Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޝަހްބާޒް ޝަރީފް

ޕާކިސްތާންގެ ބޮޑުވަޒީރު ކަމަށް ޝަހްބާޒް ޝަރީފް

ޝާހްބާޒް ޝަރީފް މަގާމަށް އައްޔަނުކުރެވިގެން މިދިޔައީ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި އިމްރާން ޚާންގެ އިތުބާރުނެތްކަމުގެ ވޯޓު ނަގައި މަގާމުން ވަކިކުރެއްވުމަށްފަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 11 އެޕްރީލު 2022 | ހޯމަ 15:11
ޕާކިސްތާންގެ އައު ބޮޑުވަޒީރުގެ މަގާމަށް އެގައުމުގެ މަޖިލީހުގެ 174 މެމްބަރުންގެ ވޯޓުން މިވަނީ ޝަހްބާޒް ޝަރީފް އައްޔަނުކުރައްވާފައި

ޕާކިސްތާންގެ އައު ބޮޑުވަޒީރުގެ މަގާމަށް އެގައުމުގެ މަޖިލީހުގެ 174 މެމްބަރުންގެ ވޯޓުން މިވަނީ ޝަހްބާޒް ޝަރީފް އައްޔަނުކުރައްވާފައި

ޕާކިސްތާންގެ އައު ބޮޑުވަޒީރުގެ މަގާމަށް އެގައުމުގެ މަޖިލީހުން ޝަހްބާޒް ޝަރީފް އައްޔަނުކޮށްފިއެވެ.

ހޯމަ ދުވަހު ބޮޑުވަޒީރު ހޮވުމަށް ނަގާ ވޯޓު ޕާކިސްތާންގެ މަޖިލީހުގައި ނަގާފައިވާއިރު، ޝަހްބާޒް ޝަރީފް މަގާމަށް އައްޔަނުކުރެވިގެން ދިޔައީ 174 މެމްބަރުންގެ ވޯޓުންނެވެ. ޝާހްބާޒް ޝަރީފް މަގާމަށް އައްޔަނުކުރެވިގެން މިދިޔައީ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި އިމްރާން ޚާންގެ އިތުބާރުނެތްކަމުގެ ވޯޓު ނަގައި މަގާމުން ވަކިކުރުމަށްފަހުއެވެ.

ޝަހްބާޒް ޝަރީފް އަކީ ޕާކިސްތާންގެ ބޮޑުވަޒީރުކަން ތިން ފަހަރު ކުރައްވާފައިވާ ނަވާޒް ޝަރީފްގެ ކޮއްކޯފުޅެވެ. އެނަލިސްޓުން ބުނާގޮތުން ޝަހްބާޒް އަކީ ހުޅަނގުގެ ގައުމުތަކާ އަދި އިންޑިއާ އާއި ޗައިނާއާ ވެސް ގުޅުން ރަނގަޅު ސިޔާސީ ލީޑަރެކެވެ. އަދި އޭނާ އަކީ ޕާކިސްތާންގެ އަސްކަރިއްޔާއާ ވެސް ގުޅުން ރަނގަޅު ލީޑަރެއް ކަމަށް އެނަލިސްޓުން ބުނެއެވެ.

ބޮޑުވަޒީރު ކަމުގެ މަގާމު ލިބުމާއެކު ޝަހްބާޒް ވަނީ ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތުން އަރައިގަތުމުގެ މަސައްކަތްތައް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އިގުތިސާދީ ހާލަތު ގޯސްވެ ޕާކިސްތާން ރުޕީސްގެ އަގު މިއިން ދުވަހަކުވެސް ނުވެއްޓޭ ވަރަށް ވެއްޓިފައިވާއިރު، އެގައުމުގެ ސެންޓްރަލް ބޭންކުން ވަނީ އިންޓެރެސްޓް ރޭޓް ވަރަށް ބޮޑަށް މަތިކޮށްފައެވެ.

ޝަހްބާޒް ވަނީ ގައުމު މިހާރު ވެއްޓިފައި މިއޮތް އަޑިގަނޑުން އަރައިގަންނަން ބޭނުން ނަމަ ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިހާލަތުން އަރައިގަންނަށް އެންމެން އެއްކޮށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް ޝަހްބާޒް ވަނީ ފާހަގަކުރައްވާފައެވެ. މިފެށިގެން ދަނީ ޕާކިސްތާންގެ ތަރައްގީގެ އައު ސަފްހާއެއް ކަމަށްވެސް ޝަހްބާޒް ވިދާޅުވިއެވެ.

ޕާކިސްތާންގެ ބޮޑުވަޒީރުކަމަށް ޝަހްބާޒް އައްޔަނުކުރުމަށް ވޯޓު ނެގުމުގެ ކުރިން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ނިސްބަތްވާ ތަހްރީކީ އިންސާފު ޕާޓިގެ ހުރިހާ މެމްބަރުން ވަނީ އިސްތިއުފާ ދީފައެވެ. އެގޮތުން ކުރީގެ ފޮރިން މިނިސްޓަރ އަދި ޕާޓީގެ ނައިބު ރައީސް ޝާހް މަހްމޫދު ގުރައިޝީ ވަނީ އެޕާޓީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާކަން އިއުލާން ކުރައްވާފައެވެ.

މިމެމްބަރުންގެ އިސްތިއުފާއާ އެކު މަޖިލީހުގެ 100ށް ވުރެ ގިނަ ގޮޑި ހުސްވާނެއެވެ.

ތަހްރީކީ އިންސާފު ޕާޓީން ބޮޑުވަޒީރުގެ މަގާމަށް ހޮވުމަށް ގުރައިޝީގެ ނަން ވަނީ ހުށަހަޅާފައެވެ.

އިމްރާން ޚާން އަކީ ޕާކިސްތާނުގެ ތާރީހުގައި އިތުބާރުނެތްކަމުގެ ވޯޓު ނަގައި މަގާމުން ވަކިކުރެވުނު ފުރަތަމަ ބޮޑުވަޒީރެވެ. އިމްރާން ޚާން މަގާމުން ވަކިކުރުމަށް މަސައްކަތްކޮށްފައި ވަނީ އެމެރިކާގެ ނުފޫޒުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަލަށް އައްޔަނު ކުރެވުނު ބޮޑުވަޒީރު، ޝަހްބާޒް ޝަރީފް ވަނީ ޕާކިސްތާނުގެ ކުރިއެރުމަށް އެމެރިކާއާއެކު އޮންނަ ހާރިޖީގުޅުން ރަނގަޅުކުރުން މުހިންމުކަމަށް މިދިޔަ ހަފުތާ ވިދާޅުވެފައެވެ. އަދި މަގާމު ލިބުނުފަހުން ދެއްކެވި ވާހަކަފުޅުގައި ޝަހްބާޒް ވަނީ އަވައްޓެރި އިންޑިއާ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާ އާއެކު އޮތް ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ ޝަހްބާޒް ވަނީ ކަޝްމީރުގެ މައްސަލަ ހައްލު ނުވާހާ ހިދަކު ދެގައުމުގެ ދެމެދުގައި ދާއިމީ ސުލްހައެއް ގާއިމުނުކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން 60 ބިލިއަން ޑޮލަރުގެ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯރގެ މަސައްކަތް އަވަސްކުރައްވާނެ ކަމަށްވެސް ޝަހްބާޒް ވިދާޅުވިއެވެ.

ޕާކިސްތާންޝޭހްބާޒް ޝަރީފް

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު