދީ، ސިޔާސީ އަދި އިޖުތިމާއީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިއާއެކު އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވެ، ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް ރައްޔިތުން ދަނީ ފާޑުކިޔަމުންނެވެ.

ކޮލޮމްބޯގައި މުޒާހަރާކުރި ގިނަ އަދަދެއްގެ ބަޔަކު ވަނީ ރައީސް ގޮތަބަޔާ ގެއަށް ވަޑައިގަތުމަށް ގޮވާލާފައެވެ. ގައުމު މިހާރު މިއޮތް ހާލަތުގެ ޒިންމާ ނަންގަވަން ރައީސަށް ޖެހިވަޑައިގަންނަވާނެކަމަށް ރައްޔިތުން ބުނަމުންދާއިރު، ރައްޔިތުން ވަނީ ރާޖަޕަކްސަ އާއިލާއަށްވެސް ނުރުހުން ފާޅުކޮށްފައެވެ.

އާންމުންގެ ނުރުހުން އަމާޒުވެގެން ދިޔަނަމަވެސް ރައީސް ވަނީ އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. ރައީސް ގޮތަބަޔާއަށް މިހާރު ވަނީ މަޖިލީހުގެ މެޖޯރިޓީވެސް ގެއްލިފައެވެ.

ލަންކާގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި 3 ބިލިއަން ޑޮލަރުގެ ބޭރު އެހީ ބޭނުންވާނެ ކަަމަށް ފިނޭންސް މިނިސްޓަރު އަލީ ސަބްރީ ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި ތެލާއި، ބޭސް ފަދަ ޒަރޫރީ ސާމާނު ހޯދުމަށް ބޭނުންވާ ފައިސާ ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ފައިސާގެ އެހީއާއެކު މިހާރު ހުރި ސޮވްރިން ބޮންޑްތައް ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި, މިއަހަރުގެ ޖުލައިއަށް ހަމަވާ 1 ބިލިއަން ޑޮލަރުގެ ދެއްކުން ފަސްކުރުމުގެ މަޝްވަރާތައް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. މަސައްކަތްކުރައްވާނީ ހާރޑް ޑިފޯލްޓަކަށް ދިއުމަށް ކަމަށާއި މިއީ ފަސޭހަކަމަކަށް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެންމެ އިސްކަމެއް ދެއްވައިގެން މިހާރު ކުރައްވާނެ ކަމަކީ ސަޕްލައި ޗެއިން ރަނގަޅުކޮށް, ތޭލާއި ގޭސް އަދި ބޭސް ލިބޭނެ މަގު ފަހިކޮށް ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ކުޑަކުރަން ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން އަލީ ސަބްރީ ވަނީ މިޖުލައި މަހު ހަމަވާ 1 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި މިދަރަނި އަދާކުރުމަށް އެހީ ލިބޭތޯ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އަށް ވެސް ދާންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ވޯރލްޑް ބޭންކާއި އޭޑީބީގެ އެހީވެސް ބޭނުންވާކަމަށް ވިދާޅުވިއެވެ. މިއެހީތައް ބޭނުންނަމަ ގައުމުގައި ސިޔާސީ ހަމަޖެހުން ބޭނުންވާކަމަށާއި މި ހަމަޖެހުން ނެތްނަމަ މަޝްވަރާތައްކުރަން ދާނީ ކޮންބައެއްތޯ އޭނާ ވަނީ ސުވާލުއުފައްދަވާފައެވެ.

ލަންކާގެ ހާލަތާމެދު އައިއެމްއެފްއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެއިދާރާއިން ވަނީ ލަންކާއާއެކު މަޝްވަރާކުރުމަށް ކުރަންޖެހޭ ޓެކްނިކަލް-ލެވެލްގެ މަސައްކަތްތައް ކުރަންފަށާފައި ކަމަށް ހޮނިހިރު ދުވަހު ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލަންކާއާއެކު މަޝްވަރާކުރަން ފަށާނެކަމަށް ވަނީ ބުނެފައެވެ.

ޖޭޕީ މޯގަން އެނަލިސްޓުން ވަނީ މިއަހަރު ލަންކާގެ ގްރޮސް ޑެޓް ސަރވިސިންގ 7 ބިލިއަން ޑޮލަރަށް އަރާނެކަމަށް އަންދާޒާކޮށްފައެވެ. މިހާރު ލަންކާގެ ކަރަންޓް އެކައުންޓް ޑެފިސިޓް ހުރީ 3 ބިލިއަން ޑޮލަރުގައެވެ. އަދި މާޗް މަސް ނިމުނު އިރު ލަންކާގެ ފޮރިން ރިޒަރވް ހުރީ 1.9 ބިލިއަން ޑޮލަރުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
11 ޖެނުއަރީ 2017

ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

11 ޖެނުއަރީ 2017
ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް