Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ ސިޔާސީ މަސްރަހު

ޕާކިސްތާންގެ ބޮޑުވަޒީރުކަމާއި ދެން ހަވާލުވާނީ ކޮންބޭފުޅެއް

10 އެޕްރީލު 2022 | އާދީއްތަ 08:41

ޕާކިސްތާންގައި އެއްވެސް ބޮޑުވަޒީރަކު ފަސްއަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައެއްނުވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 10 އެޕްރީލު 2022 | އާދީއްތަ 08:41
ޝަހްބާޒް ޝަރީފް

ޝަހްބާޒް ޝަރީފް

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާވަނީ މަގާމުން ވަކިކުރައްވާފައެވެ. އެއާއެކު ދެން އެމަގާމަށް ވަޑައިގަންނަވާނެ ބޭފުޅަކީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅު ޝަހްބާޒް ޝަރީފް ކަމަށް ވަރަށް ބޮޑަށް ދަނީ ބެލެވެމުންނެވެ.

ޝަހްބާޒް ޝަރީފްއަކީ ކޮންބޭފުޅެއްކަން ޕާކިސްތާނުން ބޭރު ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ޕާކިސްތާންގައިވެސް ސިޔާސީ މައިދާނަށްވުރެ ބޮޑަށް ގިނަބަޔަކު ޝަހްބާޒް ޝަރީފް ދަންނަނީ ރަނގަޅު އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައެވެ.

ޕާކިސްތާންގެ ބޮޑުވަޒީރުކަން ތިންފަހަރުމަތިން ކުރައްވާފައިވާ ނަވާޒް ޝަރީފްގެ ކޮއްކޯފުޅު، އުމުރުފުޅުން 70 އަހަރުގެ ޝަހްބާޒް ޝަރީފްވަނީ އިމްރާން ޚާން އާއި ދެކޮޅަށް ނެގުނު ވޯޓުގެ ކަންތައް ކުރިޔަށް ގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ. މިވޯޓް ބްލޮކް ކުރެވޭތޯ އިމްރާން ޚާންގެ ސަޕޯޓަރުން އެތައް ގަޑިއިރެއްވަންދެން މަސައްކަތް ކުރިނަމަވެސް އިދިކޮޅުން އެންމެ ފަހުން ވަނީ ކާމިޔާބުކޮށްފައެވެ.

އެނަލިސްޓުން ބުނާ ގޮތުގައި ނަވާޒް ޝަރީފްއާއި ޚިލާފަށް، ޝަހްބާޒްއަށް އެގައުމުގެ އަސްކަރިޔާގެ ތާއީދު ވަރަށް ބޮޑެވެ. 220 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާންގައި ފޮރިން އަދި ޑިފެންސް ޕޮލިސީ މައިގަނޑު ގޮތެއްގައި ކޮންޓްރޯލް ކުރަނީ އަސްކަރިއްޔާއިންނެވެ.

ޕާކިސްތާންގެ މަދަނީ ސަރުކާރުތައް ވައްޓާލުމަށް ތިންފަހަރެއްގެ މަތިން އަސްކަރީ ޖެނެރަލުން ސީދާކޮށް ހަރަކާތްތެރިވެފައި ވެއެވެ. އަދި 1947 ގައި މިނިވަންކަން ލިބުނު ފަހުން މިހާތަނަށް އަދި އެއްވެސް ބޮޑުވަޒީރަކު ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައެއް ނުވެއެވެ.

ޝަޚްބާޒް ޝަރީފްއަކީ އިދިކޮޅުން ގުޅިގެން ނެރެފައިވާ ކެންޑިޑޭޓެވެ. އިތުބާރު ނެތްކަމުގެ ވޯޓަށްފަހު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ޝަހްބާޒްވަނީ މިފެށުނީ އައު ފަތިހަކުންކަމަށް ވިދާޅުވެފައެވެ. އަދި އިދިކޮޅު އެލަޔަންސުން ޕާކިސްތާން އަލުން އާބާދު ކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ޝަހްބާޒް ޝަރީފްއަކީ މުއްސަނދި ޝަރީފް ޑައިނާސްޓީގެ ބޭފުޅަކަށްވާއިރު، ގިނަބަޔަކު އޭނާ ދަންނަނީ އޭނާ ގެންގުޅުއްވާ ކަންކަން "ކުރެވޭނެ" ވިސްނުމުގެ ހިންގުމުގެ ސްޓައިލްގެ ސަބަބުންނެވެ. މިކަން އެންމެ ބޮޑަށް ހާމަވެފައިވަނީ ޕަންޖާބް ޕޮރޮވިންސްގެ ޗީފް މިނިސްޓަރަށް ހުންނެވިއިރު ޗައިނާއިން ފަންޑްކޮށްގެން އެގައުމުގައި ހިންގުނު ޕްރޮޖެކްތައް ކުރިޔަށް ގެންދިއުމުގައި އޭނާ އަދާކުރެއްވި ރޯލުންނެވެ.

ޕާކިސްތާންގެ 23 ވަނަ ބޮޑުވަޒީރު އައްޔަންކުރާއިރު އެބޭފުޅަކީ ޝަހްބާޒް ޝަރީފް ކަމަށް ވިޔަސް އޭގެ ކުރިން ފުރިހަމަ ވާންޖެހޭ މަރުހަލާތަކެއް ވެއެވެ. މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ ފުނޑުފުނޑުވަމުންދާ އިގްތިސާދު ނެގެހެއްޓުމެވެ. އިންފްލޭޝަން އިންތިހާއަށް މަތިވެފައިވާއިރު ބޭރު ފައިސާގެ ރިޒާވް ދަނީ ބާރަށް ހުސްވަމުންނެވެ.

އެނަލިސްޓުން ބުނާ ގޮތުގައި ޝަހްބާޒް ޝަރީފް މަގާމާއި ހަވާލުވެވަޑައިގެންނެވި ނަމަވެސް ކަންތައްތައް ނިންމެވުމުގައި އިދިކޮޅު އެލަޔަންސްގެ އެކި ފަރާތްތަކުގެ އިތުރުން ބޭބޭފުޅު ނަވާޒް ޝަރީފްގެ މަޝްވަރާ ހޯއްދަވަން ޖެހިވަޑައިގަންނަވާނެއެވެ.

ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލުހުކުމެއް ފުރުއްވުމަށްފަހު ނަވާޒް ޝަރީފް ފާއިތުވި ދެއަހަރު އުޅުއްވަމުންގެންދެވީ ބޭސްފަރުވާއަށް ލަންޑަންގައެވެ.

ޕާކިސްތާންގެ ލާހޫރުގެ މުއްސަނދި އާއިލާއަކަށް އުފަންވެވަޑައިގެންނެވި ޝަހްބާޒް ޝަރީފް ތައުލީމް ހާސިލްކުރެއްވީ ޕާކިސްތާނުންނެވެ. ތައުލީމް ފުރިހަމަ ކުރެއްވުމަށްފަހު އޭނާވަނީ އާއިލީ ވިޔަފާރިއާއި ގުޅިވަޑައިގެންފައެވެ. އަދި އާއިލާ އާއި ގުޅިގެންވަނީ ޕާކިސްތާން ސްޓީލް ކޮމްޕެނީއެއް އުފައްދަވާފައެވެ.

ސިޔާސީ މައިދާނަށް ނިކުމެވަޑައިގެންނެވީ ޕަންޖާބުންނެވެ. އަދި 1997 ގައި ޕަންޖާބްގެ ޗީފް މިނިސްޓަރުކަން ލިބިވަޑައިގެންނެވިއެވެ. ނަމަވެސް ގެނެވުނު މިލިޓަރީ ބަޢާވާތަކަށްފަހު 2000 ވަނަ އަހަރު ސައޫދީ އަރޭބިޔާއަށް ފޮނުވާލެވުނެވެ.

ޝަހްބާޒް ޝަރީފް އަނެއްކާވެސް 2007 ގައި އެނބުރި ގައުމަށް ވަޑައިގެންނެވިއެވެ. އަދި މިފަހަރުވެސް ޕަންޖާބުން ސިޔާސީ ކެރިއަރު ފެއްޓެވިއެވެ. ޕެނަމާ ޕޭޕާރސްގައި ބަޔާންކޮށްފައިވާ މުދަލާއި ބެހޭ ތަފްސީލް ސިއްރުކުރެއްވި މައްސަލައިގައި 2017 ވަނަ އަހަރު ނަވާޒް ޝަރީފްގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްލުމާއި ގުޅިގެން ނަވާޒު ޝަރީފުގެ ޕާޓީކަމުގައިވާ ޕާކިސްތާން މުސްލިމް ލީގުގެ ޗީފްކަމާއި ހަވާލުވެވަޑައިގެންނެވި ހަމައިން ޝަހްބާޒް ޝަރީފްގެ ސިޔާސީ މަސައްކަތް ފުޅާކުރެއްވިއެވެ. އަދި މިއަދު އެވަނީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ބޮޑުވަޒީރުކަމާއި ހަވާލުވެޑައިގަތުމަށް ތައްޔާރުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 އެޕްރީލު 2022

ޕާކިސްތާންގެ އައު ސަރުކާރަށް މަޖުބޫރުވެފައި ވަނީ ބޮޑު ޑެފިސިޓްއަކާއެކު ވީރާނާވެފައިވާ އިގުތިސާދު އަލުން އަނބުރާ ކޮޅަށް ޖަހަން

13 އެޕްރީލު 2022
ޕާކިސްތާންގެ އައު ސަރުކާރަށް މަޖުބޫރުވެފައި ވަނީ ބޮޑު ޑެފިސިޓްއަކާއެކު ވީރާނާވެފައިވާ އިގުތިސާދު އަލުން އަނބުރާ ކޮޅަށް ޖަހަން
11 އެޕްރީލު 2022

ޕާކިސްތާންގެ ބޮޑުވަޒީރު ކަމަށް ޝަހްބާޒް ޝަރީފް

11 އެޕްރީލު 2022
ޕާކިސްތާންގެ ބޮޑުވަޒީރު ކަމަށް ޝަހްބާޒް ޝަރީފް
07 އެޕްރީލު 2022

ޕާކިސްތާންގެ މަޖިލިސް އުވާލެއްވީ ގާނޫނާ ޚިލާފަށްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

07 އެޕްރީލު 2022
ޕާކިސްތާންގެ މަޖިލިސް އުވާލެއްވީ ގާނޫނާ ޚިލާފަށްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
03 އެޕްރީލު 2022

ޕާކިސްތާންގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި

03 އެޕްރީލު 2022
ޕާކިސްތާންގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި
07 އޮކްޓޯބަރު 2021

ޕާކިސްތާންގެ ހުޅަނގުދެކުނު ޕްރޮވިންސަށް އައި ބިންހެލުމެއްގައި 20 މީހުން މަރުވެއްޖެ

07 އޮކްޓޯބަރު 2021
ޕާކިސްތާންގެ ހުޅަނގުދެކުނު ޕްރޮވިންސަށް އައި ބިންހެލުމެއްގައި 20 މީހުން މަރުވެއްޖެ
02 އޯގަސްޓު 2021

މިޔަންމާގެ އަސްކަރިއްޔާގެ ވެރިޔާ އަމިއްލަފުޅަށް ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންފި

02 އޯގަސްޓު 2021
މިޔަންމާގެ އަސްކަރިއްޔާގެ ވެރިޔާ އަމިއްލަފުޅަށް ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންފި
09 އޮކްޓޯބަރު 2020

ސައުދީއާއި ޕާކިސްތާންގެ ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރަނީ

09 އޮކްޓޯބަރު 2020
ސައުދީއާއި ޕާކިސްތާންގެ ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރަނީ
12 ޖޫން 2020

ނުބައި ޗާޓެއް ދައްކައިގެން ޕާކިސްތާންގެ ގައުމީ ޓީވީގެ 2 ނޫސްވެރިޔަކު ވަޒީފާއިން ވަކިކޮށްފި

12 ޖޫން 2020
ނުބައި ޗާޓެއް ދައްކައިގެން ޕާކިސްތާންގެ ގައުމީ ޓީވީގެ 2 ނޫސްވެރިޔަކު ވަޒީފާއިން ވަކިކޮށްފި
22 އެޕްރީލު 2020

ޕާކިސްތާންގެ ބޮޑުވަޒީރު ކޮވިޑް-19އަށް ނެގެޓިވް

22 އެޕްރީލު 2020
ޕާކިސްތާންގެ ބޮޑުވަޒީރު ކޮވިޑް-19އަށް ނެގެޓިވް
23 ޖުލައި 2019

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމާ ދެން ހަވާލުވާނީ ބޯރިސް ޖޯންސަން

23 ޖުލައި 2019
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމާ ދެން ހަވާލުވާނީ ބޯރިސް ޖޯންސަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް