Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިމަރަފުށީ ހަރުކަށި ފިކުރު

ތިމަރަފުށީ ހަރުކަށި ފިކުރު: ހެކިތަކާގުޅޭގޮތުން ހައިކޯޓުގެ ނިންމުން ދައުލަތާ އެއްކޮޅަށް

10 އެޕްރީލު 2022 | އާދީއްތަ 14:50

ސިއްރު ހެކީގެގޮތުގައި ހުށައެޅި 23 ހެކިންގެ ތަހުގީގީ ބަޔާން ސިއްރުކުރަން ހައިކޯޓުން ތާއީދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 އެޕްރީލު 2022 | އާދީއްތަ 14:50
ތިމަރަފުށީ ހަރުކަށި ފިކުރުގެ މައްސަލަ- ހެކި ރައްކާތެރިކުރުމުގެ އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ބޭއްވި އަޑުއެހުން

ތިމަރަފުށީ ހަރުކަށި ފިކުރުގެ މައްސަލަ- ހެކި ރައްކާތެރިކުރުމުގެ އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ބޭއްވި އަޑުއެހުން

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ފުލުހުން ތައްޔާރުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓު ސިއްރުކޮށްނުދިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެ މައްސަލާގައި ގޮތެއް ނިންމުމުގެ އަޑުއެހުން ހައިކޯޓުގައި ކުރިއަށްގެންގޮސްފިއެވެ.

އާދީއްތަ ދުވަހު ކުރިއަށް ދިޔަ މި އަޑުއެހުމުގައި ހައިކޯޓުން ވަނީ ދައުލަތުން ހުށައަޅާފައިވާ މައްސަލައާ ގުޅޭގޮތުން ކޯޓުން ނިންމި ނިންމުން އިއްވާފައެވެ.

Advertisement - newsAdvertisement

ސިއްރު ހެކީގެ ގޮތުގައި ހުށައެޅި 23 ހެކިންގެ ތަހުގީގީ ބަޔާން:

މި މައްސަލަ ދަށު ކޯޓުން ނިންމެވި ގާޒީ ވަނީ ހެކިންގެ ވަނަވަރާއި، ހެކިވެރިންނަކީ ކޮން ބައެއްކަން އެނގޭނެފަދަ މައުލޫމާތު އުނި ކުރުމަށްފަހު، އެ ބަޔާންތައް ދިފާއަށް ހިއްސާކުރުމަށް ނިންމަވާފައެވެ.

އެހެންނަމަވެސް، މި ބަޔާންތަކުގައި ހިމެނޭ ހެކިވެރިންގެ ވަނަވަރު އުނިކުރުމަކީ ހެކިންގެ ސިއްރުކަން ދެމެހެއްޓިގެންދާނެ ގޮތެއް ނޫންކަމަށް ދައުލަތުގެ ފަރާތުން އިސްތިއުނާފު ހުށައަޅުއްވަމުން ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ބަޔާންތަކުގެ މައުލޫމާތުތަކަކީ އޭގެ ޒާތުގައި ހެކިވެރިންގެ މައުލޫމާތުތައް އެނގޭނެފަދަ މައުލޫމާތުތަކެއް ކަމަށާއި، އެފަދަ މައުލޫމާތުތައް ބަޔާނުން ސިއްރުކުރާނަމަ، މުޅި ބަޔާނުގެ ބޮޑު ބައެއް ސިއްރުކުރަން ޖެހިދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ހައިކޯޓުންވެސް މި ހެތްކާގުޅޭގޮތުން ނިންމާފައިވަނީ ދައުލަތުން އެދިފައިވާ ގޮތަށް އެ ހެކި ރައްކާތެރިކުރަންޖެހޭ ކަމަށެވެ. އެގޮތުން ބަޔާނުން އެ ފަރާތްތަކުގެ ނަމާއި ވަނަވަރު އުނިކުރި ކަމުގައިވިޔަސް، އެއީ ކޮން ހެކިންނެއްކަން ދެނެގަތުމުގެ އިހްތިމާލު އޮތްކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ހައިކޯޓުންވެސް ވަނީ (ޝަފީއު ވިދާޅުވެފައިވާ ފަދައިން) ސިއްރުހެކިވެރިންގެ ތަހުގީގު ބަޔާންތައް ހާމަނުކުރިކަމުގައިވިއަސް, ހެކި ހުށަހެޅުމާއި ހެތްކާ ސުވާލުކުރުމުގެ ހައްގު ގެއްލިގެންދާނެކަމަށް ނުފެންނަކަމަށް ނިންމަވާފައެވެ.

އައިސިސްގެ ފަރާތުން ރާއްޖޭގައި އަމީރަކު ކަނޑައެޅިކަމަށް ބުނެ ފޮނުވާފައިވާ ސިޓީއަކާއި ރަސްމީ ލިޔުމެއް:

މި ހެކީގެ ބައެއް މައުލޫމާތުތައް އުނި ކުރުމަށްފަހުވެސް ދިފާއަށް ލިޔެކިޔުންތައް ހަވާލު ކުރުމަށް ދައުލަތުން ދެކޮޅުހަދައެވެ. ދައުލަތުން އެދުނީ އެ ލިޔުންތަކުގެ ތަރުޖަމާ ތައްޔާރުކުރި ފަރާތުގެ ނަން އުނިކުރުމަށްފަހު، ޝަރީއަތުން ކަނޑައަޅާ ޝަރުތުތަކާއެކު ކޯޓަށް ގޮސް ބެލޭނެގޮތަށް ހެކި ރައްކާތެރި ކޮށްދެއްވުމަށެވެ.

ނަމަވެސް އެ ހެކިވެސް, ތަރުޖަމާ ކުރި ފަރާތުގެ ނަން އުނި ކުރުމަށްފަހު ހާމަކުރެއްވުމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ނިންމަވާފައެވެ.

މި ހެތްކާ ގުޅޭގޮތުން ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަލާއިރު، ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަށްވެސް ބުރަވެވަޑައިގެންނެވިފައިވަނީ ދައުލަތުން އެދިފައިވާ ގޮތަށް މި ހެކިވެސް ރައްކާތެރިކޮށްދޭން ޖެހޭކަމަށެވެ. ސަބަބެއްކަމަށް ފާހަގަ ކުރެއްވީ އެއީ ހަނގުރާމައާއި ޓެރަރިޒަމުގެ އަމަލުތަކަށް ހިތްވަރު ލިބިދެވޭފަދަ، މުޖުތަމައުގައި ފެތުރިގެންދިއުން ގާނޫނީގޮތުން ހުއްދަނުކުރެވޭނެ ތަކެތި ކަމަށް ފެނިވަޑައިގަންނަވާތީއެވެ. ދައުލަތުންވެސް އިސްތިއުނާފު ހުށައެޅިއިރު އެ ނުކުތާ ފާހަގަކޮށްފައިވެއެވެ.

ތަހުގީގުކުރި ފަރާތުގެ ބަޔާން:

މައްސަލައިގެ ތަހުގީގު ބަޔާންވެސް އެއްކޮށް ސިއްރު ކޮށްދިނުމަށް ދައުލަތުން ދަށު ކޯޓުގައި އެދިފައިވާއިރު، ހެކި ރައްކާތެރިކުރުމަށް ދައުލަތުން އެދިފައިވާ ގޮތަކީ، ބަޔާންތައް ސިއްރުކޮށް، އެއީ ކޮން ހެކިންތަކެއްކަން ނޭނގޭގޮތަށް ހެކިބަސް ނެގުމެވެ. 

މި ބަޔާންތަކުގައި މިފަދަ މައްސަލަތަކުގައި ފުލުހުން ބޭނުންކުރާ އުކުޅުތަކާއި، ތަހުގީގުގެ ތަރުތީބު ބަޔާންކުރާގޮތުގެ މައުލޫމާތުތައް ހިމެނޭކަމަށް ދައުލަތުން ބުނި ނަމަވެސް, ދަށު ކޯޓުން މައްސަލަ ބެއްލެވި ގާޒީ ވަނީ ދައުލަތުން ބުނެފައިވާގޮތަށް ސިއްރުކުރަން ޖެހޭފަދަ އުކުޅެއް ފުލުހުން ބޭނުންކޮށްފައިވާކަން މި ތަހުގީގު ބަޔާނުން އެނގެން ނެތްކަމަށް ވިދާޅުވެ، އެ ހެކިވެސް ހާމަކުރެއްވުމަށް ނިންމަވާފައެވެ.

ހައިކޯޓުންވެސް ކްރިމިނަލް ކޯޓުގެ އެ ނިންމުމަށް ތާއީދުކުރެއެވެ. އެގޮތުން ފުލުހުންގެ ތަހުގީގުގައި ބޭނުންކުރެވޭނެ ޚާއްސަ އުކުޅުތަކަކީ ކޮބައިކަމާއި, އެ އުކުޅުތައް ބޭނުންކުރެވޭނެ އުސޫލު ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 18 ވަނަ ބާބުގައި ބަޔާން ކޮށްފައިވާކަމަށާއި، ސިއްރުކުރަންޖެހޭފަދަ އުކުޅެއް ފުލުހުން ބޭނުން ކޮށްފައިވާކަން ތަހުގީގުކުރި ފަރާތުގެ ބަޔާނުން އެނގެން ނެތްކަން ސަބަބެއްގެ ގޮތުގައި ހައިކޯޓުން ވަނީ ފާހަގަކޮށްފައެވެ.

އިންޓެލިޖެންސް ރިޕޯޓުތައް:

މި ރިޕޯޓުތައް (ޝަރުތުތަކަކާއެކު) ޝަރީއަތް މެދުވެރިކޮށް ބެލޭނެ ގޮތް ހެދުމަށް ދައުލަތުން އެދިފައިވާއިރު، ދަށު ކޯޓުން މައްސަލަ ނިންމެވި ގާޒީ ވަނީ, އިންޓެލިޖެންސް ރިޕޯޓު ޝަރީއަތަށް އައިސް ބެލުމާއި ވަކީލުންގެ އަތަށް ދޫކުރުމާމެދު ވަކި ތަފާތު ނަތީޖާއެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ވިދާޅުވެ އެ ހެކިތައްވެސް ހާމަ ކުރެއްވުމަށް ނިންމަވާފައެވެ.

އެހެންނަމަވެސް، މި ހެތްކާ ގުޅޭގޮތުން ހައިކޯޓުންވެސް ނިންމާފައިވަނީ ދައުލަތާ އެއްކޮޅަށެވެ. އެއީ މި މައްސަލައިގެ ބާވަތާއި، މި ރިޕޯޓުތަކުގައި ހިމެނިފައިވާ މައުލޫމާތު އާންމުވެއްޖެނަމަ، ގައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލެއްގެ އިހްތިމާލު އޮތްމިންވަރުގެ މައްޗަށާއި، މިބާވަތުގެ ތަހުގީގުތަކަށް ހުރަސް އެޅިދާނެކަމުގެ އިހްތިމާލު އޮތްކަމަށް ފެންނާތީކަމަށް ހައިކޯޓުގައި މައްސަލަ ނިންމެވި ފަނޑިޔާރުން ދެކެވަޑައިގަނެއެވެ.

ދަޢުވާލިބޭ ފަރާތްތަކުގެ ފޯނުން ނަގާފައިވާ، ހަރުކަށި ފިކުރާއި ޓެރަރިޒަމަށް ހިތްވަރުދޭ ޑޮކިއުމެންޓްތައް ހިމެނޭ ސީޑީތައް:

މި ހެކިވެސް ދައުލަތުން އެދިފައިވާ ގޮތަށް (ކްރިމިނަލް ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު) ހަމައެކަނި ކޯޓުގައި ބަލައި ދިރާސާކުރުމަށް ފުރުސަތުދެއްވުމަށް ހައިކޯޓުގައި މައްސަލަ ނިންމެވި ފަނޑިޔާރުން ނިންމެވިއެވެ. ސަބަބަކީ މިފަދަ ތަކެތި މުޖުތަމައުގެ ތެރެއަށް ފެތުރިގެން ހިނގައިދާނެކަމުގެ އިހްތިމާލު އޮންނަ ފަދައިން، ދައުވާލިބޭ ފަރާތްތަކަށްވެސް ދޫކުރެވިދާނެކަމަށް ނުފެންނާތީކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

މައިގަނޑު ގޮތެއްގައި ހެކި ރައްކާތެރިކުރުމާ ގުޅޭގޮތުން ދައުލަތުގެ ފަރާތުން ޝަފީއު ހުށައެޅުއްވި އިސްތިއުނާފީ ނުކުތާތައް ނިމިގެން ގޮސްފައިވަނީ ދައުލަތާއި އެއްކޮޅަށެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

20 މެއި 2017

ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ

20 މެއި 2017
ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ
18 މެއި 2017

ހައިކޯޓުގެ ފަނޑިޔާރު ރައޫފް ޖޭއެސްސީގެ މެމްބަރު ކަމަށް އަންޔަން ކުރައްވައިފި

18 މެއި 2017
ހައިކޯޓުގެ ފަނޑިޔާރު ރައޫފް ޖޭއެސްސީގެ މެމްބަރު ކަމަށް އަންޔަން ކުރައްވައިފި
20 އެޕްރީލު 2017

ހައިކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ މަގާމުން ވަކިކޮށްފި

20 އެޕްރީލު 2017
ހައިކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ މަގާމުން ވަކިކޮށްފި
12 އެޕްރީލު 2017

ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

12 އެޕްރީލު 2017
ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު
22 މާރިޗު 2017

ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން

22 މާރިޗު 2017
ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް