Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޗެއަރޕާސަންގެ އިންތިޚާބު: ފައްޔާޒާއި އިންތި އެކަކު އަނެކަކަށް ދޫ ދިނުމެއްނެތި ކުރިއަށް

އެމްޑީޕީގެ ކަންކަން ރަނގަޅުކޮށް ދެއްވާނެ ކަމަށް ވިދާޅުވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 10 އެޕްރީލު 2022 | އާދީއްތަ 13:30
ޕޯޑިއަމް ތަކުގައި ދެ ބޭފުޅުންވެސް ހޫނު ގަދަ ބަހުގެ ހަމަލާތައް ދެއްވާ

ޕޯޑިއަމް ތަކުގައި ދެ ބޭފުޅުންވެސް ހޫނު ގަދަ ބަހުގެ ހަމަލާތައް ދެއްވާ

އެމްޑީޕީ އުފެދުނީންސުރެ އެ ޕާޓީގެ "ހިތް" ކަމަށް ދެކިގެން އައީ މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީ އަބަދުވެސް ހިނގަމުން އައީ އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށެވެ. އެމަނިކުފާނު ދެއްކެވި މަގުންނެވެ. މީގެކުރިން، އެ ނޫން މަގެއް، ފިކުރެއް، އެ ޕާޓީގައި އުފަން ވިޔަވެސް ނުދެއެވެ. އެހެންނަމަވެސް އެމްޑީޕީގެ ތަގުދީރު ބަދަލުކޮށްލީ 2018 ވަނަ އަހަރު ގެނައި މަޖުބޫރީ ހާލަތެވެ. ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ޕާޓީގެ ޓިކެޓް ދޭން މަޖުބޫރުވުމެވެ. ޕާޓީން މިގޮތަށް ނިންމުމުގައިވެސް ފޮރުވިފައިވާ ކަންތައްތަކެއްވާކަން ހާމަވާން ފެށީ، ދައުރުގެ މެދުތެރެއިން ރައީސް ނަޝީދު ފެށްޓެވި ނިޒާމީ ބަހުސެވެ. އަދި ބަރުލަމާނީ ނިޒާމު ގެނައުމަށް ޕެޓިޝަނެއް ހަދާ ގިނަ އަދަދެއްގެ ސޮއިވެސް ހަމަކުރިއެވެ. އެހެންނަމަވެސް އެއަޑު މިހާރު ކޮންމެވެސް ވަރަކަށް ފަނޑުވެއްޖެއެވެ. އެހެންނަމަވެސް ރައީސް ނަޝީދު މިކަމުގައި ގެންގުޅުއްވާ ވިސްނުންފުޅަށް ބަދަލެއް ނާދެއެވެ. ފާއިތުވި ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާވެސް ބަރުލަމާނީ ނިޒާމު ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ދައްކަން މި އުޅެނީ ނިޒާމީ ބަހުސްގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ މިހާރު ފޯރީގައި ހިންގަމުން އަންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިންގެ ވާހަކައެވެ. ޚާއްސަކޮށް ޗެއާޕާސަންގެ އިންތިޚާބެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ އިތުރުން ކައުންސިލް އިންތިހާބުތަކުގައި، އެހެން ސިޔާސީ ޕާޓީތަކާ ވާދަކުރާއިރު ނުފެންނަ ފަދަ ފޯރިއެއް ޗެއާޕާސަން ހޮވުމަށް ކުރަމުން އަންނަ ކެންޕެއިނުން ދަނީ ފެންނަމުންނެވެ.

ނިޒާމީ ކޯޅުމުގެ އަޑު ފަނޑުވި ނަމަވެސް އެ ކޯޅުމުގައި އެޅުނު ރެނދު އަދިވެސް އޮތީ އޮގޮތުގައެވެ. ޕާޓީ، ދެ ނިޒާމަށް ބައިވެއްޖެއެވެ. ޕާޓީގެ ދެ ލީޑަރުން ކަމަށްވާ ރައީސް ނަޝީދަށާއި ރައީސް ސާލިހްއަށް ޕާޓީ ބެހިއްޖެއެވެ. ޗެއާޕާސަން އިންތިހާބުގައި އެ ދެ ޕެކްޝަން އޮތީ ހަމަ އެގޮތަށެވެ. ޗެއަރޕާސަން ކަމަށް ވާދަ ކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ. އިމްތިޔާޒު ފަހުމީއަކީ ރައްޔިތުންގެ މަޖިލިހުގައި ރައީސް ނަޝީދުގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރައްވާ އެއް މެމްބަރެވެ. ފައްޔާޒު އިސްމާއީލަކީ ރައީސް ސާލިހު އެންމެ އިތުބާރު ކުރައްވާ ވަޒީރެވެ. އެ ދެ ބޭފުޅުންވެސް ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ގެންދަވަނީ ކުރައްވަމުންނެވެ. އެމްޑީޕީ "ހިންގާލަން" ޝިއާރާއެކު ފައްޒާރު ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު އިންތިޔާޒު ގެންދަވަނީ "އިންތިއާއެކު" ޝިއާރުގައި ކެމްފެއިން ކުރައްވަމުންނެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުންފުނިތަކުގެ ވެރީންނާއި ޕާޓީގެ އިސް އެކްޓިވިސްޓުންގެ ތެރެއިން ގިނަ ބަޔަކާއި ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ސާފު އަގުލަބިއްޔަތުވެސް ފެންނަނީ ފައްޔާޒުގެ ކެމްޕެއިނުންނެވެ. އެހެންނަމަވެސް ތާރީޚަށް ނަޒަރު ހިންގާލާއިރު، އެމްޑީޕީގެ ޗެއާޕާސަން މިހާތަނަށް ކުރެއްވި ބޭފުޅުންނަކީ ރައީސް ނަޝީދުގެ އެންމެ އަރިސް ބޭފުޅުންނެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ކަން ކުރެއްވި އެ ޕާޓީގެ ފައުންޑަރ މެމްބަރު މުހައްމަދު ލަތީފު (ގޯގޯ) އާއި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި މަޖިލިހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެންމެ ފަހުން އެ މަގާމު އަދާކުރެއްވި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަކީވެސް ރައީސް ނަޝީދުގެ ތާއިދާއެކު އެ މަގާމަށް ވަޑައިގެންނެވި ބޭފުޅުންނެވެ.

އެހެންކަމުން މިއީވެސް މި އިންތިޚާބު ފޯރިގަދަވެގެންދާ އެއް ސަބަބެވެ. މި އިންތިޚާބުގައި ރައީސް ނަޝީދު ތާއީދު ކުރައްވަނީ އިންތިއަށެވެ. އަދި އިންތިގެ ކެމްޕެއިން ޓީމްގައި ހިމެނިވަޑައިގަންނަވަނީވެސް ރައީސް ނަޝީދްއަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ.

ދެ ކެންޑިޑޭޓުންވެސް ގެންދަވަނީ އެމްޑީޕީގެ ކަންކަން ރަނގަޅުކޮށް ދެއްވާނެ ކަމަށް ވިދާޅުވެ ވައުދުތައް ވެ ވަޑައިގަންނަވަމުންނެވެ. އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ހޫނުގަދަ ބަހުގެ ހަމަލާތައްވެސް ދެއްވައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތެރެއިންވެސް މިހާރު ބިލްތަކުގެ ބަހުސަށްވުރެ ބޮޑަށް ފެންނަނީ ޕާޓީގެ އިންތިޚާބުގެ ފޯރީގައި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ބަހުގެ ހަމަލާތައް ދެއްވާ މަންޒަރެވެ.

އެންމެ ފަހުން ފައްޔާޒު ވިދާޅުވެފައިވަނީ، އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި މިހާތަނަށް ދަތުރު ކުރެވުނު 115 ރަށުން އިވުނު އަޑަކީ އެމްޑީޕީ، ނުހިނގާކަމުގެ ވާހަތައް ކަމަށެވެ. ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކޮށް މިކަންބޮޑުވުންތަކަށް ހައްލު ގެންނަވާނެކަމަށް ވިދާޅުވިއެވެ.

އެމްޑީޕީ ނުހިނގާކަމުގެ ޝަކުތާކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ، އެމްޑީޕީގެ ހިންގުމުގެ އެންމެ މައިގަނޑު ނިޒާމަކީ އެތެރޭގެ އިންތިހާބުތައް ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ ހިންގުން އަމާޒުވާން ޖެހޭނީ އިންތިހާބު ކާމިޔާބު ކުރުމުގެ މައްޗަށް ކަމަށް ވާއިރު އެކަމުގައި އެމްޑީޕީ ނުހިންގިފައި ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމު ދިފާއު ކުރަން ފައްޔާޒާއި އިންތި ތިއްބެވީ ގަދަޔަށް ހިފާފައެވެ.

މީހުން ބުނާ ގޮތުގައި މި އިންތިޚާބުގެ ނަތީޖާއަކީ ވަރަށް ގިނަ ކަންކަން އެނގިގެންދާނެ ނަތީޖާއެކެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ އާންމު މެންބަރުންގެ ވޯޓު އޮންނާނީ ކިހިނެތްކަން އެނގިގެންދާނެއެވެ. ފައްޔާޒަށް ކާމިޔާބު ވެއްޖެނަމަ އެއީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ކަށަވަރުވުން ކަމަށް މީހުން ބުނެއެވެ.

އަދި އިންތިއަށް ޗެއާޕާސަންކަން ކާމިޔާބު ވެއްޖެ ނަމަ، އެއީ، ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ކަށަވަރު ވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު